Roadha Mihaaru
ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަނީ

ހުޅުމާލޭގައި 981 ހައުސިން ޔުނިޓް ހިމެނޭ 16 ރެސިޑެންޝަލް އިމާރާތް ހަދަން ހަވާލުކޮށްފި

13 އޯގަސްޓް 2023

ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތްތައް ހަދަން ނިންމައި، އެ މަސައްކަތް އިއްޔެ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތްތައް ހަދަން ނިންމައި، އެ މަސައްކަތް އިއްޔެ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި، އިއްޔެ ހަވާލުކުރީ ހުޅުމާލެ 1 އަދި 2 ގައި، ހަމައެކަނި މީހުން ދިރިއުޅޭ ގޮތަށް ހަދާ 10 ރެސިޑެންޝަލް އިމާރާތުގެ މަސައްކަތާއި ހުޅުމާލެ 1 ގައި ހަދާ ހަ މިކްސްޑް ރެސިޑެންޝަލް އިމާރާތުގެ މަސައްކަތެވެ.

ހުޅުމާލޭގައި 16 ރެސިޑެންޝިއަލް އިމާރާތް ހަދަން ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިންނާއެކު، އާބަންކޯގެ އެމްޑީ އަހްމަދު އާތިފު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި 16 ރެސިޑެންޝިއަލް އިމާރާތް ހަދަން ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިންނާއެކު، އާބަންކޯގެ އެމްޑީ އަހްމަދު އާތިފު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އާބަންކޯ

އެ އިމާރާތްތައް ހަދާ ކުންފުނިތަކާ ބިން ހަވާލުކުރީ ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ލިވިން އެކްސްޕޯގައި އިއްޔެ އެވެ. އޭގެ ތެރޭގައި 15 ކުންފުންޏެއް ހިމެނެ އެވެ. އެއީ؛

މިކްސްޑް ރެސިޑެންޝަލް އިމާރާތްތައް

• އެފް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

• ކަނޑޫފާ ޕްރައިވެޓް ލިމިޓެޑް

• ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ދެ އިމާރާތް

• ރެނާޓަސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑް

• ސިންގުހާލް

ހަމައެކަނި މީހުން ދިރިއުޅޭ ގޮތަށް ހަދާ އިމާރާތްތައް

• އަލާފް ޕްރައިވެޓް ލިމިޓެޑް

• އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް

• ބިގްހަޓް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް

• ބިލްޓް ސްޕޭސަސް ޕްރައިވެޓް ލިމިޓެޑް

• އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް

• ގްލޯރިއަސް ރެސިޑެންސް ޕްރައިވެޓް ލިމިޓެޑް

• އައިވްސް ޕްރައިވެޓް ލިމިޓެޑް

• ވެލިގާ ހާޑްވެއާ ޕްރައިވެޓް ލިމިޓެޑް

• ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑް

• ބިލްޑްއަޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް

ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަން ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިންނާ އެކު، އާބަންކޯގެ އެމްޑީ އަހްމަދު އާތިފު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަން ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިންނާ އެކު، އާބަންކޯގެ އެމްޑީ އަހްމަދު އާތިފު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އާބަންކޯ

އާބަންކޯގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އިމާރާތްތަކުގައި 981 ހައުސިން ޔުނިޓް ހުންނާނެ ކަމަށެވެ. އަދި އެ އިމާރާތްތަކުގެ 60 ޕަސެންޓް ހާއްސަކުރާނީ މިޑް ރޭންޖު މާކެޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލޯކަލް ޑިވެލޮޕާސް އަށް ބޮޑަށް ފުރުސަތު ދިނުމުގެ ގޮތުން ގިނަ ބިންތައް ދިވެހި ކުންފުނިތަކާ މި ހަވާލުކުރީ. އެއީ މިހާރު ހުސްކޮށް ހުރި ނޯމަލް އަދި ކުދި ޕްލޮޓްތައް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މިގޮތަށް ހައުސިން ޕްރޮޖެކްޓުތައް ހިންގުމަށް ހުޅުމާލެއިން އިތުރު ބިންތައް ރާއްޖޭގެ ކުންފުނިތަކަށް އަދިވެސް ދޭނެ އެވެ. އަދި އެހެން ދެވެން ހުރި ބިންތައް އާބަންކޯގެ އެޕުން ފެންނަ ގޮތް ވެސް ވަރަށް އަވަހަށް ހަދާނެ ކަމަށް ވިދާޅުވި އެވެ.

● އެޑިޓަރުގެ ނޯޓް: މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު، އިމާރާތްތަކުގައި 1،800 ޔުނިޓް ހިމެނޭ ކަމަށް، މައުލޫމާތުގެ ކުށަކުން ލިޔެވިފައި ވާތީ ޚަބަރު އިސްލާހުކޮށްފައި