08 ޖެނުއަރީ 2018
ސައިންސްވެރިންގެ ހޯދުމެއްގައި ބުނާ ގޮތުން މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު ނުވަ ބިސް ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅުގެ އައިކިއު ލެވެލް މަތިވެ އެވެ. މި ހޯދުން ބުނާ ގޮތުން ބިހުގައި ކޯލީން ހުރެ އެވެ. މިއީ ތުއްތު ކުއްޖާގެ ހަނދާން ގަދަކޮށްދީ މައުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ސައިންސްވެރިންގެ ހޯދުމެއްގައި ބުނާ ގޮތުން މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު ނުވަ ބިސް ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅުގެ އައިކިއު ލެވެލް މަތިވެ އެވެ. މި ހޯދުން ބުނާ ގޮތުން ބިހުގައި ކޯލީން ހުރެ އެވެ. މިއީ ތުއްތު ކުއްޖާގެ ހަނދާން ގަދަކޮށްދީ މައުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
ނަމަވެސް ނުވަ ބިހަކީ ކޮންމެ ދުވަހަކު ކާން ވަރަށް ގިނަ އަދަދެކެވެ. އަދި މިކަމުގެ ސަބަބުން ކޮލެސްޓްރޯލް މަތިވެ ފުރާނައަށް ވެސް ނުރައްކާ ވުމަކީ އެކަށީގެންވާ ކަމެކެވެ.
ޖާނަލް އޮފް ދަ ފެޑެރޭޝަން އޮފް އެމެރިކަން ސޮސައިޓީޒް ފޯ އެކްސްޕެރިމެންޓަލް ބައޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކޮށްފައިވަނީ ކޯނެލް ޔުނިވަސިޓީންނެވެ.
މާބަނޑު މީހުން ކޮންމެ ދުވަހަކު ނިއުޓްރިއަންޓް ބޭނުންކުރަން އިރުޝާދު ދީފައި އޮންނަނީ ދުވާލަކަށް 480 ގްރާމުގެ މިންވަރަށެވެ. ނަމަވެސް މިފަހަރުގެ ހޯދުމުގައިވާ ގޮތުން މި އަދަދު ދެ ގުނައަށް އިތުރުވެގެން ނޫނީ އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެ އެވެ.
މާބަނޑު މީހުން ކޮންމެހެން ބޭނުންކުރަން ޖެހޭނެ މިންވަރު ކަމަށް ކަނޑައަޅާފައިވާ ވަރާ ގާތަށް ވެސް މާބަނޑު ގިނަ މީހުން ކޯލީން އެކުލެވޭ ކާނާ ބޭނުން ނުކުރާކަމަށް މި ހޯދުމުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބަކަށް ވަނީ ބިހަކީ ކެއުން އެހާ ރަނގަޅު އެއްޗެއް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައިވާތީ ކަމަށް މި ހޯދުމުގައި ލަފާ ކޮށްފައިވެ އެވެ. އަދި ބިސް ކެއުން ކޮލެސްޓްރޯލް މަތިވުމާއި މާބަނޑު މީހުން ބިސް ނުކައްކާ ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ދޭ ލަފަޔާ ހެދި ވެސް ގިނަ ބަޔަކު ބިސް ކެއުމާ ދުރުވާ ކަމަށްވެ އެވެ.
އެވްރެޖްކޮށް ބިހެއްގެ ގޮބޮޅިގަނޑުގައި 115 މިލިގްރާމް ކޯލީން ހުރެ އެވެ. ކޯލީން ލިބޭ އެހެނިހެން ކާނާގެ ތެރޭގައި ރެޑް މީޓް، ކަނޑުމަސް، ޕޯލްޓްރީ، މުގުގެ ބާވަތްތަކާއި ނަޓްސް ހިމެނެ އެވެ.
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟
މާބަނޑުއިރު ނިދި މަދުވާ ނަމަ ހަކުރު ބަލީގެ ބިރު
18 ފަހަރު ބައިގެން ދިޔަ މީހަކަށް ދަރިއެއް ލިބިއްޖެ