Roadha Mihaaru
އެޕަލް އައިފޯނާއި ގަޑި އަދި އެއާޕޮޑްސް ދައްކާލައިފި

އެޕަލް އައިފޯނާއި ގަޑި އަދި އެއާޕޮޑްސް ދައްކާލައިފި

10 ސެޕްޓެމްބަރ 2024

އެޕަލް ކުންފުނީގެ އާ ޕްރޮޑަކްޓްތައް ދައްކާލަން ކޮންމެ އަހަރަކު ވެސް ބާއްވާ ހާއްސަ އިވެންޓް މިރޭ ބާއްވައި އާ އުފެއްދުންތައް ދައްކާލައިފި އެވެ.

އެޕަލް ކުންފުނީގެ އާ ޕްރޮޑަކްޓްތައް ދައްކާލަން ކޮންމެ އަހަރަކު ވެސް ބާއްވާ ހާއްސަ އިވެންޓް މިރޭ ބާއްވައި އާ އުފެއްދުންތައް ދައްކާލައިފި އެވެ.

މިރޭ އައިފޯންގެ އިތުރުން އެއާޕޮޑާއި އެޕަލްވޮޗްގެ އާ ސީރީޒްތަކެއް ނެރެފައި ވާއިރު އެންގެ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރުކުރާ އައިފޯނުގެ ޑިޒައިންތަކަށް މިފަހަރު ވެސް މާބޮޑު ބަދަލެއް ނުގެނެ އެވެ. އެކަމަކު އެޕަލް ވޮޗްގެ ޑިސްޕްލޭ އާއި އެހެން އެކި ފީތާތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެ އެވެ.

އައިފޯން

މިރޭ ތައާރަފްކުރި ހުރިހާ އައިފޯނެއްގައި ވެސް އެޕަލް އިންޓެލިޖެންސާ ގުޅުވާފައިވާ އައިއޯއެސް 18 އިން ލިބޭ ފީތާތައް ހުންނާނެ އެވެ. ފޯނުތަކުގެ ބެޓެރީ މިހާރު ގެންގުޅޭ ފޯނުތަކަށް ވުރެ ގިނައިރު ހިފަހައްޓާނެ ކަމަށް ބުންޏަސް މިރޭގެ އިވެންޓްގައި އެކަމުގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެޕަލް 16 ޕްރޯ

އެޕަލް 16 ޕްރޯ

އައިފޯނު 16 އާއި 16 ޕްރޯގެ ފީޗާތަކާ ބެހޭ ގޮތުން ބޮޑަށް ދެއްކީ އެޕަލް އިންޓެލިޖެންސްގެ ސަބަބުން ފެންނާނެ ތަފާތުގެ ވާހަކަ އެވެ. އަދި ކެމެރާއަށް ގެނެސްފައިވާ ކުރިއެރުމާ އެކު ޕްރޮފެޝަނަލް ފޮޓޯ އާއި ވީޑިއޯއަށް އައިފޯނުގެ ހާއްސަކަން އިތުރުވާނެ ކަމަށް އިވެންޓްގައި ބުންޏެވެ.

އައިފޯން 16 ފަސް ކުލަޔަކުން ހުރެ އެވެ. އެއީ ކަޅު، ހުދު، ފިޔާތޮށި، ފެހި އަދި ނޫކުލައިންނެވެ.

އައިފޯން 16

އައިފޯން 16

އައިފޯން 16 ގެ އަގު 799 ޑޮލަރުން ފެށޭއިރު އައިފޯން 16 ޕްލަސްގެ ފެށޭ އަގަކީ 899 ޑޮލަރެވެ. އައިފޯން 16 ޕްރޯގެ އަގު 999 ޑޮލަރުން ފެށޭއިރު ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.

ހުކުރު ދުވަހުން ފެށިގެން ޕްރީއޯޑަރަށް ހުޅުވާލައި މި މަހުގެ 20 އިން ފެށިގެން ލިބޭނެ

އެޕަލް ވޮޗް

މިރޭ ދައްކާލި އެޕަލް ވޮޗް ސީރީޒް 10 ގައި ޑިސްޕްލޭ ވަނީ ބޮޑުކޮށްފަ އެވެ. އެހެންވެ އެޕަލްވޮޗް އަލްޓްރާ 2 ގެ ސްކްރީން އޭރިއާ އަށް ވުރެ ވެސް މި ގަޑީގައި ސްކްރީން އޭރިއާ ބޮޑެވެ.

ސީދާ އެޕަލް ވޮޗްގެ ސްޕީކަރުން ލަވަ އަޑުއެހުން ފަދަ ކަންކަން ކުރެވޭ ގޮތަށް މިފަހަރު ވަނީ ބަދަލުކޮށްފަ އެވެ. މިއީ ކުރިން އެޕަލް ވޮޗުން ކުރެވޭ ކަމެއް ނޫނެވެ.

އެޕަލް ވޮޗް ސީރީޒް 10

އެޕަލް ވޮޗް ސީރީޒް 10

30 މިނެޓުން 80 ޕަސެންޓަށް ޗާޖުވާނެ އެވެ. މިއީ މިހާތަނަށް ހެދި އެންމެ އަވަހަށް ޗާޖުވާ އެޕަލް ގަޑި އެވެ. އަދި މިއީ 50 މީޓަރު ވޯޓަ ރެސިސްޓެންޓް ގަޑިއެކެވެ. މީގެ އިތުރުން ބޯމިނުގައި އެންމެ 9.7 މިލިމީޓަރު ހުންނަ އިރު މިއީ މިހާތަނަށް ހެދި އެންމެ ތުނި އެޕަލް ވޮޗެވެ.

މިފަދަ އެތައް ފީޗާއެއް އިތުރަށް ތަރައްގީކޮށްފައިވާއިރު އެޕަލް ހެލްތު އެޕް ވެސް ވަނީ އިތުރަށް ފުރިހަމަކޮށްފަ އެވެ. އެންމެ ހާއްސަ ކަމަކީ ސްލީޕް އެޕްނިއާ ހުންނަ ނަމަ އެކަން ދެނެގަނެވޭ ފީޗާއެއް ހިމަނާފައި ވުމެވެ.

އެޕަލް ވޮޗް އަލްޓްރާ

އެޕަލް ވޮޗް އަލްޓްރާ

އެޕަލް ވޮޗް ސީރީޒް 10 ގެ ފެށޭ އަގަކީ 399 ޑޮލަރެވެ. މި ގަޑި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގަންނަން ލިބޭނެ އެވެ.

އެޕަލް ވޮޗް އަލްޓްރާ 2 ވެސް އިތުރަށް ފުރިހަމަކޮށް، ކުލަތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަގަކީ 799 ޑޮލަރެވެ. މިއަދު ޕްރީ އޯޑަރަށް ހުޅުވާލައި އަދި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލިބޭނެ އެވެ.

އެއާޕޮޑްސް

ބެޓެރީ ކޭސްއާ އެކު 30 ގަޑިއިރު ބޭނުންކުރެވޭނެ އަދި އެންމެ ކުޑަ ކޭސްއާ އެކު ހަދާފައިވާ އެއާޕޮޑްސް 4 129 ޑޮލަރަށް އަދި އެއާޕޮޑްސް 4 އެކްޓިވް ނޮއިސް ކެންސަލޭޝަން 179 ޑޮލަރަށް ލިބޭނެ އެވެ. މިއަދުން ފެށިގެން ޕްރީއޯޑަކުރެވޭ އަދި މި މަހުގެ 20 ގައި މާކެޓަށް ނެރޭ އެއާޕޮޑްސްގެ އިތުރުން އެއާޕޮޑްސް މެކްސްގެ ފީޗާތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.

އެއާޕޮޑް 4

އެއާޕޮޑް 4

އެއާޕޮޑްސް ޕްރޯ އަށް މިފަހަރު ވަނީ ހިއަރިން ޕްރޮޓެކްޝަންގެ އިތުރުން ކަންފަތަށް އިވުމުގައި އުނިކަން ހުންނަ މީހުންނަށް ހިއަރިން އެއިޑް ފީޗާ ހިމަނައިފަ އެވެ. މި ފީޗާ 100 އަށްވުރެ ގިނަ ގައުމަށް މި ވަގުތު ލިބޭނެ އެވެ.