08 މެއި 2018
ބައެއް ބާވަތުގެ ކާނާ އަކީ ބަލިވެއިނުމަށް ހުރަސްއަޅާ އެއްޗެހި ކަމަށް ބައެއް ދިރާސާތަކުގައި ބުނެ އެވެ. ޖަންކް ފުޑް މަދުކޮށް މޭވާ އާއި ތަރުކާރީ ކެއުމުން، ބަލިވެއިނުން އަވަސްކޮށްދޭ ކަމަށް ބުނާ ދިރާސާއެއް ދާދި ފަހުން އާންމުކޮށްފައިވެ އެވެ. އެހެން ކަމަށްވާ ނަމަ، ބަލިވެއިނުން އަވަސްކުރުވާ ކާނާ ހުރޭހެއްޔެވެ؟
ބައެއް ބާވަތުގެ ކާނާ އަކީ ބަލިވެއިނުމަށް ހުރަސްއަޅާ އެއްޗެހި ކަމަށް ބައެއް ދިރާސާތަކުގައި ބުނެ އެވެ. ޖަންކް ފުޑް މަދުކޮށް މޭވާ އާއި ތަރުކާރީ ކެއުމުން، ބަލިވެއިނުން އަވަސްކޮށްދޭ ކަމަށް ބުނާ ދިރާސާއެއް ދާދި ފަހުން އާންމުކޮށްފައިވެ އެވެ. އެހެން ކަމަށްވާ ނަމަ، ބަލިވެއިނުން އަވަސްކުރުވާ ކާނާ ހުރޭހެއްޔެވެ؟
ހާވަޑް ޔުނިވަސިޓީގެ ރިސާޗަރުން ވަނީ މިކަމާ ބެހޭ ގޮތުން ހޯދުންތަކެއް ހޯދާފަ އެވެ. އެ ޓީމުގެ ދިރާސާ އެމެރިކަން ޖާނަލް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގައި ވަނީ ޝާއިއުކޮށްފަ އެވެ. އޭގައި، ދަރިމައިވުމާއި ނިއުޓްރިޝަނާ ގުޅުން ހުރި މިންވަރުން މިހާތަނަށް ހޯދިފައިވާ ކަންކަން ބަޔާންކޮށްފައިވެ އެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި ބަލިވެއިނުމުގެ ފުރުސަތު ބޮޑުކުރުމަށް އަންހެން މީހާ އާއި ފިރިހެން މީހާ ވެސް ރަނގަޅު ކާނާ ކާންޖެހެ އެވެ. އެގޮތުން، މަސް، އެއްގަމު މަސް، ގޮވާން، މޭވާ އަދި ތަރުކާރީ އަންހެން މީހާ ދަރިމައިވުމުގެ ގާބިލްކަން އިތުރުވެ ފިރިހެން މީހާގެ ދަރިފަނީގެ ކޮލިޓީ ވެސް ރަނގަޅުވެ އެވެ.
މިގޮތަށް ބަލައި، އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ކާނާގެ ލިސްޓެއް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އެއީ؛
ސޭމަން، ނަޓްސް އަދި ސީޑް، ސްޕިނެޗް، ތޮޅި، ގޮވާމުގެ ބާވަތްތައް އަދި މޭވާ އާއި ތަރުކާރީ
ޑާކް ޗޮކްލެޓް، ބެރީގެ ބާވަތްތައް، ހުތް މޭވާ، މަސް، ކުކުޅު އަދި ގޮވާމުގެ ބާވަތްތައް
ނުކާންވީ ނުވަތަ މަދުކުރަންވީ އެއްޗެހީގެ ގޮތުގައި ފެޓީ އެސިޑްސް ފާހަގަކޮށްފައިވެ އެވެ. މިއީ ޕްރޮސެސްކޮށްފައި ހުންނަ ކޭކާއި ބިސްކޯދާއި މާޖިރީން ފަދަ އެއްޗެހީގައި މަތީ މިންވަރަކަށް ހުންނަ މާއްދާއެކެވެ. މިއީ އަންހެނުންނާއި ފިރިހެނުން ވެސް ދޫކޮށްލަން ނުވަތަ މަދުކުރަންޖެހޭ ކާނާ އެވެ.
ކިރުގެ ބާވަތްތަކާއި ސޯއީ އާއި ކެފެއިން ފަދަ މާއްދާތަކުން، ބަލިވެއިނުމަށް އެހީއަކަށް ނުވަތަ ހުރަހަކަށް ވެސް ނުވާ ކަމަށް ދިރާސާގައި ބުންޏެވެ. އެކަމަކު ދިރާސާ ޓީމުން ބުނީ ކެއުން މިގޮތަށް ބެހެއްޓުމުން ބަލިވެއިންނާނެކަން އެއީ ކަށަވަރު ކަމެއްގެ ގޮތުގައި ބަލައިގެންނުވާނެ ކަމަށެވެ.
ބައިގެން ދިއުމާއި އައިބުވުން ވިޓަމިން ބީ3 އިން ކުޑަވޭ
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި
ވިސްނުން ތޫނުކަން ވާރުތަވަނީ މަންމަގެ ފަރާތުން
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ
ބިހާ ނުލައި ދަރިން އުފައްދަން ސައިންސްވެރިން ފޫގަޅައިފި
އިއްދައިންނުކެނޑޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ
މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟