15 ޖުލައި 2018
އައިފޯނު އުފައްދަން އެޕަލް އިން މަސައްކަތްކުރިއިރު، އާ ދިރާސާތަކަށް ޚަރަދުކުރި ވަރަށް "ރިސާޗް އެންޑް ޑިވެލޮޕްމަންޓް" އަށް މިހާރު އިންވެސްޓްނުކުރާ ކަމަށް ބުނެވެން ފަށައިފި އެވެ. އައިފޯން، އައިޕެޑް އަދި އައިޕޮޑަށް ފަހު، މާކެޓް ގުޑުވާލެވޭ ވަރުގެ އުފެއްދުމެއް އެޕަލް އަށް ތައްޔާރުކުރެވިފައި ނުވަނީ، އާ ހޯދުންތަކަށް އެކަށީގެންވާ ވަރަށް ޚަރަދުނުކުރާތީ ކަމަށް ވެސް ބުނެވެ އެވެ.
އައިފޯނު އުފައްދަން އެޕަލް އިން މަސައްކަތްކުރިއިރު، އާ ދިރާސާތަކަށް ޚަރަދުކުރި ވަރަށް "ރިސާޗް އެންޑް ޑިވެލޮޕްމަންޓް" އަށް މިހާރު އިންވެސްޓްނުކުރާ ކަމަށް ބުނެވެން ފަށައިފި އެވެ. އައިފޯން، އައިޕެޑް އަދި އައިޕޮޑަށް ފަހު، މާކެޓް ގުޑުވާލެވޭ ވަރުގެ އުފެއްދުމެއް އެޕަލް އަށް ތައްޔާރުކުރެވިފައި ނުވަނީ، އާ ހޯދުންތަކަށް އެކަށީގެންވާ ވަރަށް ޚަރަދުނުކުރާތީ ކަމަށް ވެސް ބުނެވެ އެވެ.
ޓެކްނޮލޮޖީ ކުންފުންޏަކަށް އެޕަލް މުޅިން ބަދަލުވެ ކުރި މަސައްކަތްތަކުން، މާލީ ގޮތުން ބިޔަ ކުންފުންނަކަށް ވެފައި ވިޔަސް، އާ ހޯދުންތަކަށް ވާދަވެރިން ހޭދަކުރާ މިންވަރާ ގާތަށް ވެސް އެޕަލް ޚަރަދެއްނުކުރެ އެވެ.
އެޕަލް އަކީ އާ ހޯދުންތަކަށް ޚަރަދުނުކުރާ ކުންފުންޏެއް ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ފާޑުކިޔައިފަ އެވެ. އެ ދުވަސްވަރު ކިޔުނު ފާޑުކިޔުންތަކަށް ދިން ރައްދެއް ގޮތުގައި "އެޕަލް ވޮޗް" ތައާރުފުކުރި އެވެ. އެ އަށް ފަހު "އެއާޕޮޑްސް" އަދި "ހޯމްޕޮޑް" އުފެއްދި އެވެ. ނަމަވެސް މި ޑިވައިސްތަކަކީ ޒަމާނަށް ބަލައި އައިފޯނު ކުރުވި ވަރުގެ ހައިރާނަކަށް ނުވި އެވެ. އެޕަލް އަކީ މީހުން ސިހޭ ވަރުގެ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެއް ނަމަވެސް މިހާރު ފެންނަނީ ވާދަވެރިންގެ މައްޗަށް ގަދަވެގަންނަން އުނދަގޫވެގެން އުޅޭ ތަން ކަމަށް ބުނެވެ އެވެ.
ސްމާޓް ވޮޗް މާކެޓަށް ވަދެ، ވާދަވެރިންނަށް ވުރެ ގިނަ ގަޑި އުފެއްދި ނަމަވެސް، އައިފޯން، އައިޕެޑް އަދި އައިޕޮޑް ދުނިޔެ އަށް ގެނުވި ވަރުގެ ބަދަލަކަށް ނުވި އެވެ. އަދި މާލީ ގޮތުން ކުންފުންޏަށް ދެމެހެއްޓެނިވި މަންފާއެއް ހޯދައިދޭނެ ވަސީލަތަކަށް ވެސް ނުވެ އެވެ.
އެޕަލް އަށް ލިބޭ އާމްދަނީ އަށް ބަލާއިރު، އާ ހޯދުންތަކަށް ދެ ޕަސެންޓް ވެސް ހޭދަނުކުރާ ކަމަށް ވެ އެވެ. އެކަމުގައި އެޕަލް ގެންގުޅޭ ސިޔާސަތު އެނގެން ނެތްއިރު، މިހާރު ކުރާ ހޭދަ އިތުރުކޮށްގެން ނޫން ގޮތަކަށް، ވާދަވެރިނަށް ދޫނުކުރާ ވަރުގެ އުފެއްދުންތަކެއް ތައްޔާރުނުކުރެވޭނެ ކަމަށް ވެސް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ. އެހެން ނަމަވެސް އެޕަލް އިން މިހާރު އުފައްދަން މަސައްކަތްކުރާ "އޭއާރު އެޕަލް ގްލާސް" އަކީ ވާދަވެރިން ސިހޭ ވަރުގެ އާލާތަކަށް ހެދިދާނެ ކަމަށް އެ މީހުން ދެކެ އެވެ.
އައިއޯއެސް 13 އައިފޯންތަކަށް އައިއޯއެސް 14 ލިބިދާނެ
އެޕަލް އަލުން "ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަށް
އެޕަލް ވަޔަލެސް ޗާޖަރުތައް ގަނޑުކޮށް އުފައްދަނީ
އެޕަލް ގަޑި އަށް ޔޫއެސްބީ-ސީ މެގްނެޓިކް ޗާޖަރެއް
ސިރީ އަޑު ބަދަލުކުރަނީ
އެޕަލް އެމްއެފްއައި ލޯގޯ ބަދަލުކޮށްފި
"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
އައިފޯނާއި އައިޕެޑްގައި ފޮރުވިފައިވާ ޓްރެކްޕެޑެއް
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި