12 ޑިސެމްބަރ 2017
ކުޑަކުދިންނަށް ނޭވާހިއްލުމުގެ މައްސަލަތައް ޖެހުމުން ދިފާއުވާނީ މާބަނޑު ދުވަސްވަރާއި ޅަފަތުގައި ފޮނި އެއްޗެހި ދޭ މިންވަރު މަދުކޮށްލައިގެން ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ކުޑަކުދިންނަށް ނޭވާހިއްލުމުގެ މައްސަލަތައް ޖެހުމުން ދިފާއުވާނީ މާބަނޑު ދުވަސްވަރާއި ޅަފަތުގައި ފޮނި އެއްޗެހި ދޭ މިންވަރު މަދުކޮށްލައިގެން ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ހަކުރު ގިނައިން އަޅާފައި ހުންނަ ބުއިންތައް މާބަނޑު ދުވަސްވަރު ބޯ މީހުންނަށް ލިބޭ ދަރިންނަށް އުމުރުން 7 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރުގައި ނޭވާހިއްލުމުގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާ ކަމަށް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެ އެވެ.
"ހަކުރު ގިނައިން އަޅާފައި ހުންނަ ބުއިންތައް މާބަނޑު ދުވަސްވަރު ނުބުއިމާއި ހަކުރުގިނައިން ހުންނަ ބުއިންތައް ތުއްތުއިރު ކުއްޖާއަށް ނުދިނުމަކީ ނޭވާހިއްލުމުގެ މައްސަލަތައް ޖެހުމުން ދިފާއުވުމަށް ކުރެވިދާނެ ކަންތައްތައް،" ހާވާޑް މެޑިކަލް ސްކޫލްގެ ހޯދުމަށްފަހު ސައިންސްވެރިން ބުންޏެވެ.
މި ހޯދުމަށް ކުރި ދިރާސާގައި، މަންމަ އާއި ދަރިންގެ 1،000 ޖޯޑު ބައިވެރި ކުރި އެވެ.
ފުރަތަމަ އަދި ދެ ވަނަ ޓްރައިމިސްޓާ ފުރިހަމަ ވުމުން މި ދިރާސާގައި ބައިވެރިވި މަންމައިންނަށް ސުވާލު ކަރުދާހެއް ފުރިހަމަ ކުރަން ޖެހުނެވެ. މި ސުވާލުތަކުގައި އެމީހުން ކެއިން ބުއިމަށް ބޭނުންކުރި އެއްޗިއްސާ ބެހޭ މައުލޫމާތު ހިމެނެ އެވެ. މީގެ ތެރޭގައި ސޮޑާ އާއި މޭވާގެ ބުއިންތައް ބޭނުންކުރި މިންވަރު ވެސް ލިޔަން ޖެހުނެވެ.
ކުއްޖާ އުފަންވެ ތިން އަހަރާއި ތިން މަސް ވުމުން މައިން އަނެއްކާވެސް އެހެން ސުވާލު ކަރުދާހެއް ފުރިހަމަ ކުރި އެެވެ. މި ކަރުދާހުގައި އެމީހުންގެ ދަރިފުޅުގެ ކެއުމާއި ބުއިމަށް އާއްމުކޮށް ބޭނުންކުރި އެއްޗެހި ނޯޓުކުރަން ޖެހުނެވެ. މީގެ ތެރޭގައި ސޮޑާ އާއި މޭވާ ބުއިންތައް ބޮއި އުޅުނު މިންވަރު ވެސް ބެލި އެވެ.
މި ކުދިންގެ ތެރެއިން ކުޑަކުދިންގެ އުމުރުގެ މެދަކާ ހަމައަށް ދިޔައިރު 19 ޕަސެންޓް ކުދިންނަށް ނޭވާހިއްލާ މައްސަލަ ދިމާވި އެވެ.
ފޮނި ބުއިންތައް އެހާ ގިނައިން ނުބޯ މައިންނާ އަޅާ ބަލާއިރު ގިނައިން ހަކުރު އަޅައިގެން ފޮނިކޮށްފައިވާ ބުއިންތައް ބުއި މަންމައިންގެ ދަރިންނަށް އުމުރުން 7 އަހަރާއި 9 އަހަރާ ދެމެދުގައި ނޭވާހިއްލާ މައްސަލަތައް ދިމާވުމުގެ ފުރުސަތު 63 ޕަސެންޓް އިތުރުވެފައިވެ އެވެ.
މި ދިރާސާ ކުރެއްވި ސައިންސްވެރިން ބުނާ ގޮތުގައި ފަލަބައްޔާއި ނޭވާހިއްލުމުގެ ނުރައްކަލާ ވެސް ގުޅުންތަކެއްވެ އެވެ. އަދި މާބަނޑު ދުވަސްވަރާއި ޅަފަތުގައި، ހަކުރުގިނައިން އެކުލެވޭ ބުއިންތައް މާ ގިނައިން ބުއިމަކީވެސް ނޭވާހިއްލުމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާ ކަމެކެވެ.
ބަނޑުގައި އޮންނަ ދަރިފުޅަށް ހަކުރަކީ ނުރައްކަލެއް
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި
މާބަނޑުއިރު މަސް ކެއުމުން ދަރިފުޅު ނޭވާހިއްލުމާ ދުރުވޭ
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟