Roadha Mihaaru
އައިފޯން 10 އިން ސެމްސަންގަށް ބޮޑު ފައިދާއެއް

އައިފޯން 10 އިން ސެމްސަންގަށް ބޮޑު ފައިދާއެއް

03 އޮކްޓޯބަރ 2017

އައިފޯން 10 އަށް އޯލެޑްް ޑިސްޕްލޭ އުފައްދައި ދެނީ ސެމްސަންގުންނެވެ. އެކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. އެއިން ޑިސްޕްލޭއެއް އެޕަލް ގަންނަނީ 70 ޑޮލަރަށް ވުރެ މަދު ނޫން އަދަދަކަށް ކަމަށް ބެލެވެ އެވެ. ސެމްސަންގުން އައިފޯން 10 އަށް އުފައްދައިދޭ އެހެން ބައިތަކާ އެކު، ކޮންމެ އައިފޯން 10 އަކުން ސެމްސަންގަށް 110 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ލިބޭނެ ކަމަށް ދިރާސާ ފާމްތަކުން އަންދާޒާކުރެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި، އައިފޯން 10 އަށް ބައިތައް އުފައްދައިދީގެން ސެމްސަންގަށް އާމްދަނީ ލިބޭ ވަރާ ގާތަށް ވެސް، ގެލަކްސީ އެސް8 އަށް ބައިތައް އުފައްދައިގެން ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

އައިފޯން 10 ބާޒާރަށް ނެރުމަށް ފަހު، ޖެހިގެން އަންނަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 130 މިލިއަން އައިފޯން 10 ވިކޭނެ ކަމަށް މާކެޓް ދިރާސާއިން ދައްކަ އެވެ. އެ މުއްދަތުގެ ތެރޭގައި ސެމްސަންގަށް ވިއްކޭނެ ކަމަށް ބެލެވެނީ 50 މިލިއަން ގެލަކްސީ އެސް8 ކަމަށް ވަނީ ބެލެވިފަ އެވެ. މާނަ އަކީ އެސް8ގެ ބައިތަކުން ލިބޭ އާމްދަނީ އަށް ވުރެ، އައިފޯން 10 އަށް އުފައްދާ ބައިތަކުން ހަތަރު ބިލިއަން ޑޮލަރު އިތުރަށް ސެމްސަންގަށް ލިބޭނެ ކަމެވެ.

އެޕަލް އިން ސެމްސަންގާ ދޭތެރޭ ގާތް އެކުވެރިއެއް ގޮތުގައި ނުދެކެ އެވެ. އެއީ ވިޔަފާރި ބައިވެރިންނެވެ. ގަނެވިއްކުމާއި ނަފާހޯދުމުގައި ވާދަވެރިންނެވެ. ކަމެއް ގޯސްކޮށް ހިނގައިފި ނަމަ ހައްގުތައް ހޯދަން އަވަހަށް ކޯޓަށް ދިއުމުގައި ދުޝްމަނުންނެވެ. އެ ގޮތުގައި އެޕަލް އަށް ވިޔަފާރިން ފައިދާ ވާއިރު، ސެމްސަންގަށް އެޕަލްގެ ކިބައިން ލިބޭ ފައިދާ ނުހަނު ބޮޑުވެ ދެ އެވެ. މުވައްޒަފުންގެ މެދުގައި އެޕަލް އާއި ސެމްސަންގަކީ ގާތް ވާދަވެރިންނެވެ.