Roadha Mihaaru
ސުލައިމާނީގެ މަރާއެކު ހިޒްބުﷲގެ އިންޒާރު އެމެރިކާ އަށް

ސުލައިމާނީ އަވަހާރަކޮށްލުމުން ހިޒްބުﷲގެ އިންޒާރު އެމެރިކާ އަށް

06 ޖެނުއަރީ 2020

ބޭރޫތު (ޖެނުއަރީ 6) - އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ އަގު އެމެރިކާ އިން އަދާކުރަން ޖެހޭނެ ކަމަށް ބުނެ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (ޖެނުއަރީ 6) - އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ އަގު އެމެރިކާ އިން އަދާކުރަން ޖެހޭނެ ކަމަށް ބުނެ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ބޭރޫތުގައި އެތައް ހާސް ބަޔަކާ މުޚާތަބް ކުރައްވައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިއްޔެ ވިދާޅުވީ އެމެރިކާ އިން ކުރިކަންތަކާ އެއްވަރުގެ އިންސާފުވެރި ބަދަލަކަށްވާނީ މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނާއި އެމެރިކާގެ މަރުކަޒުތަކާއި ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދިނުން ކަމަށެވެ. ނަމަވެސް އެމެރިކާގެ އާއްމުންނާއި ވިޔަފާރިވެރިންނާއި އިންޖިނޭރުންނާއި ޑޮކްޓަރުން އަދި ނޫސްވެރިންނަށް ހަމަލާދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމެރިކާ ސިފައިނާއި އޮފިސަރުންގެ ސަންދޯއް އެމެރިކާ އަށް ގެންދެވޭ ހިނދު (ރައީސް ޑޮނަލްޑް) ޓްރަމްޕަށް އިހުސާސް ކުރެވޭނެ މެދުއިރުމަތީގައި އެމެރިކާ ބަލިވެއްޖެކަން،" ޓީވީ މެދުވެރިކޮށް ނަސްރުﷲ ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސުލައިމާނީ އިރާގަށް ވަޑައިގަތުމުގެ ކުރިން ލުބުނާނުގައި ހިޒްބުﷲގެ ލީޑަރު ނަސްރުﷲއާ ބައްދަލު ކުރައްވަނީ: ސުލައިމާނީ އަވަރާކޮށްލީ އެ ބައްދަލުވުމަށް ފަހު އިރާގަށް ވަޑައިގެންނެވި ފަހުން.

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި ސުލައިމާނީ އަވަހާރަކޮށްލީ އިރާގުގެ ވެރިރަށް ބަޣުދާދުގެ އެއާޕޯޓުގެ ބޭރުން ވެހިކަލެއްގައި ދަތުރު ކުރައްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ހެނދުނެވެ.

ނަސްރުﷲ ވަނީ އެމެރިކާގެ ވަކިތަކުން ސަލާމަތްވުމަށް އިރާގަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުގެ އުއްމީދަކީ އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އެ ގައުމުގެ ޕާލަމެންޓުން ގާނޫނެއް ފާސްކުރުން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އިރާގުގެ ޕާލަމެންޓުން ރޭ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް ޕާލަމެންޓުން ފާސްކުރާ ގަރާރަކީ އެއަށް އަމަލު ކުރަން ސަރުކާރަށް މަޖްބޫރު އެއްޗެއް ނޫނެވެ.

އިރާގުގައި އެމެރިކާގެ 5،200 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމެރިކާ ސިފައިން އިރާގަށް ދިޔައީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރާ ކޯލިޝަންގައި ބައިވެރިވުމަށެވެ.