26 އޮކްޓޯބަރ 2017
ބަނޑުގައި އޮންނަ ދަރިފުޅު ނަގަން ސިޒޭރިއަން ހަދަން މާ ކުޑަކޮށް ފަޅާލިޔަސް ނުވަތަ މާބޮޑަށް ފަޅާލިޔަސް ބޮޑަށް ތަދުވާ ކަމަށާއި ފަޅާލަން ޖެހޭ އެންމެ ރަނގަޅު މިނަކީ 12 އާއި 17 ސެންޓިމީޓަރު (4.5-6.5 އިންޗި) ވަރު ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ބަނޑުގައި އޮންނަ ދަރިފުޅު ނަގަން ސިޒޭރިއަން ހަދަން މާ ކުޑަކޮށް ފަޅާލިޔަސް ނުވަތަ މާބޮޑަށް ފަޅާލިޔަސް ބޮޑަށް ތަދުވާ ކަމަށާއި ފަޅާލަން ޖެހޭ އެންމެ ރަނގަޅު މިނަކީ 12 އާއި 17 ސެންޓިމީޓަރު (4.5-6.5 އިންޗި) ވަރު ކަމަށް ސައިންސްވެރިން ބުނެފި އެވެ.
"ސިޒޭރިއަން ހަދަން އެކި ވަރުވަރަށް ކަފާފައި ހުރި ތަން ފެނިފައި އަހަރެމެން ވަރަށް ހައިރާންވި. މެދު މިންވަރަކީ 15 ސެންޓިމީޓަރު ނަމަވެސް ބައެއް ފަހަރު ނުވަ ސެންޓި މީޓަރަށް، އަނެއް ބައި ފަހަރު 23 ސެންޓިމީޓަރަށް ވެސް ކަފާފައި ހުއްޓާ ފެނިފައިވޭ. ފަހަރެއްގައި އެއީ އޮޕަރޭޝަން ކުރާ ޑޮކްޓަރަށް ޕްރެކްޓިސް ކުރެވިފައިވާ މިންވަރުން ނުވަތަ ބަލި މީހާގެ ހަށިގަނޑު އުފެދިފައި ހުރި ގޮތުން ކަމަށް ވެސް ވެދާނެ،" ދިރާސާކުރި ސައިންސްވެރިން ބުނެފައިވެ އެވެ.
މިފަހަރުގެ ހޯދުމުގައި އިލެކްޓިވް ސިޒޭރިއަން ޑެލިވަރީ ހެދި 690 އަންހެނުންގެ ހާލަތު ބެލި އެވެ. މީގެ ތެރެއިން 37 ޕަސެންޓް މީހުންނަކީ ތަކުރާރުކޮށް ސިޒޭރިއަން ހެދި މީހުންނެވެ. މި މީހުން ޗެކް ކޮށްފައި ވަނީ ސިޒޭރިއަން ހެދުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނާއި ސިޒޭރިއަން ހަދައިގެން ފާއިތުވި އެއް އަހަރު ތެރޭގަ އެވެ. މި ހޯދުމުން އެނގުނު ގޮތުގައި ސިޒޭރިއަން ހަދަން ކަފާލި ތަން މާ ކުޑަޔަސް އަދި މާ ބޮޑަސް ތަދުވާލެއް އިތުރެވެ.
ކުޑަކޮށް ކަފާލި މީހުން (12 ސެންޓި މީޓަރަށް ވުރެ ކުޑަކޮށް) އޮޕަރޭޝަނަށް ފަހު މާ ގަދަޔަށް ރިއްސާތީ އުޅުން އެކަށީގެންވާ ކަމަށް މި ދިރާސާ ލިޔުނު ސައިންސްވެރިން ބުންޏެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ މާ ކުޑަކޮށް ކަފާލުމުގެ ސަބަބުން ޓިޝޫތައް މާ ބޮޑަށް ދެމިފައި ހުރުމެވެ. މާ ބޮޑަށް ނުވަތަ 17 ސެންޓި މީޓަރަށް ފަޅާލި ތަނުގައި މާ ބޮޑަށް ރިއްސުން ނުވަތަ ސެންސިޓިވިޓީ އިތުރުވުމުގެ ސަބަބުން ގަދަޔަށް ތަދު އިހްސާސް ވުން އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.
ސައިންސްވެރިން ބުނަނީ ސިޒޭރިއަން ހެދުމަށް ފަހު އާދަޔާޚިލާފަށް ގަދަޔަށް އެ ފަޅާލި ތަނުގައި ރިއްސުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ ދިމާ ނުވާކަމެއް ކަމަށެވެ. މިގޮތަށް އަހަރެއްގެ ތެރޭގައި ރިޕޯޓްކުރަނީ ތިން ޕަސެންޓަށް ވުރެ ވެސް މަދު ބަޔަކު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާ ރިޕޯޓު ހުށަހަޅާފައިވަނީ އެނެސްތީސިއޮލޮޖީ 2017ގެ އަހަރީ ބައްދަލުވުމަށެވެ.
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ސިޒޭރިއަން ހެދުން މާބޮޑަށް އާންމުވެ ކަންބޮޑުވާ ހިސާބަށް
ހޭ ނުނައްތާ ސިޒޭރިއަން ހެދުމުން ދައުވާކޮށްފި
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި