Roadha Mihaaru
ވޯލްޑް ކަޕަށް ޕިއްޒާ ބޯނާއިން ޕިއްޒާ ގަނެގެން އިނާމުތަކެއް

ވޯލްޑް ކަޕާ ދިމާކޮށް، ޕިއްޒާ ގަނެގެން ޕިއްޒާ ބޯނާގެ އިނާމުތަކެއް!

20 ނޮވެމްބަރ 2022

މިރޭ ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން އިނާމުތަކެއް ލިބޭ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަނެއް ޕިއްޒާ ބޯނާ އިން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިރޭ ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން އިނާމުތަކެއް ލިބޭ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަނެއް ޕިއްޒާ ބޯނާ އިން ފަށައިފި އެވެ.

ޕިއްޒާ ގަންނަ އިރު ފޮށީގައި ތައްކޮށްފައިވާ ސްޓިކާ ކަހާލައިގެން އިނާމު ހޯދުމުގެ ފުރުސަތު އެ ޕްރޮމޯޝަނުގައި ލިބޭނެ އެވެ. އިނާމުތަކަކީ ހިލޭ ޕިއްޒާ އާއި ޕާޓީ ޕެކްތަކާއި ޑައިން- އިން އަދި ޓޭކްއަވޭ އޯޑަރުތަކުން ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓާއި ޕިއްޒާ ވައުޗަރެވެ.

ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމަތު ހިމެނޭ ޕޯސްޓެއް.

ޕިއްޒާ ބޯނާ އިން ބުނި ގޮތުގައި އިނާމު ލިބޭނީ އަންނަ މަހުގެ 31 ގެ ކުރިން އެ ތަނުގެ އައުޓްލެޓަކަށް ސްޓިކާ ހުށަހެޅުމުންނެވެ. ހުށަހަޅާފައިވާ ވައުޗަރުގެ ތެރެއިން 500ރ. ގެ ވައުޗަރު އެ ތަނުގައި ޑައިން-އިން އަށް ބޭނުން ކުރެވޭނެ ކަމަށާއި 100ރ. ގެ ވައުޗަރަށް ޕިއްޒާ އާއި ސަބްމެރިން ނަގަން ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ. އެ ޕްރޮމޯޝަނުގެ "ޕިއްޒާ ކަންޏާ ޕިއްޒާ ބޯނާ"ގެ ތިން ސްޓިކާ ހުށަހެޅުމުން 500ރ. ގެ އަގު ހުރި ޕާޓީ ޕެކެއް ލިބޭނެ އެވެ.

އެ ޕްރޮމޯޝަން އޮންނާނީ އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.

ވޯލްޑް ކަޕަށް ހިލޭ ޕިއްޒާ ލިބޭ ސޯޝަލް މީޑިއާ ކޮންޓެސްޓުތަކެއް ވެސް އެ ތަނުން ވަނީ ފަށާފަ.

ވޯލްޑް ކަޕަށް ހާއްސަކޮށް، "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަނުގެ އިތުރުން، ޕިއްޒާ ބޯނާގެ ފޭސްބުކު ޕޭޖުގައި ވެސް ހިލޭ ޕިއްޒާ ލިބޭ ކޮންޓެސްޓުތަކެއް ވެސް ވަނީ ފަށައިފަ އެވެ. އެއީ ވޯލްޑް ކަޕުގެ ފޯރިގަދަ ކުރުމުގެ ގޮތުން އެ ތަނުން ބާއްވާ ހަރަކާތްތަކެއް ކަމަށް ބުންޏެވެ.