Roadha Mihaaru
އެޕަލް ވަޔަލެސް ޗާޖަރުތައް އަލުން އަންނަނީ

އެޕަލް އެއާޕަވާ ވަޔަލެސް ޗާޖަރުތައް އަލުން އަންނަނީ

23 ޖޫން 2020

އެޕަލް އިން 2017ގައި "އެއާޕަވާ"ގެ ނަމުގައި ވަޔަލެސް ޗާޖިން ޓެކްނޮޖީ މާކެޓްކުރަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި ޖެހިގެން އައި އަހަރު، އާންމު ވިޔަފާރި އަށް ނެރޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، އެޕަލް އިން ބޭނުންވި ފެންވަރަށް އަދި ކަނޑައެޅި މިންގަނޑަށް އެކަން ނުވުމުން ވަނީ ހުއްޓާލައިފަ އެވެ. މިހާރު ދެން ރަނގަޅުވާނީ މެދުކަނޑާލީ ކަމަށް ބުނުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޓެކްނޮލޮޖީ މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، އެޕަލް އިން އަލުން "އެއާޕަވާ" ޗާޖަރުތައް އުފަދަން އެބަ އުޅެ އެވެ. ފާއިތުވި ދުވަސްތަކުން އެޕަލް އަށް ދަސްވި ދަސްވުމަކަށް އިތުބާރުކޮށް، މި އަހަރުގެ ކޮންމެ ވެސް ހިސާބެއްގައި، އެއާޕަވާ ޗާޖަރުތައް އާންމުގެ އަތަށް އަރާވަރުކޮށްފާނެ ކަމަށް އެބަ ބުނެ އެވެ.

އެއާޕަވާ ޗާޖަރަކީ އެއްފަހަރާ ތިން ޑިވައިސް ޗާޖްކުރެވޭ އާލާތެކެވެ. މި އަށް ކިޔަނީ "ޗާޖިން މެޓް" އެވެ. އެޕަލް އިން ވިސްނާފައި ވަނީ އެއްފަހަރާ އައިފޯނެއް، އައިޕޮޑެއް އަދި އެޕަލް ގަޑިއެއް ޗާޖްކުރެވޭ ފެންވަރަށް ޗާޖިން މެޓްތައް އުފެއްދުމަށެވެ.

އެޕަލް އިން މި އަހަރު ނެރޭނެ ކަމަށް ތުންތުންމަތިން ބުނެވޭ ވަޔަލެސް ޗާޖަރާ ބޭހޭ ޓެކްނިކަލް މައުލޫމާތު އަދި އާންމެއް ނުވެ އެވެ. އެހެން ނަމަވެސް، މިއީ ވާން އުޅޭ ކަމެއް ކަމަށް، އެޕަލް އަށް ސަޕޯޓްކުރާ މީހުން ޓްވިޓާގައި މި ޚަބަރު ވަނީ އާންމުކޮށްފަ އެވެ.

އެޕަލް އިން 2018 ގައި އެއާޕަވާ ޓެކްނޮލޮޖީ ތަރައްގީކުރުން މެދުކަނޑާލީ، ބުނެވޭ ގޮތުގައި، އެއްފަހަރާ ދެ ޑިވައިސް ޗާޖްކުރަން އުޅުމުން މާ ބޮޑަށް ޗާޖަރު ހޫނުވާތީ އެވެ. އަދި އެޕަލުން ބޭނުންވާ ހަލުއި މިނުގައި އައިފޯން ޗާޖްނުވުން ވެސް ވަނީ ކަމުނުދާ ކަމަކަށް ވެފަ އެވެ. މި އަހަރު އަލުން މި ޗާޖަރުތައް މާކެޓަށް ނެރެފި ނަމަ، މަނަ އަކީ އެޕަލް އަށް ކުރިން ދިމާވި ހުރިހާ ދައްޗެއް ކަޑައްތުކުރީ އެވެ.