14 ޖެނުއަރީ 2018
އުފަންވި އިރު 400 ގްރާމް ވެސް ހަމަނުވާ ކުއްޖަކަށް ހޮސްޕިޓަލުގައި ހަ މަސް ދުވަސް ވަދެން ފަރުވާ ދީގެން ސަލާމަތްކުރެވިއްޖެ އެވެ. މިއީ ދުވަސް ނުފުރާ އުފަންވި ކުދިންގެ ތެރެއިން އޭޝިއާގައި މިހާތަނަށް ސަލާމަތްކުރެވުނު އެންމެ ކުޑަ ކުއްޖާ އެވެ.
އުފަންވި އިރު 400 ގްރާމް ވެސް ހަމަނުވާ ކުއްޖަކަށް ހޮސްޕިޓަލުގައި ހަ މަސް ދުވަސް ވަދެން ފަރުވާ ދީގެން ސަލާމަތްކުރެވިއްޖެ އެވެ. މިއީ ދުވަސް ނުފުރާ އުފަންވި ކުދިންގެ ތެރެއިން އޭޝިއާގައި މިހާތަނަށް ސަލާމަތްކުރެވުނު އެންމެ ކުޑަ ކުއްޖާ އެވެ.
އިންޑިއާގެ ރާޖަސްތާނުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު މާނޫޝީ އުފަންވީ ކުއްޖާގެ މަންމައަށް ދިމާވި ތަފާތު ސިއްހީ މައްސަލަތަކަކަށްފަހު، ދުވަސްފުރެން 12 ހަފުތާ އޮއްވަ އެވެ.
މި ކުއްޖާ ދުނިޔެއަށް އުފަންވީއިރު އަމިއްލައަށް ނޭވާ ވެސް ނުލެވެ އެވެ. އަދި ކުއްޖާގެ ހަންގަނޑު ވަރަށް ތުންޏެވެ. ގުނަވަންތައް ވެސް ހުރީ ފުރިހަމައަށް ނުއުފެދި އެވެ. ކުއްޖާގެ ފައިގެ ބޮޑުމިނަކީ ނިޔަފަތިގަނޑެއް ވަރެވެ. އެހެންވެ ކުއްޖާ ސަލާމަތްވުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އެންމެންނަށް ވެސް އޮތީ ގަބޫލު ކުރެވިފަ އެވެ.
ނަމަވެސް މި ހުރިހާ މައްސަލަތަކާ އެކު ވެސް މާނޫޝީގެ ފުރާނަ ސަލާމަތްވެ އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ފުރިހަމަވެ އަދި ބަރުދަން ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.
މާނޫޝީގެ މަންމަ ސީތާ، 48، ބުނި ގޮތުގައި އޭނާގެ ތުއްތު ދަރިފުޅު ސަލާމަތް ވުމަކީ ބޮޑު އަޖައިބެކެވެ. ސީތާގެ އަލްޓްރާސައުންޑް ސްކޭނެއް ހެދުމުން، ދަރިފުޅާ ހަމައަށް ލޭ ދައުރުނުވާކަން އެނގުނެވެ. އެހެންވެ އިމަޖެންސީކޮށް ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގިއިރު ބަނޑަށް 28 ހަފުތާ އެެވެ.
ފުރާނަ ސަލާމަތްވިޔަސް މާނޫޝީގެ ސިކުނޑިއަށް ގެއްލުމެއް ނުލިބި ސަލާމަތްވުމުގެ އޮތީ އެންމެ 0.5 ޗާންސް ކަމަށް ޑޮކްޓަރުން ބުންޏެވެ.
މާނޫޝީ އަށް ފަރުވާދިން ޑރ. ޖަންގެޑް އިންޑިއާ ދަ އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވެފައިވާ ގޮތުގައި ކުއްޖާ ސަލާމަތްވާނެކަމުގެ އެއްވެސް ޔަގީންކަމެއް ޑޮކްޓަރުންނަކަށް ނެތެވެ. އަދި އުފަންވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާނޫޝީގެ ހަށިގަނޑު ކުރިޔަށް ވުރެ ވެސް ބޮޑަށް އަނުރޫފަވާން ފެށުމުން އުންމީދު މުޅީން ކަނޑާލި އެވެ.
އެކަމަކު މާނުޝީ ގެއަށް ފޮނުވާލި އިރު ބަރުދަނުގައި 2.3 ކިލޯ އެބަހުއްޓެވެ. މާނޫޝީގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ އިތުރުން އޭނާއަށް ފަރުވާދިން ޑޮކްޓަރުން ވަނީ މާނޫޝީގެ ފަރުވާއަށް ޚަރަދުވި އެއް މިލިއަން ރުޕީސް މާފުކޮށްދީފަ އެވެ.
ބަނޑަށް ދެ މަހުގައި ކުއްޖާގެ ބައްޕަ ދެނެގަނެވިދާނެ
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ
އާ ހިދުމަތެއް: ތުއްތު ދެ ކުއްޖެއްގެ ފުރާނަ ސަލާމަތްވި
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ސިޒޭރިއަން ވަރަށް މަތީގައި, ކަންބޮޑުވުމަކީ ކޮބާ؟
ދުވަސް ނުފުރާ ވިހެއުން: ފަރުވާ އާއި ދުޢާއިން އުއްމީދު
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
މަރުވި މަންމަގެ ބަނޑުގައި އޮތް ކުއްޖާ ސަލާމަތްކޮށްފި