13 އޮކްޓޯބަރ 2018
ވިއްސުމުގެ ބަދަލުގައި ސިޒޭރިއަން ހަދައިގެން ކުދިން ނެގުން، މިދިޔަ 15 އަހަރު ތެރޭ ދެ ގުނަ އަށް އިތުރުވެއްޖެ ކަމަށާއި މިކަން މިހާރު ވަނީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ވިއްސުމުގެ ބަދަލުގައި ސިޒޭރިއަން ހަދައިގެން ކުދިން ނެގުން، މިދިޔަ 15 އަހަރު ތެރޭ ދެ ގުނަ އަށް އިތުރުވެއްޖެ ކަމަށާއި މިކަން މިހާރު ވަނީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދަ ލާންސިޓް ޖާނަލްގައި ބުނެފައިވާ ގޮތުން 2000 ވަނަ އަހަރު 16 މިލިއަން (12 ޕަސެންޓް) ކުދިން ނަގާފައި ވަނީ ސިޒޭރިއަން ހަދައިގެންނެވެ. އެކަމަކު 2015 ވަނަ އަހަރު އައި އިރު މި އަދަދު 29.7 މިލިއަން (21 ޕަސެންޓް) އަށް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި އެންމެ ގިނައިން ސިޒޭރިއަން ހަދަނީ ޑޮމިނިކަން ރިޕަބްލިކްގަ އެވެ. އެ ގައުމުގައި އުފަންވާ ކުދިންގެ ތެރެއިން 58.1 ޕަސެންޓަކީ ސިޒޭރިއަން ހަދައިގެން ނަގާ ކުދިންނެވެ.
ޑޮކްޓަރުން ބުނަނީ ގިނަ ސިޒޭރިއަންތައް ހަދާފައި ވަނީ ކޮންމެހެން ބޭނުން ނުވާ ހާލަތްތަކުގައި ކަމަށެވެ.
ބަލިވެ އިންނަ މީހުންގެ ތެރެއިން 15 ޕަސެންޓަށް ވުރެ ގިނަ މީހުން ސިޒޭރިއަން ހަދާ ނަމަ އެއީ އެ ގައުމަކަށް މާ މަތީ މިންވަރެއް ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު އެއީ ވަރަސް ފަހުންނެވެ.
ސިޒޭރިއަން ހެދުން މާބޮޑަށް އިތުރުވެއްޖެ ކަމަށް ދެއްކި ދިރާސާ އަށް 169 ގައުމަކުން މައުލޫމާތު ހޯދާފައިވެ އެވެ.
ދިރާސާއިން އެނގުނު ގޮތުގައި ވިހަން އުނދަގޫވާ ކޮންމެ ހާލަތެއްގައި ހައްލަކީ ސިޒޭރިއަން ކަމަށް ބަލާ ގައުމުތަކުގެ ނިސްބަތް 50 ޕަސެންޓަށް ވުރެ އިތުރުވެ.
ޑޮމިނިކަން ރިޕަބްލިކް، ބްރެޒިލް އަދި މިސްރުގައި ސިޒޭރިއަން ހަދާ މިންވަރު 50 ޕަސެންޓަށް ވުރެ އިތުރެވެ.
ސިޒޭރިއަން ހެދުމަށް ބޭނުންކުރާ ސާމާނާއި އަމަލުކުރާ ގޮތް، މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކަމަށް ވެސް މި ދިރާސާއިން ހާމަވި އެވެ. އެގޮތުން އެފްރިކާގެ އެންމެ ފަގީރު ގައުމުތަކުގައި، ސިޒޭރިއަން ކޮންމެހެން ހަދަންޖެހޭ ހާލަތްތަކުގައި އެކަން ކުރެވޭނެ ވަސީލަތްތައް ނުހުންނަކަން ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ވިހެއުމުގެ ތެރޭގައި ދިމާވާ އެކި ހާލަތްތަކުގައި މައި މީހާ އާއި ދަރިފުޅު ސަލާމަތްކުރުމަށް ސިޒޭރިއަންގެ މުހިންމުކަން ބޮޑެވެ. އެކަމަކު ސިޒޭރިއަން ހެދުމުން މައިމީހާ އުފުލަންޖެހޭ ވޭން ބޮޑެވެ.
"ސިޒޭރިއަން ހެދުމުގެ ސަބަބުން ރަހިމުގައި ލަކުނު ލައި ލޭ ފޭބުމާއި މަސް (ޕްލަސެންޓާ) ގައި އައިބު ހުރުމާއި ބަނޑުގައި އޮވެ ދަރިފުޅު މަރުވުމުން ފަދަ ކަންކަމަށް މަގު ފަހިކުރުވާ،" ކިންގްސް ކޮލެޖް ލަންޑަންގެ ފްރޮފެސާ އޮފް ސޯޝަލް ސައިންސް، ޖޭން ސެންޑެލް ބީބީސީ އަސް ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިއީ ނިސްބަތުން ވަރަށް ކުޑަ ރިސްކެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު ސިޒޭރިން ހަދާ ކޮންމެ ފަހަރަކު މި ނުރައްކާތައް އިތުރުވަމުން ދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ސިޒޭރިއަން ހަދައިގެން ނަގާ ކުދިންނަށް ވުރެ، ވިހާ ކުދިންނަށް ސިއްހީ ނުރައްކާތައް ކުޑަ ކަމުގެ ހެކި ދިރާސާތަކުން ލިބިފައިވެ އެވެ.
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި
ތިނަދޫގައި ވިހެއި އެއްމާބަނޑު ދެކުދިން ނިޔާވެއްޖެ
ޓްރީޓޮޕުން ވިއްސާއިރު ނޭވާގެ ޒަރީއާއިން ތަދުކަނޑުވަނީ
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވެއްޖެ