09 މެއި 2023
ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި އޭނާގެ މައްޗަށް ބަޔަކު ވައްކަމުގެ ތުހުމަތުކުރީ، އޮޅުވާލައިގެން ވިއްކާފައިވާ ފްލެޓްތަކުން ލިބުނު ފައިސާ ހިފައިގެން ކުންފުނީގެ މައި ހިއްސާދާރު ފިލަން އުޅުނު މައްސަލާގައި އެކަމާ ދެކޮޅު ހެދުމުން ކަމަށް، މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މިއަދު ބުނެފި އެވެ.
ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި އޭނާގެ މައްޗަށް ބަޔަކު ވައްކަމުގެ ތުހުމަތުކުރީ، އޮޅުވާލައިގެން ވިއްކާފައިވާ ފްލެޓްތަކުން ލިބުނު ފައިސާ ހިފައިގެން ކުންފުނީގެ މައި ހިއްސާދާރު ފިލަން އުޅުނު މައްސަލާގައި އެކަމާ ދެކޮޅު ހެދުމުން ކަމަށް، މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މިއަދު ބުނެފި އެވެ.
އޭނާ އެހެން ބުނީ، ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކު ފްލެޓްތަކުގެ މައްސަލާގައި ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގަ އެވެ. މިއީ އެ މައްސަލާގައި އޭނާ ރަސްމީކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
މަންޑޭ އޭނާގެ ދިފާއުގައި ވާހަކަ ދެއްކި އިރު، ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓް، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓު (ހަންބޯ މޯލްޑިވްސް)ގެ މައިނޯރިޓީ ހިއްސާދާރު މަންޑޭ އަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގުކުރަން މައި ހިއްސާދާރު އޮތީ ފުލުހުންގެ އިދާރާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ކުންފުނީގެ މައި ހިއްސާދާރަކީ 95 ޕަސެންޓް ހިއްސާ އޮންނަ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. މަންޑޭގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާ އެވެ.
މަންޑޭގެ ނޫސްބަޔާނުގައި ބުނިގޮތުގައި، ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހުނީ ޖިން ޝިހޫ، ކުންފުނީގެ އެކައުންޓެންޓުންނާ ގުޅިގެން ކޭޕާކްގެ ފްލެޓްތައް ވިއްކައި ލިބޭ ފައިސާ ހިފައިގެން ރާއްޖެ އިން ފިލުމަށް ކުރި މަސައްކަތަށް މަންޑޭ އެއްބަސްނުވުމުންނެވެ. ކޭޕާކްގެ ފްލެޓްތަކުގައި ބިއްލޫރި ޖެހުމުގެ މަސައްކަތް ހަވާލުކުރި ދިވެއްސަކާ ގުޅިގެން ވެސް ޖިން ޝިހޫ އޮޅުވާލުންތަކެއް ހިންގި ކަމަށް މަންޑޭ ތުހުމަތުކުރެ އެވެ.
މަންޑޭ ބުނީ މިއީ ވަރަށް ރާވައިގެން އޭނާގެ ބޮލުގައި އަޅުވާފައިވާ ދޮގު އިލްޒާމެއް ކަމަށެވެ.
ޖިން ޝިހޫ ބޭނުންވީ އޭނާގެ 95 ޕަސެންޓް ހިއްސާގެ ތެރެއިން އެއް ޕަސެންޓް ހިއްސާ މިހާރު ކޭޕާކްގެ ސައިޓްގައި މަސައްކަތް ކުރަމުން އަންނަ ޗައިނާ ރައްޔިތެއް ކަމަށްވާ ވޫ ޒީ އަށް ޓްރާންސްފާ ކުރާށެވެ. އެ ކުންފުނީގެ ސެކްރެޓަރީއަކަށް، ކޭޕާކް ފްލެޓުތަކުގައި ބިއްލޫރި ޖެހުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު ކަމަށްވާ، ގދ. ފަރެސްމާތޮޑާ، އަލަދަނޑުގެ، ޝިހާހު ސައީދު ކިޔާ މީހަކު އައްޔަންކުރަން ވެސް ޖިން ޝިހޫ ބޭނުންވި ކަމަށް މަންޑޭގެ ބަޔާނުގައި ވެ އެވެ.
"ދެ ޑައިރެކްޓަރުން ތިބި ބޯޑަކަށް ތިން ޑައިރެކްޓަރުން އައްޔަންކޮށް، ކޯރަމް 2 ޑައިރެކްޓަރުންގެ މައްޗަށް ބަދަލުކުރުމަށް މި ހުށަހެޅި ހުށަހެޅުމުން ޖިން ޝިހޫގެ ހަގީގީ މަގުސަދަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދެ އެވެ. އެހެން ނަމަވެސް، ޑޮކިއުމެންޓްގައި ސޮއިކުރުމަށް އަޅުގަނޑު އިންކާރުކޮށް، ދެކޮޅު ހެދުމުން އެ މީހުންގެ އަމާޒަކަށްވީ އަޅުގަނޑުގެ އަބުރު ކަތިލާ ނުބައި ރޭވުމެއްގެ ދަށުން ހަންބޯ މޯލްޑިވްސް އިން އަޅުގަނޑު ބޭރުކޮށްލުމަށް ފަހު ލާރިކޮޅު ހިފައިގެން ފިލުން ކަމާ މެދު ޝައްކެއް ނެތެވެ،" އެ ބަޔާނުގައިވެ އެވެ.
• ޖިން ޝިހޫ އަށް ކުންފުނީގެ 95 ޕަސެންޓް ހިއްސާ ދިނީ މަންޑޭ އާއި އެ ކުންފުނީގެ ކުރީގެ އެހެން ހިއްސާދާރުން އޭނާގެ މައްޗަށް ޝަރުތުތަކެއް ކޮށްފައި. އޭގެ ތެރޭގައި މަންޑޭ އާއި ކުރީގެ ހިއްސާދާރުންނަށް ދޭން ޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށާއި އެކަމަކު މިހާތަނަށް އެ ފައިސާ ލިބިފައެއް ނުލިބޭ.
• ކޭޕާކުގެ އަސްލު ކުންފުނި ހަންބޯ ކޮރެއާ އިން ހަންބޯ މޯލްޑިވްސްއަށް ފްލެޓް ވިއްކައި ފައިސާ ބަލައިގަތުމުގެ ބާރު ދީފައި ވިޔަސް، އެއީ އޭޖެންޓަށް ލިބޭ ފައިސާއެއް ނޫން. އޭޖެންޓަށް ދެނީ ކުރި މަސައްކަތުގެ އަގު.
• ހަންބޯ މޯލްޑިވްސް އިން ކުރާ ހުރިހާ ކަމެއްގެ ހިސާބުކިތާބު ވަރަށް ރަނގަޅަށް ކުންފުނީގެ އެކައުންޓެންޓުން ބަލަހައްޓާ ކަމަށާއި އެހެންވެ، ކުންފުނީގެ އެއްވެސް ކަމެއް މައި ހިއްސާދާރަށް ނޭނގޭ ކަމަށް ބުނާ ބުނުން މަންޑޭ ދޮގުކުރޭ.
• އަގު ވައްޓާލީ ކޭޕާކުގެ މަސައްކަތްކުރާ އަސްލު ކުންފުނިން ހަންބޯ މޯލްޑިވްސް އަށް ދީފައިވާ ހުރިހާ ބާރެއް އަތުލުމުން ކަމަށް މަންޑޭ ބުނޭ.
• މަންޑޭ ބުނީ ކޭޕާކު ފްލެޓްތައް ހަދާފައި ވަނީ އެތަން ވިއްކައިގެން ލިބުނު ފައިސާއިން ކަމަށާއި ޖިން ޝިހޫގެ އަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް. އަދި އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތަކަށް ޖިން ޝިހޫގެ އެއްބާރުލުން ނުލިބޭ ކަމަށް އޭނާ ބުނި.
އެ ބަޔާނުގައި މަންޑޭ ބުނީ ކޭޕާކުގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން އޭނާ ދޭނެ ކަމަށެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން މީހުންނަށް ލަނޑުދިން މުއާމަލާތްތަކުގައި، އެ ކުންފުނިން އިމާރާތްކުރަން ނިންމި އަދަދުގެ އިތުރަށް 60 އަށް ވުރެން ގިނަ ފްލެޓް ވިއްކާފައިވާ ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެއް އެޕާޓްމަންޓް، ދެތިން މީހުންނަށް ވިއްކާފައިވެ އެވެ.
ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލާގައި ލަނޑު ލިބުނު ފަރާތްތަކުން ފުލުހަށް އެ މައުލޫމާތު ހިއްސާކުރަން ވެސް އެދިފައިވެ އެވެ.
އެ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން ޝިހޫ ވިދާޅުވި ގޮތުގައި، އޭނާ އަށް ނޭނގި މަންޑޭ ވަނީ އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވެސް ވިއްކައި ފައިސާ ނަގައި ބޭނުންކޮށްފަ އެވެ. މިކަން ކުރީ ޖިން ޝިހޫގެ ސޮއި ފޯޖްކޮށްގެން ކަމަށާއި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.
އެ މައްސަލައާ ގުޅިގެން މަންޑޭގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
މަކަރު ހަދައި ލަނޑު ދިނަސް ކޮންޓްރެކްޓަރަށް ހިމާޔަތް!
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަނީ
ޖާހުގެ ފްލެޓްތައް ނިންމަން 30 ދުވަހުގެ ނޯޓިހެއް ދީފި
މަންޑޭއާއެކު ވިޔަފާރިކުރާ އާބަންކޯގެމުވައްޒަފު ސަސްޕެންޑް
ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތު
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި