Roadha Mihaaru
ޕިއްޒާ ބޯނާ އިން ކޮންމެ ޕިއްޒާއަކަށް ޗޮކުލެޓެއް

ޕިއްޒާ ބޯނާ އިން ކޮންމެ ޕިއްޒާއަކަށް ޗޮކުލެޓެއް

15 އޯގަސްޓް 2016

ގަންނަ ކޮންމެ ޕިއްޒާއަކަށް ޗޮކުލެޓެއް ލިބޭ ޕްރޮމޯޝަނެއް ޕިއްޒާ ބޯނާ އިން މާދަމާ ފަށަން ނިންމައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ގަންނަ ކޮންމެ ޕިއްޒާއަކަށް ޗޮކުލެޓެއް ލިބޭ ޕްރޮމޯޝަނެއް ޕިއްޒާ ބޯނާ އިން މާދަމާ ފަށަން ނިންމައިފި އެވެ.

ޕިއްޒާ ބޯނާ އިން ބުނި ގޮތުގައި އެ ތަނުގެ އައުޓްލެޓުން ވިއްކާ ޕިއްޒާ އާއި އޯޑަރު ކުރާ ޕިއްޒާ އަށް ވެސް ބޮޑު ޗޮކުލެޓެއް ލިބޭ މި ޕްރޮމޯޝަން އަންނަ ހަފުތާގެ ހޯމަ ދުވަހާ ޖެހެންދެން ކުރިއަށް ދާނެ އެވެ.

މީގެ އިތުުރުން، ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއް ފޭސްބުކުގައި ވެސް ޕިއްޒާ ބޯނާ އިން ވަނީ ފަށާފަ އެވެ. އެ ގޮތުން، އެ ތަނުގެ ފޭސްބުކް ޕޭޖުގައި މިހާރު ހިމަނާފައިވާ ފޮޓޯއަކަށް ކޮމެންޓުކޮށް، ޝެއާކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް ބޭނުން ވައްތަރެއްގެ ފަސް ޕިއްޒާ އާއި ބޮޑު 10 ޗޮކުލެޓު ލިބޭނެ އެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް،" ޕިއްޒާ ބޯނާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޯޑަރު ކުރުމުން ގޭގެ އަށް ގެންގޮސްދޭ ގޮތަށް 2010 ގައި ފެށި ޕިއްޒާ ބޯނާގެ ވިޔަފާރި ފުޅާކޮށް، މިހާރު ވަނީ އައުޓްލެޓެއް ވެސް ހުޅުވާފަ އެވެ. އެ ތަން ހުންނަނީ މަޖީދީ މަގުން، ތެލެސީމިއާ ސެންޓަރު ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށެވެ.