އުސޫލުން ބޭރުން ވިނަރެސް ފްލެޓް ހޯދި ކަމަށް ތުހުމަތުވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު މަސައްކަތުން މިއަދު އެކަހެރިކޮށްފި އެވެ.
21 ޑިސެމްބަރ 2024
އުސޫލުން ބޭރުން ވިނަރެސް ފްލެޓް ހޯދި ކަމަށް ތުހުމަތުވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު މަސައްކަތުން މިއަދު އެކަހެރިކޮށްފި އެވެ.
ފުލުހުން ތަރުޖަމާން އަހްމަދު ޝިފާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީ ގޮތުން މިހާރު އެހެން ބޭފުޅަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވި ގޮތުގައި، އެ ބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށެވެ.
"މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭ ގޮތުން މި ހިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެ ފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމުގައި ވެސް ދަންނަވަމެވެ،" ޝިފާން ވިދާޅުވި އެވެ.
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ނުހައްގުން ގޯތިތަކެއް ހޯދި މައްސަލައިގެ ތަހުގީގާ ގުޅޭ މައުމޫލާތު ހިއްސާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވި ރަޖުނީ ވިނަރެސް ފްލެޓް ހޯދާފައި ވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ވަނީ ފެތުރިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ރަޖުނީގެ ނަން ވެސް އެބަ އޮތެވެ.
ރަޖުނީއަށް ވިނަރެސް ފްލެޓް ދޫކުރަން ނިންމި ލިޔުމާއި އެކަމުގެ އެއްބަސްވުމުގެ ކޮޕީ "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ ލިޔުމުން އެނގޭ ގޮތުގައި، ރަޖުނީއަށް ވިނަރެސް ފްލެޓެއް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ 2022 ވަނަ އަހަރު އެވެ. އެއީ ހިޔާ ފްލެޓްގެ ބަދަލުގައި ވިނަރެސް ފްލެޓް ހޯދަން ހުޅުވާލި ފުރުސަތުގައި އޭނާ އެކަމަށް އެދިގެން ހޯދާފައިވާ ފުރުސަތެއް ކަމަށް ވަނީ އެނގިފަ އެވެ.
ވިނަރެސް ފްލެޓްތައް ދޫކުރި ގޮތުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވެނީ ކުރީ ސަރުކާރު ނިމި، މި ސަރުކާރު އައިއިރު ބާކީ ހުރި ފްލެޓްތައް ދޫކުރި ގޮތުންނެވެ.
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ވިނަރެސް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފި
ވިނަރެސް ފްލެޓު ގަންނަން ފުރުސަތު ހުޅުވާލައިފި
ވިނަރެސްފްލެޓްތައް ދޫކުރަން ދެން ގިނަ ދުވަހެއް ނުނަގާނެ
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް