Roadha Mihaaru
ލުބްނާނުން ނުކުމެވެން އޮތް ގޮތަކަށް ނުކުމޭ: އެމެރިކާ

"ލިބުނު ޓިކެޓެއްގައި" ލުބްނާނުން ނުކުންނަން އެމެރިކާ މީހުންނަށް އަންގައިފި

03 އޯގަސްޓް 2024

ލުބްނާންގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވުމާ އެކު އެމެރިކާ މީހުން ލުބްނާނުން ނުކުމެވެގެން އޮތް ގޮތަކަށް ނުކުންނަނަށް، އެ ގައުމުގައި ހުންނަ އެމެރިކާ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ލުބްނާންގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވުމާ އެކު އެމެރިކާ މީހުން ލުބްނާނުން ނުކުމެވެގެން އޮތް ގޮތަކަށް ނުކުންނަނަށް، އެ ގައުމުގައި ހުންނަ އެމެރިކާ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައިގެ ބިރަށް އެއާލައިންތަކުން ލުބްބާނަށް ދަތުރުތައް މެދުކަނޑާލަމުން ދިޔަ ނަމަވެސް ކޮމާޝަލް ޓްރާންސްޕޯޓުގެ އެކި ވަސީލަތްތައް ލިބެން އެބަހުރި ކަމަށެވެ.

"މި އެދެނީ ލުބްނާނުން ނުކުންނަށް ބޭނުންވާ މީހުން، އެ މީހަކަށް ޓިކެޓް ލިބެން އޮތް ގޮތަކަށް ޓިކެޓް ބުކް ކުރުމަށް. ވަގުތުން ފުރައިގެން ނުދެވުނަސް އަދި ދަތުރުކުރަން ބޭނުންވާ މަގު ނޫން އެހެން މަގަކުން ދަތުރުކުރާ ފްލައިޓަކުން ޓިކެޓެއް ލިބުނަސް އެ މަގަކުން އަވަހަށް ދިއުމަށް،" ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާގެ މި އެންގުމަށް ފަހު އިނގިރޭސި ވިލާތާއި އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ވީ އެންމެ އަވަހަކަށް ލުބްނާނުން ފައިބަން އިލްތިމާސްކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާދޭން ފެށުމާ އެކު ހިޒްބުﷲ އިން ބޯޑަރު ސަރަހައްދުގައި އިޒްރޭލުގެ އަސްކަރީ މަގާމުތަކަށް ގެންދަނީ ހަމަލާދެމުންނެވެ. ރައްދުގައި އިޒްރޭލުން ވެސް ހަމަލާ ދެމުން ގޮސް ލުބްބާންގެ އެކި ހިސާބުތަކަށް ވެސް ހަމަލާދޭން ފަށައި މަސްރަހު އިތުރަށް ގޯސްވީ ހިޒްބުﷲގެ އިސް އެތައް ކޮމާންޑަރުންނެއް އަވަހަރާކޮށްލުމާ އެކުގަ އެވެ.

އަދި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި އަވަހާރަކޮށްލުމާ އެކު އެއީ އިޒްރޭލުގެ އަމަލެއް ކަމަށް ބުނެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ހިޒްބުﷲ އާއި ހަމާސް އާއި އީރާނުން ވެސް ވަނީ ދީފަ އެވެ.