Roadha Mihaaru
ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދޭ 3 ކަމެއް

ދުވަސްނުފުރާ ވިހެއުމަށް އޮންނަ ފުރުސަތު ކުޑަކުރުމަށް މުހިންމު ތިން ކަމެއް

02 ސެޕްޓެމްބަރ 2016

ދުވަސް ނުފުރާ ވިހެއުމަށް އޮންނަ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ މުހިންމު ތިން ކަމެއް، ދިރާސާއަކަށް ފަހު ތަޖުރިބާކާރުންގެ ޓީމަކުން ހާމަކޮށްފި އެވެ. ދިރާސާގައި ބުނެފައި ވަނީ މި ކަންކަމަށް، ބަލިވެ އިންނަ މީހާގެ ކޮންޓްރޯލު އޮންނަ ކަމަށާއި އެހެންވެ މިއީ ބޭނުން ހިފިދާނެ މުހިންމު ކަންތައްތަކެއް ކަމަށެވެ.

ދުވަސް ނުފުރާ ވިހެއުމަށް އޮންނަ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެ މުހިންމު ތިން ކަމެއް، ދިރާސާއަކަށް ފަހު ތަޖުރިބާކާރުންގެ ޓީމަކުން ހާމަކޮށްފި އެވެ. ދިރާސާގައި ބުނެފައި ވަނީ މި ކަންކަމަށް، ބަލިވެ އިންނަ މީހާގެ ކޮންޓްރޯލު އޮންނަ ކަމަށާއި އެހެންވެ މިއީ ބޭނުން ހިފިދާނެ މުހިންމު ކަންތައްތަކެއް ކަމަށެވެ.

މިގޮތުން ދިރާސާގައި ފާހަގަކޮށްފައިވާ މައިގަނޑު ތިން ކަމަކީ، ބަލިވެ އިނުމުގައި ދޭތެރެ ދުރުކުރުން، އެކަށީގެންވާ ބަރުދަނެއްގައި ހުރެ ބަލިވެ އިނުން އަދި ބަލިވެ އިނުމަށް ފަހު ހަށިގަނޑަށް އިތުރުވާން ޖެހޭ ބަރުދަން އިތުރުކުރުމެވެ.

"މިއީ ސިއްހީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށްވާ، ދުވަސް ނުފުރާ ވިހެއުމާ ގުޅުން ހުރި މައިގަނޑު ސަބަބުތައް،" ދިރާސާކުރުމުގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. އެމިލީ ޑިފްރެންކޯ ވިދާޅުވެފައިވެ އެވެ. އޭނާ އަކީ އެމެރިކާގެ ސިންސިނާޓީ ޗިލްރެންސް ހޮސްޕިޓަލްގެ ސެންޓަ ފޯ ޕްރިވެންޝަން އޮފް ޕްރިޓާމް ބާތުގެ ރިސާޗަރެކެވެ.

ބަނޑަށް 37 ހަފުތާ ވުމުގެ ކުރިން އުފަންވާ ނަމަ އެއީ ދުވަސް ނުފުރާ ވިހެއުން ކަމަށް ބަލަ އެވެ. ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ނޭވާލުމުގެ ނިޒާމުގެ މައްސަލަތަކާއި ހިތުގެ މައްސަލަ އާއި ގޮހޮރުގެ މައްސަލަ އަދި ހެދިބޮޑުވުމުގެ މައްސަލަތައް ވެސް ކުރިމަތިވެ އެވެ.

މި ދިރާސާކުރުމުގައި ވަނީ ދުވަސްނުފުރާ ވިހެއުމަށް މެދުވެރިވާ ކަމަށް ބެލެވޭ ވަރަށް ގިނަ ސަބަބުތަކާއި އެކަމުން ކުރާ އަސަރުތައް ދެނެގެންފަ އެވެ. އަދި މި މައްސަލަ ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ވެސް ބަލާފައިވެ އެވެ. އެގޮތުން 2006 އާއި 2011 އާ ދެމެދު 400،000 މީހެއްގެ ވިހެއުމާ ގުޅުން ހުރި މައުލޫމާތު އެއްކޮށް، ވިހޭ މީހުންގެ ބަރުދަނާއި ސިއްހީ އެހެނިހެން މައުލޫމާތު ވެސް އެއްކުރި އެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި، ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ބަލިވެ އިން އިރު ރަނގަޅު ބަރުދަނުގައި ހުރެ، ބަލިވެ އިނުމުގެ ދޭތެރެ އެކަށީގެންވާ ދުރުމިނެއްގައި ބެހެއްޓި އަދި ބަލިވެ އިނުމަށް ފަހު އެކަށީގެންވާ ގޮތެއްގައި ބަރުދަން އިތުރުވަމުން ދިޔަ މީހުން ދުވަސްނުފުރާ ވިހޭ ނިސްބަތަކީ 7.6 ޕަސެންޓެވެ.

އަހަރު ދެކޮޅު ބަލިވެ އިން އަދި ބަލިވެ އިން އިރު ބަރުދަން އިތުރުވާންވީ ވަރަށް އިތުރު ނުވި މީހުންގެ މެދުގައި ދުވަސްނުފުރާ ވިހެއުމުގެ ނިސްބަތް އިތުރުކަން ވެސް ދިރާސާއިން ފާހަގަވި އެވެ. ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތް ކަމަށް ދައްކާފައި ވަނީ ބަލިވެ އިން އިރު ބަރުދަން މާ ލުއިކޮށް ހުރި އަދި ބަލިވެ އިނުމަށް ފަހު ވެސް އެކަށީގެންވާ ގޮތެއްގައި ބަރުދަން އިތުރުވަމުން ނުދިޔަ މީހުންގެ މެދުގަ އެވެމި މީހުން ދުވަސް ނުފުރާ ވިހެއުމަށް އޮތް ފުރުސަތު 25 ޕަސެންޓަށް އަރަ އެވެ.

ދިރާސާ ޓީމުން ބުނެފައި ވަނީ އެ މީހެއްގެ ބަރުދަން ހުންނަންވީ ވަރު، ތަޖުރިބާކާރުންގެ ލަފަޔާ އެކު ދެނެގަނެ މާބަނޑު ދުވަސްވަރު ވެސް އެކަށީގެންވާ ގޮތެއްގައި ބަރުދަން ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމުކަން ދިރާސާއިން ހާމަވެފައިވާ ކަމަށެވެ.