20 ޑިސެމްބަރ 2019
ރާއްޖޭގެ ފުޓްބޯޅަ ކްލަބްތައް މި ވަގުތު އަޑިގަނޑެއްގެ ތެރޭގައި އޮއްވައި ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުވީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އިތުބާރު އޮތުމުން ކަމަށް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކްލަބްތައް މި ވަގުތު އަޑިގަނޑެއްގެ ތެރޭގައި އޮއްވައި ޓީސީ ސްޕޯޓްސް ކްލަބާ ހަވާލުވީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އިތުބާރު އޮތުމުން ކަމަށް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ޝާޒް ޓީސީއާ ހަވާލުވީ އޮކްޓޫބަރު މަހުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕަށް ފަހު ޓީސީން އެއްވެސް ގޮތަކަށް ޕްރެކްޓިހެއް ނުކޮށް އޮއްވަ އެވެ. ޕްރެކްޓިހެއް ނުކޮށް ޝާޒް ފުރަތަމަ ވެސް ޓީސީ ގޮވައިގެން ނުކުތީ ވާދަވެރި މެޗަކަށެވެ. ނިލަންދޫ އަތުން އެ މެޗުގައި ޓީސީ ވަނީ 4-0 އިން މޮޅުވެފަ އެވެ. ޓީސީން ވަނީ އެ މެޗަށް ފަހު ޕްރެކްޓިސް ފަށައިފަ އެވެ.
ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުނީ ޓީސީގެ މެނޭޖްމަންޓާއި ވަރަށް ގިނަ ދުވަހު ވާހަކަ ދައްކާފައި އެ ކްލަބާ ހަވާލުވީ ކުރިއަށް ދެވޭނެ ފުރުސަތުތަކެއް މި ކްލަބަށް އޮތުމުން ކަމަށެވެ.
"ކުރިއަށް ދެވޭނެ ގޮތެއް ވިސްނިއިރު ކުރިމަގެއް ފެންނާނެ ގޮތެއް އެބައޮތް ޓީސީ އަށް. ޓީސީ އަށް އެބައޮތް އޭއެފްސީ ކަޕް ވެސް. ވަރަށް ރަނގަޅު ޓީމެއް ބިނާކުރެވޭނެ ކަމުގެ އުއްމީދުގައި ހަވާލުވީ. އެ މެޗަށް (ނިލަންދޫ މެޗަށް) ނުކުތްއިރު ވަރަށް އުނދަގޫ. ސީދާ މެޗަށް ނުކުތީ. އެ މެޗުން މޮޅުވުމަކީ ޓީސީ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ކުރިއަށްދާން ވަރަށް ފަސޭހަވެގެންދިޔަ،" ޝާޒް ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު މި އޮތީ މީގެ ކުރިން ނުދާ ހިސާބަކަށް ގޮސްފައި ކަމަށާއި މި ދަނޑިވަޅުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ހުރިހާ ގޮތަކުން ވެސް ފަރުވާތެރިވާން ޖެހޭ ކަމަށް ޝާޒް ގަބޫލުކުރެ އެވެ. ޝާޒް ބުނީ އޭނާ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ކާމިޔާބު މަސައްކަތެއް ކޮށްފައި ކްލަބަކާ ދިމާލަށް މިސްރާބު ޖެހީ ވެސް ހާއްސަ ސަބަބެއް އޮތުމުން ކަމަށް ބުންޏެވެ.
"މި ވަގުތަށް އެންމެ ރަނގަޅު ގޮތެއްގެ ގޮތުގައި ބެލެވުނީ ފުޓްބޯޅައިގެ މިހާލަތުގައި ކްލަބެއްގައި ހުރުން. ފުޓްބޯޅަ ރަނގަޅުކުރަން ހިދުމަތެއް ކޮށްދިނުން. ޓީސީ އަކީ އޭއެފްސީ ކަޕްގައި ރާއްޖެ ރިޕްރެޒެންޓް ކުރާނެ ޓީމެއް. ޓީސީގެ ތެރޭގައި ހުރެގެން ރަނގަޅު ގޮތުގައި ކުރުން އެއީ ވަރަށް ބޮޑު އުއްމީދެއް. މިއީ ފުޓްބޯޅަ އަށް މި ވަގުތު ވަރަށް މުހިއްމު ކަމެއް،" ޓީސީ ގޮވައިގެން އަންނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅެން ތައްޔާރުވަމުން އަންނަ ޝާޒް ބުންޏެވެ.
އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗު ޝާޒް ބުނީ ފުޓްބޯޅައިގައި މިހާރު މި އޮތް ހާލަތުގައި ކޮންމެ ކްލަބަކުން ވެސް ވަރަށް ރަނގަޅަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ފުޓްބޯޅައިގައި މި އޮންނަނީކީ ޕްރެކްޓިސްތަކެއް ކޮށްފައި ކުޅުމެއް ނޫން. ފުޓްބޯޅަ އަކީ އެ އަށް ވުރެ މާ ބޮޑު ކަމެއް. މީހުންގެ ދިރިއުޅުން ބިނާވެފައި އޮތްކަމެއް. ދިރިއުޅުމާއި ގައުމަށް މި އަންނަ ބަދަލު ވެސް މީގެ ތެރެއިން ދޭ. އެ ގޮތަށް ފުޓްބޯޅައިގައި ވެސް ހާލަތު ދަށްވެގެން ދާ ފަހަރު ވެސް އަންނާނެ. މިހާރު މި އޮތީ ކުރިން ނުދާ ހާލަތަކަށް ގޮސްފައި. މީގެއިން އަރައިގަންނަން މަސައްކަތްކުރުން އޮތީ ކޮންމެ ކްލަބަކަށް ވެސް. އެކަން ކުރަން ޖެހޭނީ ވަރަށް ރަނގަޅަށް،" ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީގައި ވެސް މަސައްކަތްތަކެއް ކުރި ޝާޒް ބުންޏެވެ.
ޝާޒް ބުނީ މިހާތަނަށް ޓީސީއާ ހަވާލުވެގެން އޭނާ އަށް ކުރެވުނު މަސައްކަތުން މަޑުމަޑުން ކްލަބްގެ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޓީސީގެ ވިސްނުމަކީ ކުޅުންތެރިންނަށް ކަންތައްތައް ފުރިހަމަކޮށްދީފައި އެހެން ކަންތައްތަކަށް ވިސްނުން ކަަމަށްވެފައި އެ ގޮތުގައި ކުރިއަށްދާއިރު ފަސޭހަތަކެއް ވެސް އެބަހުރި ކަމަށެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ކުޅޭ މެޗު ފަށާނީ 3:50 ގަ އެވެ.
ޓީސީން މިހާރު ނަތީޖާ ނެރެންޖެހޭ: ޝާޒްލީ
މާޒިޔާ ވަރުގަދަ އެކަމަކު ޓީސީ އަށް ފުރުސަތު އެބައޮތް
ޓީސީގެ ކޯޗަކަށް ޝާޒްލީ ހަމަޖައްސައިފި
ޓީސީއާ މެދު އަދިވެސް ޝާޒުގެ "ހިތްހެވެއް" ނޫން؟
ޓީސީ އަށް ވުރެ ގްރީން ސްޓްރީޓްސް ވަރުގަދަ: ޝާޒް
ވެލެންސިއާ އަކީ ލީގުގެ އެންމެ ވަރުގަދަ ޓީމު: ޝާޒް
ޒުވާން ކުޅުންތެރިންނާ އެކު ޝާޒް ޗެލެންޖަކަށް
ޓީސީގެ ޓާގެޓް ތަށްޓަށް: ޝާޒްލީ
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟
ބޮޑު މޮޅަކާ އެކު ޓީސީން ލީގު ނިންމާލައިފި