Roadha Mihaaru
އަންނަ އަހަރުގެ ރިޒާވް 863 މިލިއަން ޑޮލަރަށް

އަންނަ އަހަރުގެ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

31 ޑިސެމްބަރ 2019

އަންނަ އަހަރު ނިމޭ އިރު، ދައުލަތުގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރު ނިމޭ އިރު، ދައުލަތުގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުގެ ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުން ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އާ ރަންވޭ ބޭނުން ކުރަން ފެށުމާއި އަލަށް ހުޅުވޭނެ ކަމަށް ބެލެވޭ ރިސޯޓުތަކުން ފަތުރުވެރިކަމުގެ ސިނާއަތައް މި ފެށޭ އަހަރު 9،6 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.

އެމްއެމްއޭ އިން ލަފާކުރާ ގޮތުގައި، މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އަރާނީ 752 މިލިއަން ޑޮލަރަށެވެ.

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރު މިންވަރެއް ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވާ ގޮތުން، މި އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 635 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ 117 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވެ، އިގްތިސާދީ ދުވެއްޔަށް ލިބުނު ކުރިއެރުމެވެ.

މި އަހަރު ރިޒާވް އެންމެ ބޮޑަށް އިތުރުވެފައި ވަނީ ފެބްރުއަރީ މަހު އެވެ. އެއީ 938 މިލިއަން ޑޮލަރަށެވެ.

މި ވެރިކަމުގެ ފަސް އަަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަަރަށް އިތުރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސިީ ވައުދެކެވެ.