13 ނޮވެމްބަރ 2017
އެޕަލްގެ އެންމެ ފަހުގެ އަދި އެންމެ އަގުބޮޑު ފޯނު ކަމަށްވާ އައިފޯން 10 ގެ ސްކްރީނަށް ފެހިކުލައިގެ ރޮނގެއް އަރާ މައްސަލައެއް ދިމާވެ ބައެއް މީހުން އެކަމުގެ ޝަކުވާކުރަން ފަށައިފި އެވެ.
އެޕަލްގެ އެންމެ ފަހުގެ އަދި އެންމެ އަގުބޮޑު ފޯނު ކަމަށްވާ އައިފޯން 10 ގެ ސްކްރީނަށް ފެހިކުލައިގެ ރޮނގެއް އަރާ މައްސަލައެއް ދިމާވެ ބައެއް މީހުން އެކަމުގެ ޝަކުވާކުރަން ފަށައިފި އެވެ.
އެންޑްރޮއިޑުގެ ބައެއް ފޯނުތަކުގައި ފިޔާތޮށި ކުލައިގެ ރޮނގެއް ސްކްރީނަށް އަރާ ގޮތަށް އައިފޯނުގައި ވެސް ރޮނގު އިންނަނީ ސްކްރީނުގެ ދިގަށްވާ ގޮތަށެވެ. މި މައްސަލަ ދިމާވި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ދިމާވަނީ ގިނައިރު ފޯނު ބޭނުންކުރުމުންނެވެ.
މި ލައިން އިންނަނީ ވަރަށް ހިމަކޮށް ކަމަށް ވިޔަސް ޑިސްޕްލޭއިން ވަރަށް ބޮޑަށް އެ ރޮނގު ފާހަގަވެ އެވެ. މިކަމާ ބެހޭ ގޮތުން އެޕަލް އިން ރަސްމީގޮތެއްގައި ވާހަކަ ނުދެއްކި ނަމަވެސް މި މައްސަލަ ތަޖުރިބާކުރަން ޖެހުނު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އެޕަލް އިން ވަނީ އެއްވެސް އަގަކާ ނުލައި ފޯނު ބަދަލުކޮށްދީފަ އެވެ.
އައިފޯން 10ގެ ސްކްރީނަށް ފެހިކުލައިގެ ރޮނގު އަރާފައި
އައިފޯން 10 އަށް މާބޮޑަށް ފިނިވުމުން ޓަޗް ސްކްރީން ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތަކެއް ވެސް ބައެއް މީހުން ކޮށްފައިވެ އެވެ. އައިފޯނު ގެންގުޅެން ޖެހެނީ 0-35 ޑިގްރީސެލްސިއަސްގައި ކަމަށް ވާއިރު މި ޓެމްޕަރޭޗާ ތެރޭގައި ވެސް ފޯނުގެ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެ އެވެ. އެޕަލް އިން ވަނީ މި މައްސަލަ އުޅޭކަން އެނގިފައިވާ ކަމަށް ބުނެ އެކަން ހައްލުކުރާނެ ކަމަށް ބުނެފަ އެވެ. ޓަޗް ސްކްރީނަށް އެ މައްސަލަ ދިމާވަނީ ފިނިވުމުން، ކުޑަ ވަގުތުކޮޅަކަށް ކަމަށާއި އިރުކޮޅަކުން ރަނގަޅުވާ ކަމަށް ވެސް އެޕަލް އިން ބުނެފައިވެ އެވެ.
އައިފޯން 10ގެ ސްކްރީނަށް ފެހިކުލައިގެ ރޮނގު އަރާފައި
މިގޮތަށް ސްކްރީނަށް ރޮނގެއް އެރުމުގެ މައްސަލަ ގޫގުލް ޕިކްސެލް އާއި ސެމްސަންގުގެ ބައެއް ފޯނުތަކަށް ވެސް ދިމާވެ އެވެ.
އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި
އައިފޯނު އުފައްދާ އަދަދު މަދުކުރަނީ
އައިފޯން 10 އަށް ވަކި ފިނިހޫނުމިނެއް ބޭނުންވޭ
އައިފޯން 10ގެ ޑިސްޕްލޭގައި ޑިސްޕްލޭ ނުވާ ބައެއް
އައިފޯން 10ގެ ޑިމާންޑް އޮބިއޮންނަ ވަރު ނުވެދާނެ
ބޮޑެތި ބަދަލުތަކާ އެކު އާ އައިފޯނުތައް ތައާރަފްކޮށްފި
އައިފޯން 8 އާއި 8 ޕްލަސް އަދި 10 ތައާރަފްކޮށްފި
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް