15 ނޮވެމްބަރ 2017
އައިފޯން 10 ގެ ޕްރީ އޯޑަރު، މި މަހުގެ 24 އިން ފެށިގެން ނަގަން ފަށާނެ ކަމަށް އުރީދޫން މިއަދު ބުނެފި އެވެ.
އައިފޯން 10 ގެ ޕްރީ އޯޑަރު، މި މަހުގެ 24 އިން ފެށިގެން ނަގަން ފަށާނެ ކަމަށް އުރީދޫން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައިފޯން 10 އަށް ޕްރީ އޯޑަރު ކުރެވޭނީ އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ. އަދި އޯޑަރު ދޭ ފޯނުތައް އަންނަ މަހުގެ 1 އިން ފެށިގެން ދޫކުރަން ފަށާނެ އެވެ.
އައިފޯން 10ގެ އޯޑަރު ނަގަން ފަށަން ނިންމި ނަމަވެސް، އޭގެ އަގުތައް އުރީދޫން އަދި ހާމައެއް ނުކުރެ އެވެ.
އުރީދޫން އައިފޯން 10 ވިއްކަން ފަށަން ތައްޔާރުވަމުން އަންނައިރު، ބައެއް ފަރާތްތަކުން ރާއްޖޭގައި މިހާރު ވަނީ އެ ފޯނު ވިއްކަން ފަށައިފަ އެވެ.
އެނގިފައިވާ ގޮތުގައި މާލެ އަށް ފުރަތަމަ ގެނައި އައިފޯން 10 ވިއްކީ 35،000ރ. އަށް ވުރެ މަތީގެ އަގުތަކުގަ އެވެ. މިހާރު ވެސް އެ ފޯނުތަކުގެ އަގު އުޅެނީ 20،000ރ. އިން މަތީގަ އެވެ.
އެޕަލް އިން އެމެރިކާގައި އައިފޯން 10 ވިއްކަނީ 64 ޖީބީގެ ފޯނެއް ނަމަ 999 ޑޮލަރު (15،404ރ) އަދި 256 ޖީބީގެ ފޯނެއް 1،149 ޑޮލަރު (17،717ރ) އަށެވެ.
ފޭސް އައިޑީ ފަދަ އާ ކަންކަން ހިމަނައިގެން ނެރުނު އައިފޯން 10 ގެ ޑިމާންޑް ބޮޑުވެ، މި މަހުގެ ކުރީކޮޅު ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ހުރިހާ ފޯނެއް ވިކި ހުސްވެފަ އެވެ. އަދި ޕްރީ އޯޑަރު ކޮށްގެން ފޯނު ލިބުނު ބައެއް ފަރާތްތަކުން ވަރަށް އަގުބޮޑުކޮށް ފޯނު ވިއްކާފައި ވެސް ވެއެވެ.
އައިފޯނު 16 ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި
އައިފޯން 16ގެ ޕްރީ އޯޑަރަށް އުރީދޫން މިރޭ ހުޅުވާލަނީ
އަގުހެޔޮ އައިފޯން އެސްއީ އުރީދޫ މޫލީން މިހާރު ލިބޭނެ
ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ
އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި
އައިފޯނު އުފައްދާ އަދަދު މަދުކުރަނީ
އައިފޯން 10ގެ ސްކްރީނަށް ރޮނގެއް އަރަނީ
އައިފޯން 10 އަށް ވަކި ފިނިހޫނުމިނެއް ބޭނުންވޭ
މިހާ ސްޓައިލްގައި އައިފޯން 10 ގަތް މީހަކު ނެތް
އައިފޯން 10ގެ ޑިސްޕްލޭގައި ޑިސްޕްލޭ ނުވާ ބައެއް