14 ޖެނުއަރީ 2020
ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ މެންކް (މުފްތީ މެންކް) ރާއްޖޭގައި ދެއްވާ ދަރުސްތައް ބިނާކުރައްވާނީ އިސްލާމް ދީނާ ދުރަށް ދިއުމުގެ ވިސްނުން ހުންނަ މީހުންނަށް ރިހެބިލިޓޭޝަން ފޯރުކޮށްދިނުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ މެންކް (މުފްތީ މެންކް) ރާއްޖޭގައި ދެއްވާ ދަރުސްތައް ބިނާކުރައްވާނީ އިސްލާމް ދީނާ ދުރަށް ދިއުމުގެ ވިސްނުން ހުންނަ މީހުންނަށް ރިހެބިލިޓޭޝަން ފޯރުކޮށްދިނުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ މުފްތީ މެންކް މިރޭ ކާނިވަލުގައި ދެއްވާ ދަރުސްގެ މައުޟޫ އަކީ "ދީނީ ރިހެބިލިޓޭޝަން" ކަމަށެވެ. އައްޑޫގައި މާދަމާ ރޭ ދަރުސް ދެއްވާނީ އިސްލާމް ދީނާ ދުރަށް ދާން މުސްލިމުން ވިސްނާ ސަބަބުތަކާއި އެ މީހުން ދީނާ ގާތްކުރަން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެކި މީހުން އިސްލާމް ދީން އެކި ގޮތްގޮތަށް މާނަކުރާ ކަމަށެވެ.
ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި މުފްތީ މެންކް ދެއްވާ ދަރުސްގައި އިސްލާމް ދީނުގެ އަސްލު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމުގެ ފިކުރު ވަނީ އާންމުވެފަ އެވެ. އެ މީހުން ރިހެބިލިޓޭޓްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ.
މުފްތީ މެންކް ދެއްވާ ދަރުސްތައް ކުރި އަށް ގެންދާނީ އާންމުންނަށް ހުޅުވާލައިގެން ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު މި ދަރުސްތަކުގައި ބައިވެރިވާން މިނިސްޓަރު އެދިވަޑައިގަތެވެ.
މާލޭގައި ދެއްވާ ދަރުސް އޮންނާނީ ކާނިވާ ސަރަހައްދުގަ އެވެ. އައްޑޫގައި މުފްތީ މެންކް ދަރުސް ދެއްވާނީ ނޫރާނީ ސްކޫލްގަ އެވެ. އަދި ކުޅުދުއްފުށީގައި ދަރުސް އޮންނާނީ އެ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. ދަރުސްތައް ފަށާނީ ރޭގަނޑު 8:15 ގަ އެވެ. އަދި ދަރުސްތައް ޓީވީން ވަގުތުން ދައްކާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ހަލާލް ގޮތުގައި ފައިސާ ހޯދުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން މުފްތީ މެންކް އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޒުވާނުންނާއި ސްކޫލް ދަރިވަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހާއްސަ ފޯރަމެއް އެ ރޭ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Youth discussion forum to be held in order to address the issues of the youth by Mufti Ismail Menk in Islamic Centre Hall on Friday 17 January evening 20:15 pm.Your presence is highly encouraged.#MVIaffairs pic.twitter.com/IIjn4ApGZS
— Ministry of Islamic Affairs (@MVIaffairs) January 13, 2020
އިސްލާމިކް މިިސްޓްރީން ކުރި ޓްވީޓެއް
މުފްތީ މެންކް ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި ކުރި އަށް ގެންދަން ކަނޑައަޅާފައިވާ އެންމެ ފަހުގެ ހަރަކާތް އަމާޒުކޮށްފައި ވަނީ ދީނީ އިލްމުވެރިންނަށެވެ. ދެ ސެޝަނަކަށް ބަހާލައިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި އިލްމުވެރިންނަށް ދިމާވާ މައްސަލަތަކާއި އެ މީހުންގެ ސުވާލުތަކަށް މުފްތީ މެންކް ޖަވާބުދެއްވާނެ އެވެ.
މުފްތީ މެންކް ވަނީ މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވައިފަ އެވެ.
ދެ އަހަރު ފަހުން ފަތުވާ މަޖިލިސް އެކުލަވާލައިފި
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
މުފްތީ މެންކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ
އެންމެން "ފަތުވާ" ނެރެނީ، ފަތުވާމަޖިލިސް ވާ ކޮށްފައި
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
ނަމާދު ޖަމާއަތް ނުހެދުމުގެ ނިންމުން އިތުރު ހަފުތާއަކަށް
ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގާނޫނެއް ހަދަނީ
ޑރ. މަޖީދު އެންމެ ލޯބިކުރެއްވީ އިލްމީ ދިރާސާކުރުމަށް
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ