10 އޮކްޓޯބަރ 2016
މެދު ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި އެއްމެދު އިމާރާތުގެ ގޮތުގައި ހަތް ބިމެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވައިލުމުން، އެ ކުންފުނީގެ ބޯޑުގެ ދެ މެމްބަރަކު ކުރިމަތިލުމުން އިންސާފުވެރިކަމާ އެކު ބިޑްތައް އިވެލުއޭޓްކުރެވިދާނެ ކަމާ މެދު، ބިޑްކުރި ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފި އެވެ.
މެދު ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި އެއްމެދު އިމާރާތުގެ ގޮތުގައި ހަތް ބިމެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވައިލުމުން، އެ ކުންފުނީގެ ބޯޑުގެ ދެ މެމްބަރަކު ކުރިމަތިލުމުން އިންސާފުވެރިކަމާ އެކު ބިޑްތައް އިވެލުއޭޓްކުރެވިދާނެ ކަމާ މެދު، ބިޑްކުރި ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފި އެވެ.
ހުޅުމާލޭގައި އެ މަޝްރޫއުތައް ހިންގަން ކުރިމަތިލި 24 ކުންފުނީގެ ތެރެއިން އެއް ކުންފުންޏެއްގެ ވެރިޔަކު، ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން، ވާހަކަދައްކަވަމުން ވިދާޅުވީ އެޗްޑީސީގެ ބޯޑުގެ ދެ މެމްބަރަކު ކުރިމަތިލުމުން ބިޑް އިވެލުއޭޓްކުރުމުގައި ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށެވެ.
"އެ ދެ ބޭފުޅުން ކުރިމަތިލުމުން އިންސާފުވެރިކަމާ އެކު ބިޑްތައް އިވެލުއޭޓްކުރާނެކަމާ މެދު މިހާރު ސުވާލު އުފެދޭ. އެހެންކަމުން އެ ބިޑްތައް އިވެލުއޭޓްކުރަން ޖެހޭނީ ނުފޫޒު ނުފޯރުވޭ ބަޔަކު ބައިވެރިކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އެ ބޯޑުގައި ދެން ތިއްބަވަނީ ކުންފުނީގެ ޗެއާމަން ފުއާދު ގާސިމް އާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންގެ އިތުރުން އުސާމަތު އިސްމާއިލާއި އަލީ ހަބީބު އަދި އަބްދުއްސަމަދު އަބްދުއްރަހުމާނެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ ހުޅުމާލޭގެ ޕްރޮޖެކްޓްތަކަށް ހުށަހަޅާ ބިޑްތައް އިވެލުއޭޓްކުރަން އެޗްޑީސީން ގެންގުޅެނީ ވަރަށް ރަނގަޅު ފޯމިއުލާތަކެއް ކަމަށެވެ. ނަމަވެސް މިފަހަރު ބިޑްތައް އިންސާފުވެރިކަމާ އެކު އިވެލުއޭޓްކުރެވިދާނެކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޯޑު މެމްބަރުން ބޭނުމިއްޔާ އިވެލުއޭޓްކުރަމުންދާ ގޮތް ވަގުތުން ބެލޭނެ. އޭގެ އިތުރުން އެ އިވެލުއޭޓްކުރާ މީހުން ވެސް ޖެހިލުންވާނެ މާކްސް ކަނޑަން ވެސް. އެހެންވީމަ އަޅުގަނޑުމެން އެދެނީ އެ ދެ ބޭފުޅުންގެ ބިޑްތައް އަނބުރާ ގެންދަން،" އޭނާ ވިދާޅުވި އެވެ.
އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އެޗްޑީސީގެ ޗެއާމަން ފުއާދު ގާސިމް ވިދާޅުވީ ކުންފުނީގެ ބޯޑުގެ ދެ މެމްބަރަކު ކުރިމަތިލެއްވި ކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
"ބޯޑުން ނިންމީ ހަތް ތަނެއް މެދު ފަންތީގެ ކުންފުނިތަކަށް ދޭން. އެ ޕްރޮޖެކްޓްގެ ބިޑް ހުޅުވުމާއި އިވެލުއޭޓްކުރުން މެނޭޖްމަންޓް ލެވެލްގައި ކުރިޔަށް ގެންދަނީ. އަޅުގަނޑު ގަބޫލުކުރަނީ އެ ބިޑްތައް އިވެލުއޭޓްކުރުން އިންސާފުވެރިކަމާ އެކު ނާޖާއިޒު ފުރުސަތެއް ނެތި ކުރިޔަށް ގެންދެވޭނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްޑީސީން ހިންގާ ޕްރޮޖެކްޓްތަކަށް އެ ކުންފުނީގެ ބޯޑު މެމްބަރުން ކުރިމަތިލާން "އޭގެ ޒާތުގައި ގާނޫނީ ގޮތުން ހުރަހެއް ނެތް" ކަމަށެވެ.
"އެ ބޭފުޅުންގެ އަމިއްލަ ކަމެއް އެ ބޭފުޅެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ކުރިމަތިލުމާ ނުލުމަކީ. އެއްވެސް ނުފޫޒެއް ފޯރުވޭ ގޮތަކަށް އޮންނަ ނަމަ ބޯޑުން އެކަން ހައްލުކުރާނަން،" ފުއާދު ވިދާޅުވި އެވެ.
އެއްމެދު އިމާރާތްތަކެއް ހަދަން އެޗްޑީސީން ހުޅުވާލިއިރު ބުނެފައި ވަނީ މީގެ ކުރިން ހުޅުމާލޭގައި ފްލެޓް ނުވަތަ ރޯހައުސް ތަރައްގީކުރަން ހަވާލުކޮށްފައިވާ އެއްވެސް ކުންފުންޏަކަށް މި ފަހަރު ކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ފްލެޓް އަޅާފައިވާ ކުންފުންޏެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް ޕްރޮޕޯސަލް ހުށަނޭޅޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެއްމެދު އިމާރާތް ނުވަތަ ފްލެޓްތަކެއް ހަދަން ހުޅުމާލޭގެ ނެބައިހުޑް އެކަކުން 2،600 އަކަފޫޓާއި 2،713 އަކަފޫޓާ ދެމެދުގެ ހަތް ބިމެއް ދެ އެވެ. އެ ބިންތައް ދެނީ އަކަފޫޓެއް 1،200ރ. ރޭޓުންނެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކުން ޑިވެލޮޕްމަންޓް ސޭލްސް ރައިޓްގެ އަގުގެ ގޮތުގައި އަކަފޫޓަކަށް 1،200ރ. އެ ތަނުގެ ތަފްސީލީ ކުރެހުންތައް ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލެ 2 ގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ހުޅުމާލެ 1ގެ ކުލިން 20 ޕަސެންޓް ދެން ކުޑަވާނެ
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ބައިގަޑިއިރުތެރޭ ވިނަރެސްގެ ހުރިހާ ފްލެޓެއް ބުކްކޮށްފި!
ފަހި ދިރިއުޅުމުގެ ހަ ޓަވަރުގެ ކޮންސްޓްރަކްޝަން ނިމިއްޖެ
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަނީ