Roadha Mihaaru
ކޮރެއާގައި އެއް ދުވަހުން 130،000 އައިފޯނު ވިކުނު

ސައުތު ކޮރެއާގައި ފުރަތަމަ ދުވަހު 130،000 އައިފޯނު 11 ވިކުނު

29 އޮކްޓޯބަރ 2019

ސައުތު ކޮރެއާގައި މި މަހު 25 ގައި އައިފޯން 11 ވިއްކަން ފެށުމާ އެކު އެ ދުވަހު 130،000 ފޯނު ވިކިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ. މިއީ ސައުތު ކޮރެއާގައި އެ ދުވަހު، އައިފޯން 11ގެ މޮޑެލްތައް އަލަށް "އެކްޓިވޭޓް"ކުރި އަދަދު ވެސް މެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސައުތު ކޮރެއާގައި މި މަހު 25 ގައި އައިފޯން 11 ވިއްކަން ފެށުމާ އެކު އެ ދުވަހު 130،000 ފޯނު ވިކިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ. މިއީ ސައުތު ކޮރެއާގައި އެ ދުވަހު، އައިފޯން 11ގެ މޮޑެލްތައް އަލަށް "އެކްޓިވޭޓް"ކުރި އަދަދު ވެސް މެ އެވެ.

މިއީ އަދި ލަފާކުރުމެއް ކަމަށް ބެލެވިފައި ވީ ނަމަވެސް، ފާއިތުވި އަހަރަށް ވުރެ 30 ޕަސެންޓް އިތުރުވުމެއް ކަމަށް ބުނެވެ އެވެ. އައިފޯން އެކްސްއެސް، އެކްސްއެސް މެކްސް، އަދި އެކްސްއާރު ވިއްކަންފެށި ފުރަތަމަ ދުވަހު، ވިކުނު ޖުމުލަ އަދަދު ކަމަށް ބެލެވިފައި ވަނީ 100،000 އެވެ.

އައިފޯން ވިއްކުމުގައި އެޕަލް އަށް ކުރިމަތިވެފައި އޮތް އެންމެ ބިރުވެރިކަމަކީ ވާދަވެރިންނެވެ. އެ މީހުންގެ ފޯނުތައް ނުބައްދަލު ހެޔޮ އަގުގައި ވިއްކުން ވެފައި ވަނީ އައިފޯނުގެ ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅާލައިގެން ދިޔަ ސަބަބަކަށެވެ.

އެޕަލް އަކީ އަމިއްލަ އަށް ހާޑްވެއާ އުފައްދާ ކުންފުންޏަކަށް ނުވުމަކީ ވެސް، ވާދަވެރި މާކެޓްގައި ހިފަހައްޓާލަން އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ. އެޕަލް އިން އައިފޯނުގައި ޖައްސާފައިި ހުންނަ ސިފަ އަދި އޮޕަރޭޓިން ސިސްޓަމްގެ އޮމާންކަން ނެތް ނަމަ، އައިފޯނު މިހާރު ވަޅުލެވިގެން ހިނގައްޖައީހެވެ.

ސައުތު ކޮރެއާ އަކީ ސެމްސަންގެ އަމިއްލަ ގައުމެވެ. އެ ގައުމުގައި ފުރަތަމަ ދުވަހު އައިފޯނު ވިކުނި އަދަދު، ތާރީޚަށް އެރި ނަމަވެސް، ސެމްސަންގް ފޯނުތަކާ ބެހޭ ގޮތުން ވެސް ފާހަގަކޮށްލަން ރަނގަޅު އަދަދެއް އެބަ އޮތެވެ. ސެމްސަންގް ގެލަކްސީ ނޯޓް 10ގެ މޮޑެލްތައް ވިއްކަން ފެށި ދުވަހު، 220،000 ފޯނު ވިކިފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.