06 އޯގަސްޓް 2018
ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި، ހޭ ނުނައްތާ ސިޒޭރިއަން ހެދި މައްސަލައެއްގައި އެ ހޮސްޕިޓަލާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި، ހޭ ނުނައްތާ ސިޒޭރިއަން ހެދި މައްސަލައެއްގައި އެ ހޮސްޕިޓަލާ ދެކޮޅަށް ދައުވާކޮށްފި އެވެ.
މިދިޔަ މަހު ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން، ޓްރައި-ސިޓީ މެޑިކަލް ސެންޓަރުގައި މިކަން ކޮށްފައި ވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރު ފޯނަށް ޖަވާބު ނުދިނުމުން، އެ ޑޮކްޓަރު ނެތި އިމަޖެންސީގަ އެވެ.
ސަން ޑިއޭގޯ ޔުނިއަން-ޓްރިބިއުން އިން ބުނި ގޮތުގައި ނޮވެމްބަރު މަހު ޑެލްފީނާ މޯޓާ، ޓްރައި-ސިޓީ މެޑިކަލް ސެންޓަރަށް ވިހަން ދިޔައީ ބަނޑަށް 41 ހަފުތާ ވެފައި ވަނިކޮށެވެ. އަދި އިމަޖެންސީގައި ސިޒޭރިއަން ހެދީ ބަނޑުގައި އޮތް ދަރިފުޅުގެ ހިތުގެ ހިނގުން އަޑު ނީވެން ފެށުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި، އުމުރުން 26 އަހަރުގެ މޯޓާ ސިޒޭރިއަން ހެދި އިރު ހޭ ނުނައްތާ އޮތުމުގެ ސަބަބުން އޭނާ އަނބުރައިގަނެ ހޭ ނެތުނެވެ. އެކަމަކު ބަނޑުގައި އޮތް އަންހެން ދަރިފުޅު ސަލާމަތްކުރެވުނު ކަމަށާއި ކުއްޖާގެ ސިއްހަތު ރަނގަޅު ކަމަށް ދައުވާގައިވެ އެވެ.
މޯޓާ އާއި އޭނާގެ ބައިވެރިވާ ހޮސްޕިޓަލާ ދެކޮޅަށް ކުރި ދައުވާގައި ބުނީ ހޮސްޕިޓަލްގައި ސިޒޭރިއަން ހަދަން ތިބި ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރު ވެސް މެޑިކަލް އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށެވެ. އަދި މިއީ އިންސާނަކަށް އަނިޔާވެރިވެ ހިންގި ކުށުގެ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުވާ ރައްދުވާ ހޮސްޕިޓަލުން ބުނީ ބަލި މީހުންގެ ރައްކާތެރިކަމަށް އަބަދުވެސް އެންމެ މަތީ މިންވަރަށް އިސްކަންދޭ ކަމަށެވެ. ދައުވާގައި ކޮށްފައިވާ ތުހުމަތާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ
މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
"އެންމެ ކުޑަ ފިރިހެން ކުއްޖާ" ސަލާމަތްކުރެވިއްޖެ
ސިޒޭރިއަން ހެދުން މާބޮޑަށް އާންމުވެ ކަންބޮޑުވާ ހިސާބަށް
ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ
ބަލިވެއިނުމަށް ފަސޭހަކޮށްދޭ ކާނާ ހުރޭތަ؟