23 އޮކްޓޯބަރ 2017
އަށާރަ ފަހަރު ބަލިވެ އިނދެ ބައިގެން ދިޔަ މީހަކަށް ދަރިއަކު ލިބިއްޖެ އެވެ.
އަށާރަ ފަހަރު ބަލިވެ އިނދެ ބައިގެން ދިޔަ މީހަކަށް ދަރިއަކު ލިބިއްޖެ އެވެ.
އުމުރުން 48 އަހަރުގެ މި މީހާ ދަރިއަކު ހޯދަން އައިވީއެފް ހަދަން މިހާތަނަށް 80،000 ޕައުންޑް (105،000 ޑޮލަރު) ވަނީ ޚަރަދު ކޮށްފަ އެވެ.
އިންގްލެންޑްގައި އުޅޭ ލޯރެން ވޯންފޯޑް އާއި އޭނާގެ ފިރިމީހާ މާކް، 55، ދަރިއަކު ހޯދަން މަސައްކަތް ކުރާތާ 16 އަހަރު ވެއްޖެ އެވެ. ކޮންމެ ފަހަރަކު ވެސް ބަލިވެ އިނދެ ބަނޑަށް ވަކި ދުވަހެއް ވާއިރަށް އަމިއްލައަށް ކުއްޖާ ބައިގެން ދަނީ އެވެ. ޑޮކްޓަރުންނަށް ލޯރެންގެ ބަލި ދެނެގަނެވުނީ މި ހާލުގައި އޭނާ އުޅޭތާ 16 އަހަރު ފަހުންނެވެ.
ލޯރެންގެ މައްސަލައަކީ ދަރިފަނި މަރާލާ ސެލްތަކެއް އޭނާގެ ހަށިގަނޑުގައި ހުރުމެވެ. ކުއްޖާ ގަރުބަގަނެގެން ހަފުތާތަކެއް ވުމަށް ފަހު ފެންނަނީ މަރުވާ ތަނެވެ. އެހެންވެ މި ދެމަފިރިން ވަނީ ދަރިއަކު ހޯދަން މަސައްކަތް ކުރުން ހުއްޓާލަން ވެސް ބައެއް ފަހަރު ވިސްނި އެވެ.
ލޯރެން ބުނި ގޮތުގައި ކޮންމެ ފަހަރަކު އޭނާ ބަލިވެ އިނދެ ބަނޑަށް 14 ހަފުތާ ފުރޭއިރަށް ދަރިފުޅު ވެއްޓެނީ އެވެ. އެހެންވެ ދަރިއަކު ހޯދުމުގެ ޚިޔާލު ދޫކޮށްލައިގެން ފަސް އަހަރު ވަންދެން ލޯރެން ހުއްޓެވެ. އޭގެ ފަހުން އަނެއްކާވެސް އަދި އެއް ފަހަރު މަސައްކަތް ކޮށްލަން ނިންމި އެވެ. އެގޮތުން 2015 ގައި އެ މީހުން ވަނީ އެމްބްރިޔޯ ޑޮނޭޝަން އެއް ހަދައިފަ އެވެ.
ނަސީބަކުން އެ ފަހަރު ހަމަ ވަރަށް ފަސޭހައިން ބަލިވެ އިނދެ 37 ހަފުތާގައި އެމީހުންނަށް ވަނީ ދަރިއަކު ލިބިފަ އެވެ. އެއީ ދަރިއެއް ހޯދަން މަސައްކަތް ފެށިތާ ބަރާބަރު 18 އަހަރު ފަހުންނެވެ. މި ދެމަފިރިންގެ ދަރިފުޅު ވިލިއަމް އުފަން ވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
މި ދެމަފިރިންގެ އުމުރު މައްޗަށް ގޮސްފައި ވާތީ ދަރިފުޅާ އެކު އުޅޭއިރު މީހުން ހީކުރަނީ އެއީ އެ ދެ މީހުންގެ ދަރިއެއްގެ ދަރިއެއް ކަމަށެވެ.
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟
މާބަނޑުއިރު ނިދި މަދުވާ ނަމަ ހަކުރު ބަލީގެ ބިރު