24 އޯގަސްޓް 2023
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެން ލީގު ތާވަލްގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުން ލީޑު ފުޅާކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެން ލީގު ތާވަލްގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުން ލީޑު ފުޅާކޮށްފި އެވެ.
ދެ ހަފްތާ ކުރިން ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީން ހާޒިރު ނުވުމުން ލިބުނު ތިން ޕޮއިންޓާ އެކު ޓީސީ ހަތަރުވަނައަށް ޖެހިލީ ބުރު ސްޕޯޓްސް ކްލަބަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ.
ބުރުން ރޭ ކްލަބް އީގަލްސް އަތުން ބަލިވެ އެޓީމަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލުވާލުމުން، މިއަދު ހޯދި ތިން ޕޮއިންޓާ އެކު ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފަ އެވެ. އަދި ޓީސީ ވަނީ ތިންވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެ ޕޮއިންޓަށް ކައިރި ކޮށްފަ އެވެ.
ޓީސީން މެޗު ފެށީ ވެސް ގޯލަކާ އެކު އެވެ. ފުރަތަމަ ވެސް އުފެއްދި އެޓޭކުގައި ޓީސީ އަށް މި ގޯލު ޖަހައިދިނީ ޒުވާން ވިންގާ ހަމްދޫން އަބްދުއްލަތީފް އެވެ. މެޗުގެ 68 ވަނަ މިނިޓުގައި ޓީސީ އަށް ލީޑު ފުޅާ ކޮށްދިނީ ވެސް އޭނާ އެވެ. މެޗުގެ އިތުރު ވަގުތުގައި ހައިސަމް ރަޝީދު ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ތިންވަނަ ގޯލު ޖަހައިދިނީ އަހުމަދު މައިޝް ރަޝީދެވެ.
ޔޫވީން ވެސް މެޗުގައި ގޯލު ޖަހަން ރަނަގަޅު ފުރުސަތުތަކެއް ހޯދި އެވެ. ނަމަވެސް އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ޔޫވީ ބަލިކޮށް ޓީސީ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި
ސަސް އާއި ބުރު ވެސް މޮޅަކާ އެކު މަގާމު ދަމަހައްޓައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ އާއި އީގަލްސް މޮޅުވެ ގަދަހަތަރެއްގެ ވާދަ ފޯރިގަދަ
ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިންވަނަ އަށް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ޓީސީ ކައިރިން ވެސް ޔޫވީ ފުއްދާލީ ޕޮއިންޓަކުން