21 ޖޫން 2017
އިންޑިއާގެ ނިއު ދިއްލީގެ އާއިލާއަކަށް އެމީހުންގެ ދަރިއަކު މަރުވުމުގެ ހިތާމައާ ދެ ފަހަރަށް ކުރިމަތިލާން ޖެހިއްޖެ އެވެ. އެއީ ކުއްޖާ މަރުވި ކަމަށް ބުނުމަށް ފަހު، ދިރި ހުރިކަން އެނގުމުން ހިތްހަމަޖެހިފައި ތިއްބާ އޭގެ ދެ ދުވަސް ފަހުން ދަރިފުޅު މަރުވުމުންނެވެ.
އިންޑިއާގެ ނިއު ދިއްލީގެ އާއިލާއަކަށް އެމީހުންގެ ދަރިއަކު މަރުވުމުގެ ހިތާމައާ ދެ ފަހަރަށް ކުރިމަތިލާން ޖެހިއްޖެ އެވެ. އެއީ ކުއްޖާ މަރުވި ކަމަށް ބުނުމަށް ފަހު، ދިރި ހުރިކަން އެނގުމުން ހިތްހަމަޖެހިފައި ތިއްބާ އޭގެ ދެ ދުވަސް ފަހުން ދަރިފުޅު މަރުވުމުންނެވެ.
ދުވަސް ފުރުމުގެ 20 ހަފުތާ ކުރިން އުފަންވި މި ފިރިހެންކުއްޖާ މިދިޔަ އާދިއްތަ ދުވަހު މަރުވި ކަމަށް ޑޮކްޓަރުން ބުނީ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށެވެ. އެހެންވެ ކުއްޖާ ގެއަށް ގެންގޮސް ވަޅުލުމުގެ އިންތިޒާމްތައް އާއިލާއިން ހަމަޖައްސަން ފެށި އެވެ.
ނަމަވެސް އޭރު ކުއްޖާ މަރެއް ނުވެ އެވެ. ކުއްޖާ މަރުވީ އުފަންވިތާ 35 ގަޑިއިރު ފަހުންނެވެ. އެ ހުރިހާ ވަގުތެއްގައި ރަނގަޅު ފަރުވާ ނުދެވުމުގެ ސަބަބުން ކުއްޖާ އޮތީ ވަރަށް ވޭނުގައި މަރާ ހަނގުރާމަ ކުރުމުގަ އެވެ. ސަފްދަރްޖަންގް ހޮސްޕިޓަލުން، ކުއްޖާ މަރުވިކަމަށް ދެ ވަނަ ފަހަރަށް ނިންމީ ހޯމަ ދުވަހުގެ ހަވީރު އެވެ.
ވިހޭއިރު ކުއްޖާއަށް ވީ 24 ހަފުތާ އެވެ. ބަލިވެ އިނދެ ދުވަސް ފުރޭއިރު ކުއްޖަކަށް ވަނީ 40 ހަފުތާ އެވެ. ވިހޭއިރު ކުއްޖާގެ ބަރުދަނުގައި ހުރީ 460 ގްރާމެވެ. އެހެންވެ ހޮސްޕިޓަލުގެ ނާސަރީގައި އޮކްސިޖަން ދީފައި ކުއްޖާ ބޭއްވި އެވެ.
"އަހަރެމެން އެއީ ކުއްޖެއް ކަމަކަށް ނުބަލަން. އެއީ އަލްޓްރާސައުންޑުން ދައްކަނީ ކުއްޖާއަށް ވީ އެންމެ 20 ހަފުތާ ކަމަށް. އަދި ބަރުދަނުގައި ހުރީ 410 ގްރާމް ކަމަށް. ކުއްޖާ ވިއްސީއެއް ނޫން. ބައިގެން ދިޔައީ،" އެ ހޮސްޕިޓަލުގެ ގައިނެކޮލޮޖީ ޑިޕާޓްމަންޓްގެ ހެޑު ވިދާޅުވި އެވެ.
ތަޖުރިބާކާރުން ބުނަނީ ދުވަސްނުފުރާ ވިހާ ކުދިންގެ ތެރެއިން ބަރުދަނުގައި 500 ގްރާމް ހަމަނުވާ ކުދިން އިންޑިއާގައި އާއްމުކޮށް ސަލާމަތް ނުކުރެވޭ ކަމަށެވެ. އަދި ސަލާމަތް ކުރެވުނަސް އެ ކުދިންނަށް ފަހުން ވަރަށް ބޮޑެތި ސިއްހީ މައްސަލަތަކާ ކުރިމަތިވެ އެވެ. އަލަށް އުފަންވާ ކުއްޖެއްގެ ހުންނަން ޖެހޭ އެކަށީގެންވާ ރަނގަޅު ބަރުދަނަކީ 2.5 ކިލޯގްރާމް އެވެ.
ޑަބްލިޔުއެޗްއޯ ގައިޑްލައިންގައިވާ ގޮތުން 22 ހަފުތާ ނުފުރެނީސް އުފަންވާ ކުދިންގެ ބަރުދަނުގައި 500 ގްރާމް ހަމަނުވާ ނަމަ އެއީ ވިހޭ ކުއްޖަކަށް ނުބަލަ އެވެ. އަދި އާއްމުކޮށް މިފަދަ ކުދިން ސަލާމަތެއް ނުވެ އެވެ.
"މިކަމުގައި ދިމާވަނީ ވަރަށް އެތިކަލް މައްސަލައެއް. ސަބަބަކީ މިހާ ތުއްތު ކުއްޖަކު އުފަންވުމުން އެ ކުއްޖާއަށް ފަރުވާދޭ ނަަމަ މެޑިކަލް އަދި ފައިސާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ. އަދި މިފަދަ ކުއްޖަކު ހާލަކުން ފަހަރަކު ނަމަވެސް ސަލާމަތް ވިޔަސް ސެލެބްރަލް ޕަލްސީ ފަދަ ސީރިއަސް ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ. އަދި އަބަދާ އަބަދު މި ކުދިން ބަލަހައްޓާ ފަރުވާކުރަން ޖެހޭ،" އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގެ ޕްރޮފެސާ އެޓް ގައިނީކޮލޮޖީ ޑިޕާޓްމަންޓް ޑރ. ދީޕިކާ ޑޭކާ ވިދާޅުވި އެވެ.
ސައްބީސް ހަފުތާ ނުވާ ކުދިން ވެސް ފުރާނަ ހުރިއްޔާ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެ އެވެ. ނަމަވެސް މިފަދަ ހާލަތުގައި ވެސް ކުއްޖާގެ މައިންބަފައިންނަށް އޭނާ ސަލާމަތްވާނެ ކަމުގެ އުންމީދު ނެތް ކަމާއި ސަލާމަތް ވިޔަސް ވަރަށް ގިނަ ސިއްހީ ނުކުޅެދުންތެރިކަމާ ކުރިމަތިވާނެކަމަށް ވިސްނައިދެ އެވެ.
ބެލެވޭ ގޮތުގައި އެހެންވެ ކުއްޖާ މަރު ނުވަނީސް ވަޅުލަން ހޮސްޕިޓަލުން މައިންބަފައިންނާ ހަވާލު ކުރީ އެވެ.
މިހާރު މި މައްސަލަ ހޮސްޕިޓަލުންނާއި ޔޫނިއަން ހެލްތު މިިނިސްޓްރީން އަންނަނީ ބަލަމުންނެވެ. މައްސަލަ ބަލަން ތަހުގީގު ޓީމެއް އެކުލަވާލާފައި ވާއިރު އެ ޓީމުން ބަލާނީ ކުއްޖާ މަރުނުވަނީސް މަރުވިކަމަށް ބުނެ އާއިލާއާ ހަވާލުކުރީ ކީއްވެތޯ އެވެ.
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި
17 ދަރިން ވިހެއުމަށް ފަހު ދަރިން ހޯދުން ހުއްޓާލައިފި
އެއް އަހަރު ކުއްޖެއްގެ ބަނޑުން ތިން ކިލޯގެ ކުއްޖެއް
މުސްކުޅި ދެމަފިރިއަކަށް ދަރިއެއް ހޯދުން މައްސަލައަކަށް
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ދޭތެރެ ދުކުރުކުރަން ފިރިހެނުންނަށް އިންޖެކްޝަނެއް
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ