03 ޑިސެމްބަރ 2017
އުތުރު އިންޑިއާގެ ނާގްޕޫރުގައި އުޅޭ 52 އަހަރުގެ އަންހެނަކު މީގެ 15 ވަރަކަށް އަހަރު ކުރިން ބަލިވެ އިނުމުން އެބޯޝަން ހެދީ އާއިލާގެ ޕްރެޝަރާ ހެދި އެވެ. އޭރު އެބޯޝަން ހަދައިގެން ދަރިފުޅު ވެއްޓުނު ކަމަށް ހީކޮށްގެން ހުރި ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ.
އުތުރު އިންޑިއާގެ ނާގްޕޫރުގައި އުޅޭ 52 އަހަރުގެ އަންހެނަކު މީގެ 15 ވަރަކަށް އަހަރު ކުރިން ބަލިވެ އިނުމުން އެބޯޝަން ހެދީ އާއިލާގެ ޕްރެޝަރާ ހެދި އެވެ. އޭރު އެބޯޝަން ހަދައިގެން ދަރިފުޅު ވެއްޓުނު ކަމަށް ހީކޮށްގެން ހުރި ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ.
އޭރު އެބޯޝަން ހެދި ކުއްޖާ އަދިވެސް އޭނާގެ ހަށިގަނޑުގެ ތެރޭގައި އޮތްކަން އެނގުނީ މިދިޔަ ހަފުތާގައި އޭނާގެ ބަނޑުގައި މާ ގަދަޔަށް ރިއްސައި މޭނުބައިކުރާތީ ޑޮކްޓަރަށް ދެއްކުމުންނެވެ.
ނަން ހާމަކުރަން ބޭނުން ނުވާ މި މީހާ ބުނި ގޮތުގައި 15 އަހަރު ކުރިން އެބޯޝަން ހެދިފަހުން އޭނާ އަަބަދުވެސް ބަނޑުގައި ރިއްސައި މޭ ނުބައިކޮށް ގޮތްގޮތް ވާތީ ޑޮކްޓަރަށް ދައްކަ އެެވެ. ނަމަވެސް ޑޮކްޓަރުން ދެނީ ތަދުކަނޑުވާ ބޭހަކާއި ވައިގެ ބޭހެއް ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮންމެ ދުވަހަކު އެތައް ފަހަރަކު ހޮޑުލެވި އެކި އުނދަގޫތައް ވަމުން އަންނަތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. އެކަމަކު އެއްވެސް ޑޮކްޓަރަކު ޓެސްޓެއް ހަދަން ނުދޭ ކަމަށް ބުންޏެވެ.
އެންމެ ފަހުން މިދިޔަ ހަފުތާގައި ދެއްކި ޑޮކްޓަރަކު ސްކޭން ހެދުމަށް ފަހު ބުނީ ނާގެ ގޮހޮރަށް ކާ ކާނާ ދަތުރުކުރާ ހޮޅި ބެދިފައި ހުރިކަމާއި ހިލަގަނޑެއް ކަހަަލަ އެއްޗެއް އެހިސާބުގައި އެބަ އޮތް ކަމަށެވެ.
"އެހެންވެ ލެޕްރޮސްކޮޕީ ހަދައިގެން ބެލީ. ބެލިއިރު ބަނޑުތެރޭގައި ހަތަރު މަހުގެ ކުއްޖެއް ހިލަވެފައި އޮއްވައި ފެނުނު. އަހަރެމެން ވެސް ވަރަށް ހައިރާންވި. މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަހަލަ ހާދިސާއެއް،" އަންހެން މީހާ އަށް ފަރުވާ ދިން ޑރ. ޖުނަންކަރް ވިދާޅުވެފައިވެ އެވެ.
އަންހެންމީހާގެ ބަނޑުން ނެގި ސްޓޯން ބޭބީ (ކ) އަދި އަންހެންމީހާ އާއި އޭނާ އޮޕަރޭޝަން ކޮށްދިން ޑޮކްޓަރު
ގާގަނޑަކަށް ވެފައި އޮތް ކުއްޖާ ދެ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ ނަގައިފަ އެވެ.
ސްޓޯން ބޭބީ ނުވަތަ ޑޮކްޓަރީ ބަހުރުވައިން ނަމަ ލައިތޯޕީޑިއަން އަކީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ހާލަތެކެވެ. މިދިޔަ 400 އަހަރު ތެރޭގައި ވެސް މިހާތަނަށް ފެނިފައިވަނީ މިފަދަ 300 ކޭހެވެ.
"އަހަރެމެން މިހާރު ވަނީ މި ސްޓޯން ބޭބީ އަންހެންމީހާގެ ބަނޑުން ނަގާފައި. އެއާއެކު ގޮހޮރުގެ ހަތަރު ފޫޓެއްހާ ތަންވެސް ބުރަކޮށްލާފައި ނަގަން ޖެހުނު،" ޑޮކްޓަރު ވިދާޅުވި އެވެ.
އަންހެންމީހާ ބުނި ގޮތުގައި ބަނޑުގައި ރިހުމާއި އެފަދަ ގިނަ ތަކުލީފުތަކެއްގައި އޭނާ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި އޭނާގެ ވޭންތަކަށް ނިމުމެއް އައުމުން އޮޕަރޭޝަން ކޮށްދިން ޑޮކްޓަރުންނަށް އެމީހާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ދަރިފުޅުގެ މަރުގެ ހިތާމަ ދެ ފަހަރަށް ކުރަން ޖެހިއްޖެ
17 ދަރިން ވިހެއުމަށް ފަހު ދަރިން ހޯދުން ހުއްޓާލައިފި
ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދޭ 3 ކަމެއް
އެއް އަހަރު ކުއްޖެއްގެ ބަނޑުން ތިން ކިލޯގެ ކުއްޖެއް
މުސްކުޅި ދެމަފިރިއަކަށް ދަރިއެއް ހޯދުން މައްސަލައަކަށް
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ދޭތެރެ ދުކުރުކުރަން ފިރިހެނުންނަށް އިންޖެކްޝަނެއް
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ