05 ނޮވެމްބަރ 2020
ނިސްބަތުން ބަލާއިރު ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ އާ ސްކޮޑަކާ އެކު މި ސީޒަނާ ކުރިމަތިލި ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބްގެ ޓާގެޓަކީ ކޮންމެވެސް އެއް މުބާރާތެއް ކާމިޔާބުކުރުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ނިސްބަތުން ބަލާއިރު ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ އާ ސްކޮޑަކާ އެކު މި ސީޒަނާ ކުރިމަތިލި ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބްގެ ޓާގެޓަކީ ކޮންމެވެސް އެއް މުބާރާތެއް ކާމިޔާބުކުރުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
މި އަހަރުގެ އޭއެފްސީ ކަޕަށް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ޓީީސީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ މުބާރާތް ކެންސަލްކުރުމާ އެކު، ތަޖުރިބާކާރު ކުޅުންތެރިންތަކެއް އެ ޓީމު ދޫކޮށްދިއުމެވެ. އެ ގޮތުން ޓީސީގައި ކުޅުނު އެ ޓީމުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އަދި އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ އެހެން ޓީމުތަކާ ގުޅިފަ އެވެ. އޭއެފްސީ ކަޕަށް ޓީީސީއާ ގުޅުނު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކުރިއަށް އޮތް ސީޒަނުގައި ގުޅޭނެ ޓީމެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޓީސީގެ ޕްރެކްޓިސް ރޭ ފެށުމަށް ފަހު ދިން އިންޓަވިއުއެއްގައި ޝާޒް ބުނީ ޓީސީ އަކީ މިހާރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެ ފަދަ ޓީމެއްގެ ޓާގެޓް އަބަދު ވެސް ހުންނަންވާނީ މުބާރާތެއް ކާމިޔާބު ކުރުމުގެ ވިސްނުމުގައި ކަމަށެވެ.
"ޓީސީގެ މި ސީޒަނުގެ ޓާގެޓަކީ ތަށްޓެއް ނެގުން. ކޮންމެ ގޮތެއް ވިޔަސް ޓީސީ އަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ޓީމު ގޮތަށް މި ބެލެވެނީ. އެހެންވީމަ ޓާގެޓެއް ކަނޑައަޅާއިރު އެވެސް ޓީސީއާ އެކަށީގެންވާންޖެހޭނެ. މި ސްކޮޑާ އެކު ރަނގަޅު ކާމިޔާބެއް ނެރެވިދާނެ ކަމަށް އުއްމީދުކުރެވޭ،" ރާއްޖޭން ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗު ޝާޒް ބުންޏެވެ.
ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީގައި ވެސް މަސައްކަތްކުރި ޝާޒް ބުނީ ޓީސީން މި ސީޒަނާ ކުރިމަތިލާއިރު އަދިވެސް ޓީމުން ބަދަލުތަކެއް ފެނިދާނެ ކަމަށާއި އުއްމީދަކީ ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނޭ ގޮތަށް ވަރުގަދަ ޓީމެއް އެކުލަވާލުން ކަމަށެވެ.
"ޓީސީ އަށް ކުރިން ކުޅުނު ކުޅުންތެރިން ވެސް އެބަތިބި. ދެން ކުރީގެ ޖޫނިއާ ކުޅުންތެރިން ދެން މިހާރު ޖޫނިއާ ނުވާނެ މި އަހަރު ނުކުންނައިރު. އަނެއްކާ ވެސް ޖޫނިއާ އެހެން ކުޅުންތެރިން ނުކުންނާނެ. ސްކޮޑާ ދޭތެރޭ ހިތްހަމަޖެހޭ. އަދި މި އަށް ވުރެން ތަފާތު ކޮށް ވެސް ޓީމު ފެނިދާނެ އެ ގޮތަށް ބަލާއިރު ޖުމްލަކޮށް ހިތްހަމަ ޖެހޭ،" 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ލޯ މެޑަލް ހޯދައިދިން ޝާޒް ބުންޏެވެ.
ޓީސީން އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ ކުޅެން އެ ގައުމަށް ދިއުމަށް ފަހު އައިސް ސްރީލަންކާގައި މަހަކަށް ވުރެން ގިނަ ދުވަހު މަޑުކުރަން ޖެހުނެވެ. އަދި ރާއްޖެ އައިސް ވެސް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހުނެވެ. އޭއެފްސީން ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕް މެޗުތައް ކުރިއަށް ގެންދަން ނިންމައި ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް މާލޭގައި ކުޅެން ރޭވި އެވެ. އެކަމަކު ފަހު ވަގުތު މުބާރާތް ކެންސަލްކުރީ ޓީސީން ވެސް ފަރިތަކުރުންތައް ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.
ޝާޒް ބުނީ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލުމަށް ފަހު ސީޒަން ފަށަން ޕްރެކްޓިސް ފެށުމުން ދެން އެންމެ ބޭނުންވަނީ މެދުކެނޑުމެއް ނެތި ޕްރެކްޓިސްތައް ކުރިއަށް ދިއުމަށް ކަމަށެވެ. އެ ގޮތަށް ގޮސްފިނަަމަ ސީޒަން ފަށަންވާއިރަށް ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ހިސާބަކަށް ގެންދެވޭނެ ކަމަށް ޝާޒްލީ ގަބޫލުކުރެ އެވެ.
"ޓީސީގެ ފުރަތަމަ މެޗު މިއޮޔީ އަންނަ މަހުގެ 14 ގައި. އެހެންވީމަ ގާތްގަނޑަކަށް 40 ވަރަކަށް ދުވަސް އެބަލިބޭ ތައްޔާރުވާން. އެހެންވެ މާ ބޮޑަށް ފިޓްނަސް ކަންތައްތައް އިޝޫ އަކަށް ވެދާނެ ކަމަށް އަޅުގަނޑަށް ހިއެއްނުވޭ. މީގައި އުނދަގޫ ކަމަކަށްވާނީ މެޗުތަކަށް ޓީމު ތައްޔާރުކުރުމުގައި އެ ހުންނަ އުނދަގޫތަކެއް. އެކަމަކު މިހެން ޕްރެކްޓިސް ފެށީމަ ދެން ހުރި ކަންކަން ވެސް ފާހަގަކުރެވޭނެ،" ޝާޒް ބުންޏެވެ،
ލީގުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދި ޓީސީން ކުރިއަށް އޮތް ސީޒަން ފަށާނީ އަންނަ މަހު 14 ވަނަ ދުވަހު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ރޭ ދަ ގްރާންޑޭ އިން ވެސް ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. މި ދެ ޓީމަކީ މި ފަހަރުގެ ފުރަތަމަ ޑިވިޝަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ދެ ޓީމެވެ.
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ބުރުގެ މެޗުން ޓީސީއަށް މޮޅު، ލީގު ދެ މަހުގެ ބްރޭކަށް
ހަމްދޫންގެ ގޯލުތަކާއެކު ޔޫވީ ބަލިކޮށް ޓީސީ ކުރިއަށް
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ރޯގާއާހުރެ ގްރީން އަށް ވެސް ނުކުޅެވުނު، މެޗު ޓީސީއަށް
ޔޫވީ ބަލިކޮށް ޓީސީ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި