05 ނޮވެމްބަރ 2023
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓްތައް ވިއްކަން ހުޅުވާލިތާ ބައިގަޑިއިރުގެ ތެރޭގައި ހުރިހާ ފްލެޓެއް ބުކްކޮށްފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓްތައް ވިއްކަން ހުޅުވާލިތާ ބައިގަޑިއިރުގެ ތެރޭގައި ހުރިހާ ފްލެޓެއް ބުކްކޮށްފި އެވެ.
އެ ފްލެޓްތައް ވިއްކުމަށް ހުޅުވާލީ މިއަދު ހެނދުނު 10:00 ގަ އެވެ.
އާބަންކޯއިން ވިނަރެސް ފްލެޓްތަކަށް އެދި ފޯމު ހުށަހަޅަން ދީފައިވާ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 281 ފްލެޓް ވަނީ ބުކޮށްކޮށްފަ އެވެ. ބާކީ އެއްވެސް ފްލެޓެއް ނެތް ކަމަށް ވެސް އެ ޕޯޓަލްގައިވެ އެވެ. އަދި ޕްރޮސެސިންގައި 1063 ފްލެޓް އޮތް ކަމަށް ޕޯޓަލް އިން ދައްކަ އެވެ. މިއަދު އެނގިފައިވާ ގޮތުގައި 200 ވަރަކަށް ފްލެޓް ބުކްކުރި އެވެ.
ވިނަރެސްގެ ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލީ، ފުރަތަމަ އެދޭ ބަޔަކަށް އެ ވިއްކާ އުސޫލުންނެވެ. އެނގިފައިވާ ގޮތުގައި، ދެން ވިނަރެސް އިން ފްލެޓް ވިއްކަން ހުޅުވާލާނީ، މިއަދު ހުށަހެޅި ފޯމުތަކުން ކެންސަލްވާ ފްލެޓްތައް އެކަންޏެވެ.
ވިނަރެސް ފްލެޓް ބުކް ކުރަން ދެން ހުޅުވާލާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ. އެކަމަކު، އެއީ މިއަދު ބުކްކުރި މީހުންގެ ފޯމުތައް ކެންސަލްވާ ތަރުތީބުންނެވެ.
ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ.
● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު
● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ
● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ
● އާބަންކޯއަށް އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ
ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މިދިޔަ މަހު ކުޑަކޮށްފަ އެވެ. އެ ބަދަލާ އެކު، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވެ އެވެ.
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސްގެ ކުލި 10،000ރ. އަށް ހަދަން ޕެޓިޝަނެއް
ވިނަރެސްގެ ބާކީ މައްސަލަ ޖެހުނު ފްލެޓްތަކުގެ ވެރިންނަށް
ވިނަރެސް ފްލެޓަށް ފޯމު ހުށަހެޅުން ފަސްކޮށްފި
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް ހަދަނީ
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި މި މަހު ހަވާލުކުރަނީ
ވިނަރެސް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
ޖާހުގެ ފްލެޓްތައް ނިންމަން 30 ދުވަހުގެ ނޯޓިހެއް ދީފި