09 ޖެނުއަރީ 2021
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ވަގުތަށް ބަލާއިރު އެންމެ ވަރުގަދަކޮށް އޮތް ޓީމަކީ ކްލަބް ވެލެންސިއާ ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ކުޅޭ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ވަގުތަށް ބަލާއިރު އެންމެ ވަރުގަދަކޮށް އޮތް ޓީމަކީ ކްލަބް ވެލެންސިއާ ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ކުޅޭ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ޝާޒް ބުނީ ވެލެންސިއާ މެޗަކީ ޓީސީ އަށް ދިމާވާނެ އެންމެ އުނދަގޫ ޗެލެންޖް ކަމަށާއި އެ އަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭނެ ކަމަށެވެ. ކުޅުމަށް ބަލާއިރު ޓީސީން މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން އައި ނަމަވެސް ކުރިމަތީގައި އޮތް ވެލެންސިއާ މެޗު މުޅިން ތަފާތުވާނެ ކަމަށް ޝާޒް ދެކެ އެވެ.
"(ވެލެންސިއާގެ) ދަށް ދުވަހެއްގައި ވެސް ނަތީޖާ ނެރެވޭނެ ކަހަލަ ޓީމެއް ވެލެންސިއާ އަތުގައި އެ އޮތީ. މިހާރު ބަލާއިރު އަޝްފާގަކީ މި ރީޖަނުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާ. ބިދޭސީ ކުޅުންތެރިއަކު ގެނައި ކަމަށްވިޔަސް ހިއެއްނުވޭ އަޝްފާގަށް ވުރެން ވަކި މޮޅު ކުޅުންތެރިއެއް ގެނެވޭނެހެން. ވެލެންސިއާގައި ފޮރިން ޕްލޭޔަރުންގެ އިތުރުން ސެންޓޭ އަދި ފަހަތުގައި އަކޫ ވެސް އެބަހުރި،" ޝާޒް ބުންޏެވެ.
"މިއީ އަނެއްހެން ބުނަންޏާ ނެޝަނަލް ޓީމުގެ ވެސް އެންމެ ސިނިއާ ޕްލޭޔަރުން. އެ މީހުންނާ ދެކޮޅަށް ކުޅޭއިރު ޓީސީ ވާނީ ޖޫނިއާ ޓީމަކަށް މި ވަގުތު. އެހެންވީމަ އުނދަގޫތަކެއް ހުންނާނެ. އެހެން ނަމަވެސް މަސައްކަތްކޮށްގެން ވާދަކުރެވޭނެ ކަމަށް މި ބަލަނީ،"
ލީގުގެ ފުރަތަަމަ މެޗުން ދަ ގްރާންޑޭ އަތުން ބަލިވީ ނަމަވެސް ޓީސީ އޮތީ ދެން ކުޅުނު ތިން މެޗުން ބަލިނުވެ ފަސް ޕޮއިންޓް ހަަމަކޮށްގެން ލީގުގެ ފަސް ވަނައިގަ އެވެ. ޝާޒް ބުނީ ލީގުގެ ތާވަލު އޮންނަނީ ހަގީގަތުގައި އެއިރެއްގައި ދައްކާ ކުޅުމަށް ބަލާފައި ކަމަށެވެ. އަދި ޓީމުތަކާ ދެކޮޅަށް ކުޅޭނެ ގޮތް ރޭވުމުގައި ވެސް ޕޮއިންޓް ތާވަލަށް ބަލަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ޓީމަކާ އެއްކޮށް ކުޅުނަސް މެޗުގެ ނަތީޖާ އެންމެ މުހިއްމީ. ދެން ކުޅުމުގެ ސްޓައިލާ އެހެން ހުރިހާ އެއްޗެއް މި އަންނަނީ ހަގީގަތުގައި އިދިކޮޅަށް ނުކުންނަ ޓީމަށް ބަލާފައި. ޓީސީން މިހާރު މި ތައްޔާރުވަނީ ވެލެންސިއާގެ ސްޓްރެންތަށް،" ޝާޒް ބުންޏެވެ.
އެންމެ ފަހުން ކުޅުނު މެޗަށް ފަހު ވެލެންސިއާ އިން ވަނީ ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަަގައިފަ އެވެ. ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ އެ ޓީމު އެއް ވަނައިގައި އޮތުމަކީ އެޑްވާންޓޭޖަކަށް ވުރެން ބޮޑަށް ޕްރެޝަރު ކަަމަށެވެ. އެއީ ވެލެންސިއާ އެންމެ ކުރީގައި އޮތުމުން އެ ޓީމު އަތުން ޕޮއިންޓެއް ހޯދަން އެހެން ޓީމުތަކުން ކުރާ މަސައްކަތް އިތުރުވާނެތީ ކަމަށް އޭނާ ބުންޏެވެ.
"ބެލުންތެރިންނާއި ސަޕޯޓަރުންނަށް ނޫނީ މީޑިއާ އަށް ހީވެދާނެ ޕޮއިންޓް ޓޭބަލް ކުރީގައި އޮތުމަކީ ވަރަށް ފަސޭހަކަމެކޭ. ޕޮއިންޓް ޓޭބަލްގެ ކުރީގައި އޮތުމަކީ އެންމެ އުނދަގޫ ކަންތައް. އަނެއް ޓީމުތައް ދަށުގައި ހުރި ޓީމުތައް އަންނާނީ އެ ޓީމުތަކަށް ޕޮއިންޓެއް ހޯދަން. ވަރަށް ބޮޑު ޗެލެންޖަކަށް މިކަން މި ވަނީ ހަގީގަތުގައި. ފައިނަލެއް ގޮތަށް މި މެޗުތައް ދާނީ،" އާތީ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޓީސީގެ މެޗެއްގެ ތެރެއިން އާތީ. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ
ކުރިން ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި އާތީ މިދިޔަ ސީޒަން ފެށީ ޓީސީންނެވެ. ވަކި ހިސާބަކުން އެކި ސަބަބުތަކާ ހުރެ އިސްތިއުފާދިނީ އެވެ. އާތީ ބުނީ ޓީސީގައި ތިބި ގިނަ ކުޅުންތެރިން އޭނާ އަށް އެނގޭތީ އެއީ އެޑްވާންޓޭޖެއް ގޮތަށް ފެންނަން އޮތަސް އެއީ ހުރިހާ ކަމެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ.
"އެނގުމަކީ އެއް ނޫން މީގެ މައްސަލަ އަކީ. ކޯޗުންނަށް ގޮތްގޮތަށް ރޭވޭނީ. ޓިމު އެނަލައިޒްކުރެވޭނެ. ކުޅުންތެރިން ދަނޑުމަތީގައި ކުރާ ޕާފޯމަންސް ކިހާވަރަކަށްތޯ ޓެކްޓިކަލް ޑިސިޕްލިން އާއި އެ މީހުން މަސައްކަތްކޮށް މެޗުން ވިން ވާން މަސައްކަތްކުރަނީ ކިހާވަރަކަށްތޯ. އެ ކަންތައް ކުރުމަކީ ޕްލޭޔަރުންގެ ޒިންމާއެއް،" އާތީ ބުންޏެވެ.
މި ސީޒަނުގެ މިހާތަނަށް ވެލެންސިއާ އިން ކުޅުނު ހަތަރު މެޗުގައި އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ އެެވެ. އާތީ ބުނީ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާއި ޑިފެންޑަރުން މި ވަގުތު ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ކަމަށެވެ. އަދި ވެލެންސިއާ ޕްރެކްޓިހުގައި ބޮޑަށް ފޯކަސް ކުރަނީ ހުރިހާ ދިމާލަކުން ވެސް ރަނގަޅުކުރުމަށް ކަމަށާއި އެ ގޮތުން މި ވަގުތު ޑިފެންސް ރަނގަޅަށް އޮތް ނަމަވެސް އެ ބައި ވެސް ރަނގަޅުކުރަން ވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.
ވެލެންސިއާގައި މި ވަގުތު އޮތް ސްކޮޑުގައި އުމުރަށް ބަލާއިރު އެހެން ޓީމުތަކަށް ވުރެން ދުވަސްވީ ކުޅުންތެރިންތަކެއް އެބަތިބި ކަމަށް އާތީ ބުންޏެވެ. އެހެންވެ ދެ މެޗު ދެމެދުގައި ބޮޑަށް ފިޓްނަސް މައްޗައް ޖައްސާލުމަށް ވުރެ މަސައްކަތްކުރަނީ ރިކަވަރީ އަށް ކަމަށާއި އޭގެ އެންމެ ބޮޑު ބޭނުމަކީ އަނިޔާއިން ސަލާމަތްވެ ސްކޮޑު ވީހާވެސް ރަނގަޅަށް މެއިންޓެއިން ކުރުން ކަމަށް އޭނާ ބުންޏެވެ.
ޓީސީ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
ޓީސީ ބަލިކޮށް ވެލެންސިއާ ދެ ވަނަ އަށް
ޓީސީގެ އޮފާ ލިބުމަކީ ހިތްހަމަޖެހުމެއް: ނިޒާމްބެ
ޓީސީ އަށް ވުރެ ގްރީން ސްޓްރީޓްސް ވަރުގަދަ: ޝާޒް
ޓީސީން ވެލެންސިއާއާ އެއްވަރުކޮށްފި
ޒުވާން ކުޅުންތެރިންނާ އެކު ޝާޒް ޗެލެންޖަކަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު