Roadha Mihaaru
އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި

އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި

04 އޯގަސްޓް 2019

އެޕަލް އަށް، އައިފޯން ވިޔަފާރިން، މިހާރު ރަނގަޅު ނަފާއެއް ނުލިބެ އެވެ. އެޕަލް އަށް ލިބޭ ފައިދާ ރަނގަޅު ނޫން ކަމަށް މި ބުނަނީ، އަންދާޒާކުރާ އަދަދަށް، އައިފޯނުތައް ނުވިކޭތީ އެެެވެ. މިއީ އެޕަލް އަށް ހައްލުކުރަން ދަތި ކަމަކަށް ވެސް ވަނީ ވެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އަށް، އައިފޯން ވިޔަފާރިން، މިހާރު ރަނގަޅު ނަފާއެއް ނުލިބެ އެވެ. އެޕަލް އަށް ލިބޭ ފައިދާ ރަނގަޅު ނޫން ކަމަށް މި ބުނަނީ، އަންދާޒާކުރާ އަދަދަށް، އައިފޯނުތައް ނުވިކޭތީ އެެެވެ. މިއީ އެޕަލް އަށް ހައްލުކުރަން ދަތި ކަމަކަށް ވެސް ވަނީ ވެފަ އެވެ.

މި އަހަރުގެ އައިފޯނު މޫސުން ލައިގަންނަނީ އެވެ. މި އަހަރަށް ޚާއްސަ އަދަދަކީ އައިފޯން 11 އެވެ. އަދި އައިފޯން 11އާ ގުޅުން ހުރި އެހެން މޮޑެލްތަކެވެ. ނަމަވެސް، އައިފޯން 11އާ މެދު އުފާކުރާނެ ގިނަ ބަޔަކު ނެތެވެ. އައިފޯން 11 އުފެއްދުމަށް ބޭނުންވާ ބައިތައް ސަޕްލައިކޮށްދޭ ކުންފުނިތަކުން ވެސް ވަނީ ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އެއީ އެ ކުންފުނިތަކަށް އެކަށީގެން އަދަދަށް އޯޑަރު ނުލިބޭތީ އެވެ. އައިފޯން 11 އަށް ބޭނުންވާ ހާޑްވެއާ ބައިތައް އެޕަލް އިން އުފައްދަނީ ވަރަށް ވިސްނައިގެން ކަމަށް ބުނާތީ އިވެ އެވެ.

އައިފޯން 11 އަށް ބާރުދިނުމަށް ދެތިން ހަތަރު މޮޑެލްއެއް އުފެއްދި ނަމަވެސް، ބަލާބެލުމަށް އަދި އައިފޯން 10އާ އަޅާކިޔުމުގައި ބޮޑު ތަފާތެއް، އައިފޯން 11ގައި ނުހުންނާނެ ކަމަށް ވެ އެވެ. ހަމަގައިމު ވެސް ފޯނުގެ މޫނުމަތީގައި ތަަފާތެއް ނުހުންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް، އައިފޯން 11ގެ ފުރަގަހުގައި ހަރުކުރާ ކެމެރާތަކުގެ ސަބަބުން ފޯނުގެ ފަހަތު ޑިޒައިނަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބުނެވެ އެވެ. އައިފޯން 10 އުފެއްދި އަދަދަށް، އެޕަލް އިން އައިފޯން 11 އުފައްދާނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ވެސް ބައިތައް ސަޕްލައިކޮށްދޭ ކުންފުނިތަކުން ހިތާމަކުރާނެ ކަމެކެވެ. އެ މީހުންނަށް ލިބޭ އާމްދަނީ އިތުވުން ނިސްބަތްވަނީ އެޕަލް އިން ދޭ އޯޑަރުގެ އަދަދަށެވެ.

އައިފޯން 11 ކަމަށް ބުނެ އިންޓަނެޓްގައި އާންމުކޮށްވައިވާ ފޯޓޯއެއް، ސިފަ ރީތި ނޫން ކަމަށް ދަނީ ބުނަމުން

އައިފޯން 11 ކަމަށް ބުނެ އިންޓަނެޓްގައި އާންމުކޮށްވައިވާ ފޯޓޯއެއް، ސިފަ ރީތި ނޫން ކަމަށް ދަނީ ބުނަމުން

އެޕަލް އިން އައިފޯން އުފައްދާ އަދަދު މި ވަގުތަށް އިތުރުކުރަން ބޭނުންނުވާ މައިގަނޑު ސަބަބެއް ކަމަށް ސިނާއަތުގައި ބުނެވެނީ، އެމެރިކާ އަދި ޗައިނާއާ އޮތް ގުޅުން ކަމަށެވެ. ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމަށް އެމެރިކާއިން ގެންގުޅޭ ވިސްނުމުގެ ސަބަބުން އެޕަލް އަށް ލިބިދާނެ ގެއްލުމަކަށް ވެސް އެޕަލް އިން ވިސްނަން ޖެހެ އެވެ.

ސްމާޓްފޯން މާކެޓްގައި މިހާރު އޮތް ދަރަޖާގައި އޮތުމަށް އެޕަލް ވިސްނަނީ ފޯނުތައް އުފައްދާ އަދަދު އިތުރުކޮށްގެން ނޫން ކަމަށް ދިރާސާކުރާ މީހުން ދެކެ އެވެ. އެހެން ނަމަވެސް، ކުންފުންޏަށް ލިބެމުން އަންނަ މާލީ ތަނަވަސްކަމަށް ބުރޫ ނަރާނެ ގޮތަކަށް ވިޔަފާރި ބައްޓަންކޮށް، އެ ގޮތުގައި ދެތިން އަހަރު ދެމިއޮތުމަކީ އެޕަލުން ގެންގުޅޭ ވިސްނުމެއް ކަމަށް ވެ އެވެ. އެއީ އެޕަލް އަމިއްލަ އަށް ބައިތައް އުފެއްދުމަށްޓަކައި ކަމަށް ވެސް ބުނެ އެވެ.