25 ފެބުރުއަރީ 2018
ފަލަކޮށް ތިބޭ އަންހެނުންނަށް ލިބޭ ދަރިން، އާންމުކޮށް އުމުރުން ތިން އަހަރު ފުރޭއިރު އާދަޔާޚިލާފަށް ފަލަވުމަކީ ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވަނީ އެމީހުންގެ ގޮހޮރުގައި ހުންނަ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށް ފަހުގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ.
ފަލަކޮށް ތިބޭ އަންހެނުންނަށް ލިބޭ ދަރިން، އާންމުކޮށް އުމުރުން ތިން އަހަރު ފުރޭއިރު އާދަޔާޚިލާފަށް ފަލަވުމަކީ ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވަނީ އެމީހުންގެ ގޮހޮރުގައި ހުންނަ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށް ފަހުގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ.
ޖާމާ ޕީޑިއެޓްރިކްސް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ފަލަ މީހަކު އާދައިގެ ގޮތަށް ވިހައިފި ނަމަ އޭނާ ވިހާ ދަރިން ފަލަވުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ. އަދި ސިޒޭރިއަން ހަދައިގެން ކުއްޖާ ނަގައިފި ނަމަ މި ނުރައްކާ ފަސް ގުނައަށް އިތުރުވެގެންދާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.
"މަންމަގެ ބަރުދަން އިތުރުވުމަކީ ކުދިންގެ ބަރުދަން އިތުރުވާ ކަމެއްކަން އަހަރެމެންނަށް ވަނީ ހޯދިފައި،" ކެނެޑާގެ ޔުނިވަސިޓީ އޮފް އަލްބާޓާގެ އިންވެސްޓިގޭޓާ އަނީތާ ކޮޒިރިސްކީ ވިދާޅުވި އެވެ.
"އަހަރެމެންގެ ހޯދުމުން ފެނިފައިވާ ގޮތުގައި މިކަން ދިމާވަނީ އާދައިގެ ގޮތަށް ވިހެއުން ނުވަތަ ސިޒޭރިއަން ހަދައިގެން ނެގުމާއި ގޮހޮރުގައި ހުންނަ ޖަރާސީމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން. އަދި ސިޒޭރިއަން ހަދައިގެން ނަގާ ކުދިން ފަލަވުމުގެ ނުރައްކާ އިތުރުވާ ކޮންމެވެސް ސަބަބެއްވޭ،" ކޮޒިރިސްކީ ވިދާޅުވި އެވެ.
ގަޓް މައިކްރޯބަޔޯމް އަކީ އިންސާނުންގެ ހަޖަމުކުރާ ނިޒާމުގެ ތެރޭގައި ދިރިއުޅޭ ޖަރާސީމުގެ ކޮމިއުނިޓީ އެކެވެ.
މި ރިސާޗް ޓީމުން މިފަހަރުގެ ހޯދުމަށް ވަނީ 930 މަންމަ އާއި އެމީހުންގެ ދަރިންގެ ހާލަތު ބަލައިފަ އެވެ. މި ކުދިންގެ ބަރުދަން އެއް އަހަރުގައި އަދި ތިން އަހަރުގައި ހުރި ވަރު ވެސް ބެލި އެވެ.
"އަހަރެމެންނަށް ފާހަގަކުރެވުނު ގޮތުގައި މަންމަގެ ބަރުދަނުގެ އަސަރު ދަރިފުޅަށް ކުރަނީ ގޮހޮރުގައި ހުންނަ އާއިލީ ބެކްޓީރިއާގެ ނުފޫޒުން. އާދައިގެ ގޮތަކަށް ވިހެއުމާއި ސިޒޭރިއަން ހަދައިގެން ނެގުމާ ގުޅިގެން ކުއްޖާގެ ބަރުދަނަށް އަންނަ ބަދަލަކީ ވެސް މި ނުފޫޒުން ދިމާވާކަމެއް،" ސައިންސްވެރިޔާ ވިދާޅުވި އެވެ.
ދެމަފިރިން ވެސް ފަލަ ނަމަ ބަލިވެ އިނުން ލަސްވޭ
ސިޒޭރިއަން ހަދައިގެން ނަގާ ކުދިން މާބޮޑަށް ފަލަވެދާނެ
ގެސްޓޭޝަނަލް ޑައިބެޓީޒްއާ ފަލަ ބައްޔާ ގުޅުމެއް ވޭތަ؟
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި