22 އޮކްޓޯބަރ 2018
ޔޫއެސްބީ ޓައިޕް-ސީ އަށް އެޕަލް ބަދަލުވަނީ އެވެ. މުޅިން ބަދަލުވާން އަދި ދުވަސްތަކެއް ނެގި ނަމަވެސް، އެޕަލްގެ ޑިވައިސްތަކަށް ޓައިޕް-ސީ ސަޕޯޓްކުރާތީ އެބަ ފެނެ އެވެ. މާ ބޮޑު ކަމަކަށް ނުހަދައި، އެޕަލް ގަޑި އަށް ޓައިޕް-ސީ މެގްނެޓިކް ޗާޖަރެއް ވަނީ އޮންލައިން ސްޓޯރަށް ލައިފަ އެވެ.
ޔޫއެސްބީ ޓައިޕް-ސީ އަށް އެޕަލް ބަދަލުވަނީ އެވެ. މުޅިން ބަދަލުވާން އަދި ދުވަސްތަކެއް ނެގި ނަމަވެސް، އެޕަލްގެ ޑިވައިސްތަކަށް ޓައިޕް-ސީ ސަޕޯޓްކުރާތީ އެބަ ފެނެ އެވެ. މާ ބޮޑު ކަމަކަށް ނުހަދައި، އެޕަލް ގަޑި އަށް ޓައިޕް-ސީ މެގްނެޓިކް ޗާޖަރެއް ވަނީ އޮންލައިން ސްޓޯރަށް ލައިފަ އެވެ.
މުޅި ދުނިޔެ ޓައިޕް-ސީ އަށް ބަދަލުވާއިރު، އައިފޯން، އައިޕެޑް އަދި އައިޕޮޑަށް އަދި ވެސް ބޭނުންވަނީ "ލައިޓްނިން" ކޭބަލެވެ. މިއީ އެޕަލްގެ އަމިއްލަ ޓެކްނޮލޮޖީއެކެވެ. އެޕަލް އިން ހުއްދަ ލިބިގެން މެނުވީ އެހެން ބަޔަކަށް ލައިޓްނިން ކޭބަލް ނުއުފެއްދެ އެވެ.
ސްމާޓް ޑިވައިސްތައް ޗާޖުކުރަން ހުރި އިޚުތިޔާރުތަކުގެ ތެރެއިން ޓައިޕް-ސީ އަށް މުޅި ދުނިޔެ ވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން، ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ވެސް ފޯނުތަކުގައި މި ޓެކްނޮލޮޖީ ވަނީ ހިމަނަން ފަށާފަ އެވެ. މިހާރު ނެރޭ ފޯނުތަކުގައި މުޅިންހެން ކަހަލަ ގޮތަަކަށް އިންނަނީ ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓަރެވެ.
އެޕަލްގެ އެހެން ޑިވައިސްތަކަށް ބަލާއިރު، "މެކްބުކް ޕްރޮ" ޓައިޕް-ސީ ސަޕޯޓްކުރެ އެވެ. އަދި މެކްބުކްތަކުގައި ވެސް ޓައިޕް-ސީ ހިމަނަން ވަނީ ފަށާފަ އެވެ.
އެޕަލް ގަޑި އަށް ޓައިޕް-ސީ ޗާޖިން ވާގަނޑެއް ލިބިފައި މި އޮތީ ވަރަށް އުންމީދީ ވަގުތެއްގަ އެވެ. މި އަހަރަށް ޚާއްސަ ގަޑިތައް މާކެޓްކުރަން ފަށައި، ވައިގައި ހިފަން ފަށާފައި ވަނިކޮށެވެ. އެހެންކަމުން، މިއީ ވިޔަފާރި ހަލުއިކޮށްލަން ކުރި ކަމެއް ކަމަށް ވެސް ބެލެވިދާނެ އެވެ.
"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ
އެޕަލް ވަޔަލެސް ޗާޖަރުތައް އަލުން އަންނަނީ
އައިއޯއެސް 13 އައިފޯންތަކަށް އައިއޯއެސް 14 ލިބިދާނެ
އެޕަލް އަލުން "ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަށް
ޖޮނީ އައިވް އެޕަލް ދޫކޮށްލައިފި
އެޕަލް ވަޔަލެސް ޗާޖަރުތައް ގަނޑުކޮށް އުފައްދަނީ
ޗައިނާ މުދަލުން ނަގާ ޓެކުހުން އެޕަލް އަށް ލުޔެއް
އާ ހޯދުންތަކަށް އެޕަލް އިން ކުރަނީ ކުޑަ ހޭދައެއް