11 ފެބުރުއަރީ 2017
ބަލިވެ އިނުމަށް ހުރަސް އެޅެނީ އަންހެން މީހާގެ ހަށިގަނޑުގެ ފަލަވުމުން އެކަނި ނޫން ކަމަށާއި ދެމަފިރިންގެ ބަރުދަން ވެސް މިކަމުގައި މުހިންމު ރޯލެއް އަދާކުރުމާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ބަލިވެ އިނުމަށް ހުރަސް އެޅެނީ އަންހެން މީހާގެ ހަށިގަނޑުގެ ފަލަވުމުން އެކަނި ނޫން ކަމަށާއި ދެމަފިރިންގެ ބަރުދަން ވެސް މިކަމުގައި މުހިންމު ރޯލެއް އަދާކުރުމާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތުން ބުނީ އެކަށީގެންވާ ވަރަށް ވުރެ ބަރުދަން އިތުރު ދެމަފިރިން ނަމަ އާދައިގެ ގޮތުގައި ބަލިވެ އިނުމަށް އޮންނަ ފުރުސަތު، ރަނގަޅު ބަރުދަނުގައި ތިބޭ ދެމަފިރިންނާ އަޅާބަލާއިރު 50 ޕަސެންޓް ދަށްވާ ކަމަށެވެ.
"މީގެ މާނަ އަކީ ދެމަފިރިން ވެސް އެކަށީގެންވާ ވަރަށް ވުރެ ފަލަކޮށް ތިބޭ ނަމަ އެ މީހުންނަށް ދަރިއެއް ލިބުން ލަސްވާނޭ،" ދިރާސާގައި އިސްކޮށް ހުންނެވި ރާޖޭޝްވަރީ ސުންދަރަމް ވިދާޅުވި އެވެ. އޭނާ އަކީ އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ޗައިލްޑް ހެލްތު އެންޑް ހިއުމަން ޑިވެލޮޕްމަންޓްގެ ސީނިއާ އިންވެސްޓިގޭޓާ އެވެ.
ދިރާސާ ޓީމުން ފާހަގަކުރި ގޮތުގައި، މީގެ ކުރީގެ ދިރާސާތަކުން ވެސް ވަނީ އަންހެނަކު މާ ފަލަ ނަމަ ދަރިމައިވުމަށް ހުރަސްތައް ކުރިމަތިވާކަން ހާމަވެފަ އެވެ. އަދި ފަލަކޮށް ތިބޭ ފިރިހެނުންގެ ދަރިފަނި މަދުވެ ނިކަމެތިވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ވެސް ކުރީގެ ދިރާސާތަކުން ހާމަވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މިއީ ދަރިމައިވުމަށް ފަރުވާ ނުހޯދާ، އާދައިގެ ގޮތުގައި ދަރިން ލިބޭތޯ މަސައްކަތްކުރަމުން ދިޔަ މީހުން ބޭނުންކޮށްގެން ކުރި ދިރާސާއަކަށް ވާތީ މިއީ ގިނަ ބަޔަކަށް މުހިންމު މައުލޫމާތެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަކުރެ އެވެ.
މި ދިރާސާ ހިއުމަން ރިޕްރޮޑަކްޝަން ޖާނަލްގެ މި މަހުގެ ތިން ވަނަ ދުވަހުގެ އަދަދުގައި ވާނީ ޝާއިއުކޮށްފަ އެވެ.
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
ދަރިއަކު ނުލިބިގެން އުޅެނިކޮށް 9 މަސް ތެރޭ 4 ދަރިން
އައިވީއެފް ހަދަން ނުޖެހޭ އެތައް ބަޔަކު އެ ފަރުވާ ހޯދާ
ތިން މީހެއްގެ ޑީއެންއޭ ހުރި ކުއްޖާ އުފަންވެއްޖެ
ސިޒޭރިއަން ހަދައިގެން ނަގާ ކުދިން މާބޮޑަށް ފަލަވެދާނެ
ގެސްޓޭޝަނަލް ޑައިބެޓީޒްއާ ފަލަ ބައްޔާ ގުޅުމެއް ވޭތަ؟
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ