17 ނޮވެމްބަރ 2022
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދުވަސް ނުފުރާ އުފަންވުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިއަދު ފާހަގަކުރާ "ވޯލްޑް ޕްރިމެޗުއަރިޓީ ޑޭ" އާ ގުޅުވައިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 15 މިލިއަން ކުދިން ދުވަސް ނުފުރާ އުފަންވާ ކަމަށެވެ. އޭގެ މާނަ އަކީ އުފަންވާ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކު ދުވަސް ނުފުރާ އުފަންވުމެވެ.
ޕްރިމެޗުއަރިޓީ ދުވަހަށް މި އަހަރު ކަނޑައަޅާފައިވަނީ "އަ ޕޭރެންޓެސް އެމްބްރެސް - އަ ޕަވަފުލް ތެރަޕީ" އަދި "އެނަބަލް ސްކިން ޓު ސްކިން ކޮންޓެކްޓް ފްރޮމް ދަ މޮމެންޓް އޮފް ބާތު" އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި ވެސް ދުވަސް ނުފުރާ އުފަންވާ ކުދިންގެ އަދަދު އިތުރުވަމުން ދާއިރު، އެ ފަދަ ކުދިން ގެންގުޅެ، ބެލެހެއްޓުމުގައި މައިންބަފައިންނާއި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ކުޑަކޮށްދީ، އެހީތެރިވުމަށްޓަކައި ހޭލުންތެރިިކަން އިތުރުކުރަންޖެހޭ ކަމަށެވެ.
ދުވަސް ނުފުރާ އުފަންވުމުގެ ސަބަބުން މަރުވުމާއި ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވުން ކުޑަކުރުން ފެށިގެން އަންނަނީ މާބަނޑު ދުވަސްވަރުގެ ދުޅަހެޔޮކަމުންނެވެ. މާބަނޑު ދުވަސްވަރުގައި ލިބެންޖެހޭ ފަރުވާ ރަނގަޅަށް ފޯރުކޮށްދީގެންނެވެ.
އެހެންވެ، ދުވަސްނުފުރާ އުފަންވުމުގެ ފުރުސަތު ކުޑަކުރުމަށް، ދަރިއަކު ހޯދަން ކަނޑައަޅާ ހިސާބުން ފެށިގެން އެކަމަށް ސަމާލުކަންދޭންޖެހޭ ކަމަށާއި މާބަނޑުވުމުން ގަވައިދުން ޑޮކްޓަރަށް ދައްކައި، ސިއްހަތަށް ފައިދާހުރި އަދި މިންހެޔޮ ކާނާ ކެއުމާއި އެކަށީގެންވާ ގޮތުގައި ކަސްރަތުކޮށް ދުޅަހެޔޮ އާދަތައް ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
ދުވަސްނުފުރާ ވިހެއުމާއި ޕްލާސްޓިކް ކެމިކަލްއާ ގުޅުންހުރޭ
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ހޮސްޕިޓަލުގެ އިހުމާލުން ބަނޑަށްދަރި މަރުވި މައްސަލައެއް
ތުއްތު ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން: އާއިލާ
ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް!
އާ ހިދުމަތެއް: ތުއްތު ދެ ކުއްޖެއްގެ ފުރާނަ ސަލާމަތްވި
މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ