Roadha Mihaaru
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ

އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ

18 އެޕްރީލް 2024

ބަދަލުހިފުމުގެ ގޮތުން އިޒްރޭލަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅާނެ ކަމަށާއި، އެކުވެރި ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރާނެ އުންމީދުކުރާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން މިކަން އިއުލާން ކުރެއްވީ މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އާއި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާބެހޭ ވެރިޔާ ޖޯސެޕް ބޮރެލް ހާމަކުރައްވާފައި ވަނިކޮށެވެ.

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާދީ އީރާން ސިފައިންގެ އިސް ބަޔަކު އަވަހަރާކޮށްލުމުގެ ބަދަލު ހިފަން ޑްރޯން އާއި މިސައިލްގެ 300 އަށްވުރެ ގިނަ ހަމަލާ އީރާނުން އިޒްރޭލަށް ދިނެވެ. އެކަމަކު އެ ހުރިހާ ހަމަލާއެއްހެން އިންޓަސެޕްޓްކޮށް ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއިން އީރާނަށް އަމާޒުކޮށްގެން ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާނެ. އޭގެ ތެރޭގައި އެގައުމުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމް ހިމެނޭނެ،" އީރާން ސިފައިންނާއި ޑިފެންސް މިނިސްޓްރީ ވެސް ފިޔަވަޅު އެޅުމުގެ ލިސްޓުގައި ހިމެނޭކަން ފާހަގަކޮށް ސުލިވާން ނެރުނު ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި އެކުވެރި ގައުމުތަކާއި ބައިވެރިން ވަރަށް އަވަހަށް އަމިއްލަ އަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އެމެރިކާއިން ގެންދަނީ އީރާނުގެ ޑްރޯން އަދި މިސައިލް ޕްރޮގްރާމްތަކަށާއި އެ ގައުމުން ހަމާސް ފަދަ ޖަމާއަތްތަކަށް އެހީވާ ކަމަށް ބުނެ އިގްތިސާދީ ގޮތުން ދަތިކުރުމުގެ އެކި ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅަމުންނެވެ. -- އޭއެފްޕީ