06 ނޮވެމްބަރ 2017
އިންޑިއާގެ ތާނޭގެ ނަވަޕާރާ ޑިސްޓްރިކްޓްގައި ދިރިއުޅޭ މީހަކު އައިފޯން 10 ގަންނަން އަހެއްގައި ކުރި ދަތުރަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
އިންޑިއާގެ ތާނޭގެ ނަވަޕާރާ ޑިސްޓްރިކްޓްގައި ދިރިއުޅޭ މީހަކު އައިފޯން 10 ގަންނަން އަހެއްގައި ކުރި ދަތުރަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
އޯޑަރު ކޮށްފައިވާ ފޯނު ނަގަން އޭނާ އަހަކަށް ސަވާރުވެގެން ދިޔައިރު ބޭން ޕާޓީއެއް ބެރު ޖަހަމުން އޭނާގެ ފަހަތުން ދިޔަ އެވެ. އިންޑިއާގައި އާއްމުކޮށް މިފަދަ ބޭން ޕާޓީތައް ފަހަތުގައި ބާއްވައިގެން އަހުގައި މީހުން ދަތުރުކުރަނީ ކައިވެނިކުރަން އަންހެންކުއްޖާގެ ކައިރިއަށް ދާށެވެ.
Maharashtra: Man goes to purchase iPhone X riding a horse with dhol in Thane's Navpara pic.twitter.com/opLu0wyAg9
— ANI (@ANI) November 3, 2017
އޭއެންއައިގެ ޓުވީޓެއް
އެމީހާގެ އަތުގައި "އައި ލަފް އައިފޯން 10" ޖަހާފައިވާ ކަރުދާސްގަނޑެއް އޮތެވެ. އަދި ފަހަތުން އައި ބޭސް ޕާޓީގެ ބައެއް މީހުން ވެސް ތިބީ މީގެ ލިޔުން ހިފައިގެންނެވެ.
އިންޑިއާގައި ވެސް އައިފޯން 10 މި މަހު 3 ގައި ވަނީ ވިއްކަން ފަށައިފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަހޭޝް ޕަލީވާލް ނަމަކަށް ކިޔާ މި މީހާއަށް ބޭންޑާއެކު، ފޯން ވިއްކާ ފިހާރައާ ހަމައަށް ދެވުނުއިރު ހަވީރު 6.30 ވެއްޖެ އެވެ.
ފޯނު ނަގަން ވެސް މި މީހާއަކަށް އަހުން ފައިބާކަށް ނުޖެހުނެވެ. އެ ފިހާރައިގެ ވެރި މީހާ ފޯނު ހިފައިގެން ގޮސް ފޯނު ހަވާލުކުރީ އަހުގައި އިންދަ އެވެ.
ޕަލީވާލް ސިފަ ކުރާ ގޮތުގައި އައިފޯން 10 އޭނާއަށް ލިބުނު ދުވަހަކީ އޭނާގެ ހަޔާތުގައި އައި ވަރަށް އުފާވެރި އެހާމެ ނަސީބު ގަދަ ދުވަހެކެވެ. އަދި ފޯނު ގަންނަން އޭނާ އައިގޮތުން ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީތީ ވެސް ވަރަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގައި އައިފޯން 10 ގެ 64 ޖީބީ މޮޑެލް ވިއްކަނީ 89،000 ރުޕީސް އަށެވެ. އެއީ ގާތްގަނޑަކަށް 1،400 ޔޫއެސް ޑޮލަރެވެ. އަދި 256 ޖީބީ މޮޑެލް 102،000 ރުޕީސް (1،559 ޔޫއެސް ޑޮލަރު) އަށެވެ.
އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި
އައިފޯނު އުފައްދާ އަދަދު މަދުކުރަނީ
އުރީދޫން އައިފޯން 10ގެ ޕްރީ އޯޑަރު ނަގަން ފަށަނީ
އައިފޯން 10ގެ ސްކްރީނަށް ރޮނގެއް އަރަނީ
އައިފޯން 10 އަށް ވަކި ފިނިހޫނުމިނެއް ބޭނުންވޭ
އައިފޯން 10ގެ ޑިސްޕްލޭގައި ޑިސްޕްލޭ ނުވާ ބައެއް
އައިފޯން 10ގެ ޑިމާންޑް އޮބިއޮންނަ ވަރު ނުވެދާނެ
އައިފޯން 10 އިން ސެމްސަންގަށް ބޮޑު ފައިދާއެއް
ބޮޑެތި ބަދަލުތަކާ އެކު އާ އައިފޯނުތައް ތައާރަފްކޮށްފި
އައިފޯން 8 އާއި 8 ޕްލަސް އަދި 10 ތައާރަފްކޮށްފި