Roadha Mihaaru
އައިފޯނު އުފައްދާ އަދަދު މަދުކުރަނީ

އައިފޯނު އުފައްދާ އަދަދު މަދުކުރަން އެޕަލް އިން ސަޕްލަޔަރުންނަށް އަންގައިފި

10 ޖެނުއަރީ 2019

އެޕަލް އުޅެނީ އައިފޯނު ވިއްކަން އުނދަގޫވެގެންނެވެ. ވަރަށް ގިނަ މައްސަލަތަކަކާ ހެދި އެވެ. އެވްރެޖް މީހުންނަށް ގަނެވޭ ވަރަށް ވުރެ އައިފޯނުތަކުގެ އަގު ބޮޑުވުން ވެސް އެއީ މައްސަލައެކެވެ. އައިފޯނުތަކަށް، މި ހައިޓެކް ޒަމާނުގައި، އަންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ފީޗާތައް ނައުން ވެސް ސަބަބެކަށް ވެ އެވެ. ދުނިޔޭގައި ވިޔަފާރި މަސްރަހު އެނބުރެމުން ސެނބުރެމުން ދާ ގޮތުން ވެސް އެޕަލް އަށް ނުރަނގަޅު އަސަރުތައް ދަނީ ކުރަމުންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"އައިފޯން އެކްސްއެސް"، "އައިފޯން އެކްސްއެސް މެކްސް" އަދި "އައިފޯން އެކްސްއާރު" ވިއްކުމުގައި އެޕަލް އިން އުންމީދުުކުރި ވަރަށް ކުރި އަށް ނުދާ ކަމަށް ލިޔުންތަކުން އެނގެ އެވެ. މިކަން މިހެން އޮއްވައި، އެ ފޯނުތައް އުފައްދާ މިންވަރު ދަށްކުރަން ބުނެ އެޕަލް އިން ސަޕްލަޔަރުންނަށް އެނގުން ވެފައި ވަނީ އެޕަލްގެ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ކަމަކަށެވެ.

މިދިޔަ އަހަރު ނިމެމުން އައިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޕަލް އަށް ހޯދޭނެ ފައިދާއާ މެދު، ކުންފުނި ތެރޭގައި ވަނީ ބަހުސްކުރެވިފަ އެވެ. ސްމާޓްފޯން މާކެޓްގައި ވާދަވެރިން ކުޅޭ ފެންވަރުގައި އެޕަލް އަށް ކުޅެން އުނދަގޫވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. އެހެންކަމުން، އައިފޯނު އުފައްދާ މިންވަރު ދަށްކުރަން ނިންމި ނިންމުމަކީ، ޚަރަދު ކުޑަކޮށް، ފައިދާ އެއް ވަރަކަށް ހިފެހެއްޓުމަށް ކުރި ކަމެއް ކަމަށް ބެލެވެ އެވެ.

މި އަހަރު އައިފޯނުގެ އާ މޮޑެލްތައް ނެރޭ ހިސާބަށް ދާއިރު، ކުންފުންޏަށް ގެއްލުން ނުވެ ދެމެހެއްޓިއްޖެ ނަމަ، އާ މޮޑެލްތައް ވިއްކުމަށް ބާރަކަށް ވެސް ވާނެ އެވެ. އެޕަލްއާ މެދު ބެލެވެނީ ހަރުދަނާ ރޭވުންތަކަކަށް އަމަލުކުރާނެ ކަމަށެވެ.