24 ޖުލައި 2016
އިއްދައިންކެނޑިފައިވާ އަންހެނުންގެ އޯވަރީއަށް ޒުވާންކަން ގެނެސް، ކުރީގެ ހާލަތަށް އިޔާދަކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށާއި މިއީ ސިއްހީ ފަރުވާ ދިނުމުގައި ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
އިއްދައިންކެނޑިފައިވާ އަންހެނުންގެ އޯވަރީއަށް ޒުވާންކަން ގެނެސް، ކުރީގެ ހާލަތަށް އިޔާދަކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށާއި މިއީ ސިއްހީ ފަރުވާ ދިނުމުގައި ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ކްލިނިކްގައި ކުރި ޓެސްޓްތަކަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ ދުވަސްވެ މަސައްކަތް ހުއްޓިފައިވާ އޯވަރީއަށް އަލުން "ދިރުން" ގެންނަނީ ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށް އާންމުކޮށް ބޭނުންކުރާ "ބްލަޑް ޓްރީޓްމަންޓް" ބޭނުންކޮށްގެން ކަމަށެވެ. މިގޮތަށް ފަރުވާ ދިން ކިތަންމެ އަންހެނަކު މައްސަރު ކަންތައް އަލުން ތަޖުރިބާކުރަން ފަށާފައިވާ ކަމަށާއި އޭގެ ތެރޭގައި މީގެ ފަސް އަހަރު ކުރިން އުމުރުން 40 އަހަރުގައި އިއްދައިންކެނޑިފައިވާ އަންހެނަކު ވެސް ހިމެނޭ ކަމަށް އޭތެންސްގެ ސައިންސްވެރިން ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރިޕްރޮޑަކްޝަން އެންޑް އެމްބްރިއޮލޮޖީ އަށް ހުށަހެޅި ދިރާސާ ރިޕޯޓާ ހަވާލާދީ "ދަ ސައިންޓިސްޓް" ގައި ބުނެފައިވެ އެވެ.
ޓިޝޫ އާއި ލޭނާރުތައް އަވަހަށް މަރާމާތުކޮށް އުފެއްދުމަށް ބޭނުންކުރާ ޕީއާރްޕީ އިންޖެކްޓްކޮށްގެން ދިން ފަރުވާގައި އޯވަރީގެ މަސައްކަތް "އަލުން ފެށި" މައްސަރު ކަންތައް ޖެހިފައި ވާއިރު ދަރިމައިވާ ބިސް ވެސް ވަނީ އުފެދިފަ އެވެ. ރިޕޯޓްގައި ބުނެފައި ވަނީ މި ބިސް ރަހިމުގައި ދަރިމައިކުރެވިދާނެ ކަމަށާއި އެކަމަކު މި ދިރާސާގައި އެ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
ދިރާސާ ޓީމުން ބުނީ މިއީ އިއްދައިންކެނޑިފައިވާ އަންހެނުންނަށް އެ މީހުންގެ އަމިއްލަ ޖެނެޓިކް މެޓީރިއަލްސް ބޭނުންކޮށްގެން އަލުން ދަރިން ހޯދުމުގެ އުންމީދު އާވެގެން ދިޔަ ދިރާސާއެއް ކަމަށެވެ. މި ފަރުވާ ދޭ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުންނަށް ފަރުވާ ކާމިޔާބު ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށާއި އެކަމަކު އިތުރު ދިރާސާތައް އަދި ކުރަންޖެހޭ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ބަލިވެއިނުމަށް ފަސޭހަކޮށްދޭ ކާނާ ހުރޭތަ؟
ބައިގެން ދިއުމާއި އައިބުވުން ވިޓަމިން ބީ3 އިން ކުޑަވޭ
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި
ވިސްނުން ތޫނުކަން ވާރުތަވަނީ މަންމަގެ ފަރާތުން
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ
ބިހާ ނުލައި ދަރިން އުފައްދަން ސައިންސްވެރިން ފޫގަޅައިފި
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ
މާލީ މީހަކަށް އެއްމާބަނޑު ނުވަ ކުދިން ލިބިއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟