28 އޯގަސްޓް 2023
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ "ދަ ގާޑަން" ފްލެޓްތައް ނިންމުމުގެ މަސައްކަތް އާބަންކޯ އިން މިހާރު ކުރަމުން އަންނައިރު، އެ މަސައްކަތް ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް މިނިވަން ކޮންސަލްޓަންޓަކު ހަމަޖައްސަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

އާބަންކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ޖާހުއާ އެކު އެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަން އެންމެން ރަނގަޅަށް ކުރުމަށް، ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ، ލަފާ ހޯދުމުގެ ގޮތުން މިނިވަން ކޮންސަލްޓަންޓަކު ހޯދުމަށް ނިންމައި އެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުންޏެވެ.
"މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ދަ ގާޑަންސް އިން އެޕާޓްމަންޓްތައް ގަނެފައިވާ ކަސްޓަމަރުންނަށް ވެސް ގެއްލުން ކުޑަކޮށް، ޕްރޮޖެކްޓް ނިންމުމެވެ،" ބަޔާނުގައި ވެ އެވެ.
އާބަންކޯ އިން ބުނި ގޮތުގައި، ކޮންސަލްޓަންޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ، ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުމެވެ. އެ ހޯދުންތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދޭ ލަފާގެ މަތިން އާ ކޮންޓްރަކްޓަރަކާއި މަސައްކަތް ހަވާލުކުރާނެ އެވެ. އެ މަސައްކަތް ކުރާ އިރު، ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
ބަދަލު ދިނުމުގެ ޒިންމާ ނަގާނީ ޖާހު އިންވެސްޓްމަންޓުން ކަމަށް އާބަންކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ބާކީ ހުރި މަސައްކަތްތައް ނިންމައި އަންނަ އަހަރުގެ ޖެނުއަރީ މަހު އެ ފްލެޓްތައް ކަސްޓަމަރުންނާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ "ދަ ގާޑަން" ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް މިދިޔަ މެއި މަހު ފޮނުވި އެވެ. ނަމަވެސް، މުއްދަތު ހަމަވިއިރު ވެސް އެކަމެއް ނުވި އެވެ. އެންމެފަހުން، ފިނިޝިންގެ މަސައްކަތް އާބަންކޯ އިން ކުރަން ނިންމީ އެވެ.
ޖާހުގެ "ދަ ގާޑަން" އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެތަނުގައި 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ، އެތަނުން އެޕާޓްމަންޓް ގަތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލާގައި އެމީހުން މުޒާހަރާ ވެސް ކުރި އެވެ.

ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަނީ
ޖާހުގެ ފްލެޓްތައް ނިންމަން އާބަންކޯ އިން ހަވާލުވެއްޖެ
ޖާހުގެ ފްލެޓްތައް ނިންމަން 30 ދުވަހުގެ ނޯޓިހެއް ދީފި
މަންޑޭ ބުނީ މައި ހިއްސާދާރު އުޅުނީ ފިލަން ކަމަށް
މަކަރު ހަދައި ލަނޑު ދިނަސް ކޮންޓްރެކްޓަރަށް ހިމާޔަތް!
ފްލެޓްތަކާމެދު އަނެއްކާވެސް އާ އުންމީދެއް، އާ ތާރީހެއް
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ޖާހު ފްލެޓްތައް ނިންމަން ބުނި މުއްދަތަށް ނުނިންމުނު