09 ސެޕްޓެމްބަރ 2016
ސިޒޭރިއަން ހަދައިިގެން ނަގާ ކުދިންނަކީ އެކަށީގެންވާ ވަރަށް ވުރެ ފަލަ ނުވަތަ އޮބީސް ކުދިންނަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސިޒޭރިއަން ހަދައިިގެން ނަގާ ކުދިންނަކީ އެކަށީގެންވާ ވަރަށް ވުރެ ފަލަ ނުވަތަ އޮބީސް ކުދިންނަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދިރާސާ އިން ދެއްކި ގޮތުގައި ސިޒޭރިއަން ހަދައިގެން ނަގާ ކުދިން ކުޑައިރު އެކަށީގެންވާ ވަރަށް ވުރެ ފަލަ ވުމުގެ ފުރުސަތު 15 ޕަސެންޓް އިތުރެވެ. ހާވަޑް ޓީއެޗް ޗާން ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ރިސާޗަރުން ބުނެފައި ވަނީ ސިޒޭރިއަން ހަދައިގެން ނަގާފައިވާ ކުދިންނަށް ކުރިމަތިވާ ފަލަވުމުގެ މައްސަލަ އެ ކުދިންގެ ދޮށީ އުމުރުގައި ވެސް ތަހައްމަލްކުރަން ޖެހިދާނެ ކަމަށެވެ.
ދިރާސާގައި އިސްކޮށް ހުންނެވި ޕްރޮފެސަރު ޖޯޖް ޝަވާރޯ ވިދާޅުވެފައި ވަނީ ސިޒޭރިއަން ހެދުމަކީ ވަރަށް ގިނަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމުން ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވިޔަސް އެކަމާ ގުޅުން ހުރި ނުރައްކާތަކެއް ވެސް ހުންނަ ކަމަށެވެ.
"ސިޒޭރިއަން އަކީ މައި މީހާ އާއި ދަރިފުޅުގެ ސިއްހަތަށް ވެސް ގެއްލުންތަކެއް ހުރި ކަމެއް. އެގޮތުން މި ދިރާސާއިން ފެނުނީ ސިޒޭރިން ހެދުމާ، ދަރިފުޅު އެކަށީގެންވާ ވަރަށް ވުރެ ފަލަވުމާ ގުޅުން ހުރި ކަމަށް،" ޝަވާރޯ ވިދާޅުވެފައިވެ އެވެ.
މި ދިރާސާކުރުމަށް، އެހެން ދިރާސާއަކަށް 16 އަހަރުގެ މުއްދަތަށް އެއްކޮށްފައިވާ 22000 ކުއްޖެއްގެ މައުލޫމާތު އެއްކޮށްފައިވެ އެވެ. ޖަމާ ޕީޑިއޭޓްރިކްސް ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ ސިޒޭރިއަން ހަދައިގެން ނަގާފައިވާ ކުދިން ޒުވާން އުމުރުގައި މާބޮޑަށް ފަލަވުމަށް އޮންނަ ފުރުސަތު، އާދައިގެ ގޮތުގައި އުފަންވާ ކުދިންނާ އަޅާބަލާއިރު 64 ޕަސެންޓް އިތުރު ކަމަށެވެ.
ޕްރޮފެސަރު ޝަރާވޯ ވިދާޅުވެފައި ވަނީ ސިޒޭރިން ހެދުމާ އެކަށީގެންވާ ވަރަށް ވުރެ ފަލަވުމާ ގުޅުން ހުރިކަން މި ދިރާސާއިން ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
ސިޒޭރިއަން ހެދުމުގެ އާ ގޮތެއް ތަޖުރިބާކުރަނީ
ދެމަފިރިން ވެސް ފަލަ ނަމަ ބަލިވެ އިނުން ލަސްވޭ
ގެސްޓޭޝަނަލް ޑައިބެޓީޒްއާ ފަލަ ބައްޔާ ގުޅުމެއް ވޭތަ؟
ތިނަދޫގައި ވިހެއި އެއްމާބަނޑު ދެކުދިން ނިޔާވެއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ސިޒޭރިއަން ވަރަށް މަތީގައި, ކަންބޮޑުވުމަކީ ކޮބާ؟
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ