18 ޖުލައި 2024
އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރޭވިކަން ކަމާބެހޭ އިދާރާތަކަށް އެނގުމާ އެކު ސީކްރެޓް ސާވިސްއިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އޮތީ ޓްރަމްޕްގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ކަމަށާއި އެކަމަކު ހޮނިހިރު ދުވަހު ދިން ހަމަލާއާ އީރާނާ ގުޅުމެއް ނެތް ކަމަށް ހައެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.
އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރޭވިކަން ކަމާބެހޭ އިދާރާތަކަށް އެނގުމާ އެކު ސީކްރެޓް ސާވިސްއިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އޮތީ ޓްރަމްޕްގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ކަމަށާއި އެކަމަކު ހޮނިހިރު ދުވަހު ދިން ހަމަލާއާ އީރާނާ ގުޅުމެއް ނެތް ކަމަށް ހައެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.
ސީއެންއެން އިން ބުނި ގޮތުގައި ކުރީގެ ރައީސް އަވަހާރަކޮށްލަން އީރާނުން ރާވާފައިވާ ޕްލޭނަކާ ބެހޭ ގޮތުން އެމެރިކާގެ އިދާރާތަކަށް އިންޓެލިޖެންސް މައުލޫމާތު، މީހެއްގެ ފަރާތުން އޮތީ ލިބިފަ އެވެ. އެހެންވެ ސެކިއުރިޓީ އޮތީ ވަރުގަދަކޮށްފައި ކަމަށް، އެހެން ބައެއް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވާ މި ޚަބަރުގައި ބުނެފައިވެ އެވެ.
ނަމަވެސް ޕެންސިލްވޭނިއާގެ ބަޓްލާގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި ތޯމަސް މެތިއު ކްރޫކްސް ކިޔާ 20 އަހަރުގެ ޒުވާނަކު ޓްރަމްޕަށް ބަޑިން ހަމަލާދިނުމާ އީރާންގެ ރޭވުމާ ގުޅުމެއް ނެތް ކަމަށް ބުނެފައިވެ އެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު އީރާން ސިފައިންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށް ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންނަށް އީރާނުން ކުރިމަތިވެދާނެ ނުރައްކަލަކަށް އެމެރިކާ ފާރަލައި ބަލަމުން ގެންދާތާ އަހަރުތަކެއް ވެއްޖެ އެވެ.
ސީކްރެޓް ސާވިސްގެ އިސް ތަރުޖަމާނު އެންތަނީ ގުގްލިއެލްމީ މިކަމާ ބެހޭ ގޮތުން ވިދާޅުވީ ސީކްރެޓް ސާވިސް އާއި އެހެން އެޖެންސީތަކަށް ވެސް އެކި ބޭފުޅުންނަށް އޮންނަ ނުރައްކަލާ ގުޅޭ މައުލޫމާތު އަބަދުވެސް ލިބެމުން އަންނަ ކަމަށާއި އެ މައުލޫމާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ.
"އިންޒާރުތަކާ ގުޅޭ ގޮތުން ސީކްރެޓް ސާވިސް އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ކަމަށް ބުނުން ފިޔަވައި ވަކި ނުރައްކަލަކާ ގުޅޭ ގޮތުން އެއްޗެކޭ ނުބުނެވޭނެ،" ގުގްލިއެލްމީ ވިދާޅުވި އެވެ.
އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ބަހެއް މިކަމުގައި ނުލިބުނެވެ.
ޓްރަމްޕުގެ ބޮލަށް އަމާޒުކޮށް ވަރަށް ކައިރިން ދިން ބަޑީގެ ހަމަލާގައި ސަލާމަތްވީ ޓްރަމްޕްގެ ބޯ އަރިކޮށްލެވުނު ގޮތަކުން އުންޑަ އަމާޒު ނުވުމުންނެވެ. އުންޑަ ކޭއްތިފައި ދިޔައީ ކަންފަތުގަ އެވެ. މި ހަމަލާއާ ގުޅިގެން ސީކްރެޓް ސާވިސް އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. -- އޭއެފްޕީ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ޓްރަމްޕް ހައްޔަރު ކުރަން އީރާނުން ރެޑް ނޯޓިސް ނެރެފި
ޓްރަމްޕުގެ ވެރިކަންނިމެނީ، އީރާނުގެ އިންޒާރު އިޒްރޭލަށް
އެންމެ ފަހު ވަގުތު ވެސް ޓްރަމްޕް އީރާނަށް ދަތިކޮށްފި
ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް އީރާނުން ނެރެފި
ފްލޮއިޑުގެ މަރުން އެމެރިކާގެ ހަގީގީ ސިފަ ފެނިއްޖެ
މަޖަލަކަށް ކުރި ޕޯސްޓަކުން ގެއްލުނީ ވަޒީފާ
"އެމެރިކާގެ ހަތަރު އެމްބަސީއަކަށް ހަމަލާދޭން އުޅުނު"