31 ޖުލައި 2023
ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ބުރު ސްޕޯޓްސް ކްލަބް ވެސް މޮޅަކާ އެކު ގަދަ ހަތަރެއްގައި މަގާމު ދަމަހައްޓައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ބުރު ސްޕޯޓްސް ކްލަބް ވެސް މޮޅަކާ އެކު ގަދަ ހަތަރެއްގައި މަގާމު ދަމަހައްޓައިފި އެވެ.
މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ 2-1 އިން ސަސް މޮޅުވެފައި ވާއިރު، މިރޭގެ މެޗުން ބުރު ސްޕޯޓްސް މޮޅުވީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިންނެވެ.
މި ނަތީޖާ އާއެކު ލީގުގައި ކޮންމެ ޓީމެއް ވެސް މިހާތަނަށް ހަ މެޗު ކުޅެފައި ވާއިރު ސަސް އާއި ބުރަށް ވެސް ވަނީ ހަތަރު މެޗު ކާމިޔާބު ކޮށްގެން 12 ޕޮއިންޓް ލިބިފަ އެވެ. ސަސް އަށްވުރެ ކުރީގައި ލީގުގެ ތިންވަނައިގައި ބުރު އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ދެވަނައިގައި އޮތް ކްލަބް އީގަލްސް އަށް 16 ޕޮއިންޓް ލިބިފައި ވާއިރު، 18 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ހަ މެޗު ވެސް ކާމިޔާބު ކުރި މާޒިޔާ އެވެ.
ޓީސީ ފަސްވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ޔޫވީ އާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ކްލަބް ވެލެންސިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ސަސްގެ ދެވަނަ ގޯލު ޖަހައިދިން އަލީ ނަސޫހު، ބޯލަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އެފްއޭއެމް
ހަވީރު ކުޅުނު މެޗުގައި ސަސް އިން ޓީސީ ކޮޅަށް ޖެހި ދެ ގޯލު ވެސް ޖަހައިފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 34 ވަނަ މިނިޓުގައި ލީޑު ނެގި ގޯލު ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ހުސާމް (ހުސާންކޮ) އެވެ. އޭގެ އަށް މިނިޓް ފަހުން ލީޑް ފުޅާ ކޮށްދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ.
ޓީސީ އިން ގޯލު ޖެހީ މެޗުގެ 66 ވަނަ މިނިޓުގަ އެވެ. އެޓީމަށް ގޯލު ޖަހައިދިނީ ފަހު ހާފުގައި ކުޅެން އެރި ފޯވާށް ޒަޔާން ނަސީރެވެ.
ޔޫވީއާ ދެކޮޅަށް މިރޭ ބުރުން ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ، ހާފު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ޕެނަލްޓީއަކުން މުހައްމަދު ނާއިމް ކާމިޔާބު ކުރި ގޯލުން ބުރު ކުރީގައި އޮވެގެންނެވެ.
ބުރުގެ ދެވަނަ ގޯލު 76 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އަލީ ހަމްދާން (އައްޔަ) އެވެ. އޭގެ ހަތް މިނިޓު ފަހުން ޝަނާން ރަޝާދު ޔޫވީއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ބުރުގެ ތިންވަނަ ގޯލު ޖަހައިދިނީ މުހައްމަދު އަންވަރެވެ. މިއީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނާއިމްގެ ބަދަލުގައި އަންވަރު ކުޅެން އެރިތާ ދެ މިނިޓު ތެރޭ އޭނާ ކާމިޔާބު ކުރި ގޯލެކެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
މޮޅަކާ އެކު ޔޫވީ އަށް ލީގު ނިމިއްޖެ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ބުރުގެ މެޗުން ޓީސީއަށް މޮޅު، ލީގު ދެ މަހުގެ ބްރޭކަށް