07 އޮކްޓޯބަރ 2016
ވިސްނުން ތޫނުކަމުގެ ގާބިލްކަން ދަރިންނަށް ވާރުތަވަނީ މަންމަގެ ފަރާތުން ކަމަށާއި ބައްޕަގެ ވިސްނުން ތޫނުކަމުގެ ސަބަބުން ދަރިންގެ ކިބައިން ތަފާތުކަމެއް ނުފެންނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ވިސްނުން ތޫނުކަމުގެ ގާބިލްކަން ދަރިންނަށް ވާރުތަވަނީ މަންމަގެ ފަރާތުން ކަމަށާއި ބައްޕަގެ ވިސްނުން ތޫނުކަމުގެ ސަބަބުން ދަރިންގެ ކިބައިން ތަފާތުކަމެއް ނުފެންނަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ވިސްނުން ތޫނުކަމާ ގުޅުން ހުރި ޖީން މައިންގެ ކިބައިން ދަރިންނަށް ވާރުތަވުމުގެ ފުރުސަތު ބޮޑީ އެ ޖީން އުފުލަނީ އެކްސް ކްރޮމޮޒޯމް އިން ކަމަށް ވެފައި އަންހެނުންގެ ހަށިގަނޑުގައި މީގެ ދެ ކްރޮމޮޒޯމް ހިމެނޭތީ އެވެ. ފިރިހެނުންގެ ހަށިގަނޑުގައި ހިމެނެނީ މީގެ އެންމެ ކްރޮމޮޒޯމް އެކެވެ.
ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ސައިންސްވެރިން ގަބޫލުކުރަނީ ބައްޕަގެ ފަރާތުން ދަރިންނަށް ވާރުތަވާ، ވިސްނުމުގެ ގާބިލްކަމާ ގުޅުން ހުރި ޖީން ކުއްޖާގެ ހަށިގަނޑުގައި މަސައްކަތް ނުކުރާ ގޮތެއް އޭގެ އަމިއްލަ ޒާތުގައި ކުރިމަތިވަނީ ކަމަށެވެ.
"ކަންޑިޝަންޑް ޖީންސް"ގެ ނަން ދީފައިވާ ކެޓަރީއަކަށް ނިސްބަތްވާ ޖީންތައް ކުއްޖާގެ ހަށިގަނޑުގައި ބައެއް ފަހަރު މަސައްކަތްކުރަނީ މައިމީހާގެ ފަރާތުން ވާރުތަވުމުން އެކަނި ކަމުގައި ވަނީ ގަބޫލުކުރެވިފަ އެވެ. އަދި ވިސްނުން ތޫނުކަމާ ގުޅުން ހުރި ޖީން ވެސް ހިމެނެނީ ކަންޑިޝަންޑް ޖީންސްގެ ތެރޭގައި ކަމަށާއި އެކަމަކު ވިސްނުން ތޫނުކަން ކަނޑައަޅާ ޖީން ކުއްޖާގެ ހަށިގަނޑުގައި މަސައްކަތްކުރަނީ މަންމަގެ ފަރާތުން އައުމުން ކަމަށް ބެލެވެ އެވެ.
ޖެނެޓިކްސް ބަދަލުކޮށްފައިވާ މީދާ ބޭނުންކޮށްގެން ކުރި ދިރާސާއަކުން މިކަން އެނގިފައިވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް މީދަލުގައި ވާރުތަވުން ހުންނަ ގޮތަށް އިންސާނުންގެ ކިބައިގައި ވެދާނެތޯ ސުވާލު އުފެދިފައިވެ އެވެ. އެހެންވެ ސައިންސްވެރިން ވަނީ އިންސާނުންނާ ވީހާ ވެސް ގުޅޭ ގޮތަކަށް ދިރާސާ ބައްޓަންކޮށްފަ އެވެ.
ނަމަވެސް ސައިންސްވެރިން ބުނީ ވިސްނުން ތޫނުކަން ވާރުތަވަނީ ހަމައެކަނި ޖެނެޓިކްސް އިން ނޫން ކަމަށާއި މިކަމުގައި ޖެނެޓިކްސްގެ ހިއްސާ އަކީ 40-60 ޕަސެންޓް ކަމަށެވެ. ބާކީ ބައި ބިނާވެގެން ދަނީ އެ މީހަކު އުޅޭ މާހައުލަކަށެވެ. އަދި މި މާހައުލުގައި މައިމީހާގެ ނުފޫޒު ބޮޑު ދައުރެއް އަދާކުރެ އެވެ. އެގޮތުން މައިމީހާއާ ވަރުގަދަ ގުޅުމެއް އޮންނަ ކުދިންނަށް ރައްކާތެރިކަން އިހްސާސްވެ ވިސްނުން ރަނގަޅުވުމަށް މަގު ފަހިވެ އެވެ.
ބަލިވެއިނުމަށް ފަސޭހަކޮށްދޭ ކާނާ ހުރޭތަ؟
ބައިގެން ދިއުމާއި އައިބުވުން ވިޓަމިން ބީ3 އިން ކުޑަވޭ
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ
ބިހާ ނުލައި ދަރިން އުފައްދަން ސައިންސްވެރިން ފޫގަޅައިފި
އިއްދައިންނުކެނޑޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ
މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟