29 މެއި 2020
މި އަހަރު ސްމާޓްފޯން ކުންފުނިތަކަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމާ މެދު ސުވާލު އުފެދުނެވެ. ކޮރޯނާވައިރަހާ ހެދި ގައުމުތައް ތަޅުލެވިފައި އޮތުމުން، އާ ފޯނެއް ގަންނާނެ މީހަކު ނުވެދާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު ކަން ހިނގަމުން އަންނަނީ ލަފާކުރެވުނު ގޮތަކަށް ނޫނެވެ.
މި އަހަރު ސްމާޓްފޯން ކުންފުނިތަކަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމާ މެދު ސުވާލު އުފެދުނެވެ. ކޮރޯނާވައިރަހާ ހެދި ގައުމުތައް ތަޅުލެވިފައި އޮތުމުން، އާ ފޯނެއް ގަންނާނެ މީހަކު ނުވެދާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު ކަން ހިނގަމުން އަންނަނީ ލަފާކުރެވުނު ގޮތަކަށް ނޫނެވެ.
ސްމާޓްފޯން މާކެޓްގައި ވަކިވަކި ފޯނުތަކަށް ބަލައި، ވިޔަފާރި އެންމެ ރަނގަޅު ކަމަށް އޮމްޑިއާ ރިސާޗުން ބުނަނީ އައިފޯން 11 ކަމަށެވެ. އޮމްޑިއާ އިން ބުނާ ގޮތުގައި އައިފޯން 11ގެ 19.5 މިލިއަން ޔުނިޓް ވިކިފައި ވެ އެވެ. ދުނިޔެ އަށް ދިމާވެފައި އޮތް ބަލިބަޑުކަމެއްގައި މުޅި އާބާދީ ތާށިވެފައި ވަނިކޮށް، މިއީ އެޕަލް އިން ހޯދި ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ވިޔަފާރި ދިރާސާކުރާ މީހުން ދެކެ އެވެ.
އެޕަލްއާ ވާދަކުރުމުގައި ސެމްސަންގަށް މާ ބޮޑު ކާމިޔާބެއް ހޯދިފައި ނެތް ކަމަށް ވެސް އޮމްޑިއާގެ ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް، އޮމްޑިއާ ހިސާބުޖަހާފައި އޮތް މުއްދަތުގެ ތެރޭގައި ސެމްސަންގުން ވަނީ ގެލަކްސީ މަރުކާގެ ތަފާތު މޮޑެލްތަކެއް މާކެޓަށް ނެރެފަ އެވެ. މިއީ ވަކިވަކި މޮޑެލްތަކަށް ބަލައި އެއްކޮށްފައި ހުރި އަދަދުތަކަކަށް ވުމުން އެޕަލް ކުރީގައި އޮތީ އެވެ.
އައިފޯން 11 އަކީ 5ޖީ ފޯނެއް ނޫނެވެ. އައިފޯން 11ގައި 5ޖީ މޮޑެލެއް ނުވެސް ހިމެނެ އެވެ. އައިފޯން 11 އަދި ގެލަކްސީ އެސް20 އާ އަޅާ ކިޔާފައި ވާއިރު، އެސް20 މަރުކާގައި 5ޖީ ފޯނުތަކެއް ވެސް ހިމެނެ އެވެ. އޮމްޑިއާ ރިސާޗުން އެ ބުނާ މުއްދަތުގައި ސެމްސަންގަށް އެންމެ ރަނގަޅަށް ވިއްކިފައި ވަނީ ގެލަކްސީ އޭ51 އެވެ. އޭ51ގެ 6.8 މިލިއަން ފޯނު ވިކިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ސްމާޓްފޯން ވިޔަފާރީގައި މި އަހަރު ދެން ކުރީގައި އުޅެނީ ޝޯމީ އެވެ. ޝޯމީގެ "ރެޑްމީ ނޯޓް 8"ގެ 6.6 މިލިއަން ފޯނު ވިއްކާފައި ވާ ކަމަށް ފެންނަން އޮތްއިރު، ޝޯމީން ވަނީ "ރެޑްމީ ނޯޓް 8 ޕްރޮ"ގެ 6.1 މިލިއަން ފޯނު ވިއްކާފަ އެވެ.
ސްމާޓްފޯން މާކެޓްގައި 5ޖީ ސެކްޓަރަށް ބަލާއިރު، ވާވޭ އަށް ވުރެ ބޮޑު ކާމިޔާބެއް ސެމްސަންގް ހޯދާފައި ވެ އެވެ.
އެޕަލްގެ ސްމާޓްފޯން ވިޔަފާރި އަޑިއަޅާލާފައި އޮތުމަށް ފަހު، ފާއިތުވި އަހަރުން ފެށިގެން ވިޔަފާރި ރަނގަޅުވާން ވަނީ ފަށާފަ އެވެ. އައިފޯން 11ގެ ވިޔަފާރި މިހާރު ހުރި ގޮތަށް ބަލާއިރު، މި އަހަރު އެންމެ ރަނގަޅަށް ވިކޭނެ ކަމަށް ބެލެވެނީ ވެސް މި ފޯނެވެ.
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
އެންމެ މަގުބޫލު 5ޖީ ފޯނަކީ އައިފޯން 12
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
އައިފޯން އޯލެޑް އޯޑަރުތަކުގެ 80 ޕަސެންޓް ސެމްސަންގަށް
އެޕަލް ނުރުހުނަސް، ޗާޖަރުތައް ބަދަލުކުރަނީ
އެޕަލް އިން އައިފޯނުތަކަށް އޯލެޑް ރިޒާވްކުރަނީ
ބާރުގަދަ ފޯނުތައް މި އަހަރު އަދިވެސް ކުރި އަށް
އެޕަލް އައިފޯނަށް ވާވޭ 5ޖީ މޯޑެމްތައް!
ފަތްޖެހޭ ފޯނެއް މުހިންމެއް ނޫން: ބްލެކްބެރީ