14 އޯގަސްޓް 2017
ވިޓަމިން ބީ3 ބޭނުންކުރާ ނަމަ، ބައިގެން ދިއުމާއި ބަނޑުގައި އޮންނަ ދަރިފުޅު އައިބުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ވިޓަމިން ބީ3 ބޭނުންކުރާ ނަމަ، ބައިގެން ދިއުމާއި ބަނޑުގައި އޮންނަ ދަރިފުޅު އައިބުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ ވިކްޓަ ޗާންގް އިންސްޓްޓިއުޓުން ކުރި މި ދިރާސާއަށް ފަހު ބުނީ ވިޓަމިން ބީ3 އަކީ މުހިންމު ދެ ކަމެއް ކޮށްދޭ އެއްޗެއްކަން ދިރާސާއިން ހާމަވެފައިވާ ކަމަށެވެ. އަދި ބައިގެން ދިއުމާއި އައިބުވުމަށް މެދުވެރިވާ ސަބަބުތަކާ ބެހޭ ގޮތުން މި ދިރާސާގައި އިތުރު ކަންތައްތަކެއް އެނގިގެން ދިޔައިރު ވިޓަމިން ބީ3 ގެ ފައިދާ ވެސް ހޯދިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ދިރާސާ ޓީމުން ބުނީ ކޮންމެ އަހަރަކު 7.9 މިލިއަން ކުދިން އުފަންވާއިރު މިއީ އައިބުތަކާ އެކު އުފަންވާ ކުދިން މަދުކުރުމަށް އެހީއަކަށް ވާނެ ދިރާސާއެއް ކަމަށް އުންމީދުކުރެވޭ ކަމަށެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ މި ދިރާސާގެ ނަތީޖާއަށް ބަލައި، ވިޓަމިން ބީ3 އަކީ މާބަނޑު މީހުންނަށް ދޭންޖެހޭ އެއްޗެއް ކަމަށް ލަފާ ދެވެން އަދި ނެތް ކަމަށެވެ.
މި ދިރާސާކުރުމަށް، އެތައް ފަހަރަކު ބައިގެން ގޮސްފައިވާ މައިން އަދި އައިބު ހުރި ކުދިން އުފަންވެފައިވާ ހަތަރު އާއިލާއެއްގެ ޑީއެންއޭ ސާމްޕަލްތައް ނަގާފައިވެ އެވެ. އެ އާއިލާތަކަށް އުފަންވެފައިވާ އައިބު ހުރި ކުދިންގެ ތެރޭގައި ހިތާއި ކިޑްނީ އާއި މައިކަށީގެ މައްސަލަތައް ހުރި ކުދިން ހިމެނެ އެވެ.
ދިރާސާއިން އެނގުނީ އައިބު ހުންނަން މެދުވެރިވަނީ މައިގަނޑު ގޮތެއްގައި ދެ ޖީންއެއްގެ އުނިކަމުގެ ސަބަބުން ކަމެވެ.
މި ދިރާސާގައި އިސްކޮށް ހުންނެވި ޕްރޮފެސަރު ސެލީ ޑަންވޫޑީ ވަނީ މި އައިބު ނުވަތަ ޖީންގެ މިއުޓޭޝަން މީދަލުގެ ހަށިގަނޑަށް ގެނެސްފަ އެވެ. އަދި މާބަނޑު މީދަލަށް ލިބޭ ދަރިންނަށް، ޖީންގެ މިއުޓޭޝަނުން ލިބޭ ގެއްލުން، މައިބަނޑު މީދަލަށް ވިޓަމިން ބީ3 ދިނުމުން ރަނގަޅުވާ ކަމަށް ދިރާސާއިން ދެއްކި އެވެ.
ޑަންވޫޑީ ވިދާޅުވީ ވިޓަމިން ބީ3 އިން، ބައިގެން ދިއުމާއި އައިބުވުން ހުއްޓުވިދާނެ ކަމަށާއި ވިޓަމިން ބީ3 އިން ޖެނެޓިކް މައްސަލަތައް "ބައިޕާސް" ކޮށްލާ ކަމަށެވެ.
ދަރިމައިވުމުގެ ސިއްހަތާ ބެހޭ ބައެއް ތަޖުރިބާކާރުން މި ދިރާސާއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ބައިގެން ދިއުން ކުޑަކުރުމަށް އަދި ދަރިފުޅުގެ އައިބުތައް ކުޑަކުރުމަށް ހުރިހާ ވިޓަމިނެެއް ވެސް މުހިންމު ކަމަށެވެ. މިއީ ވަރަށް ޔަގީންކަން ބޮޑު ދިރާސާއެއް ކަމަށް ބައެއް ބޭފުުޅުން ވިދާޅުވާއިރު، އެކި މީހުންނަށް ވިޓަމިން އާއި ނިއުޓްރިޝަން ބޭނުންވާ މިންވަރު ތަފާތުވާނެތީ މިއީ އިތުރަށް ބަލަންޖެހޭނެ ކަމެއްގެ ގޮތުގައި ވެސް ބައެއް ބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ
ބިހާ ނުލައި ދަރިން އުފައްދަން ސައިންސްވެރިން ފޫގަޅައިފި
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ބަލިވެއިނުމަށް ފަސޭހަކޮށްދޭ ކާނާ ހުރޭތަ؟
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ