10 ޑިސެމްބަރ 2019
ސައުތު އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދި ހަސަން ސާއިދާއި ލޯ މެޑަލް ހޯދި ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް ވިދާޅުވެ ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ދިވެހި އެތުލީޓުންނަށް އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
ސައުތު އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދި ހަސަން ސާއިދާއި ލޯ މެޑަލް ހޯދި ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް ވިދާޅުވެ ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ދިވެހި އެތުލީޓުންނަށް އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
ނޭޕާލުގައި މިއަދު ނިމުނު ގޭމްސް އިން ރާއްޖޭން ފަސް މެޑަލް ހޯދިއިރު އޭގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ސާއިދެވެ. އޭނާ ވަނީ 200 މީޓަރު ދުވުމުން ލޯ މެޑެއްޔެއް ވެސް ހޯދައިފަ އެވެ. ގައުމީ އަންހެން ޓީޓީ ޓީމުގެ އިތުރުން އަންހެން ފުޓްބޯޅަ ޓީމާއި އަންހެން ބާސްކެޓްބޯޅަ ޓީމުން ވެސް ލޯ މެޑަލް ހޯދި އެވެ. މީގެ ތެރެއިން އަންހެން ފުޓްބޯޅަ ޓީމާއި ބާސްކެޓްބޯޅަ ޓީމު މާލެ އަންނާނީ ދެ ދުވަހެއްގެ ތެރޭގަ އެވެ.
ލޯ މެޑަލް ހޯދި އަންހެން ޓޭބަލް ޓެނިސް ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ރަފާ (ކ) އާއި ދީމާ (މ) އަދި ލައިސާ (ވ) މަރުހަބާގެ މާބޮނޑި ހިފައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ސާއިދާއި އަންހެން ޓީޓީ ޓީމު އެނބުރި އައުމުން މިއަދު މަރުހަބާ ކިޔާފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއަށް ފަހު ރަތްދޫލައިގައި އެތުލީޓުންނާއި ކުޅުންތެރިން ރައީސް އޮފީހަށް ގެންދަވައި ރައީސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް މި ފަހަރު ލިބުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 1.7 ބިލިއަން މީހުން ދިރިއުޅޭ މި ސަރަހައްދުގައި ހުރި އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ރާއްޖޭގެ ސާއިދު ހުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
މެޑަލް ހޯދި ކުޅުންތެރިންނާއި އެތުލީޓުންނަށް ޖުމްހޫރީ މައިދާން ސަރަހައްދުން މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައީސް ވިދާޅުވީ މި ސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެއް ކަމަށް ސިޔާސީ ވާދަވެރިން ބުނާ ކަމަށާއި އެކަމަކު މި ސަރުކާރުން ކުޅިވަރަށް ސަޕޯޓްކުރަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ނޫން ކަމަށެވެ. އެކަމަށް އެއްބާރުލުން ދެނީ އެއީ ޒުވާނުންނާއި ގައުމަށް ފައިދާހުރި ކަމަކަށްވާތީ އާއި އެއީ ގައުމުގެ އެންމެން އެކުލަވާލާ އެއްޗަކަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޔަގީންކަން މި އަރުވަނީ ސަރުކާރުން ދޭ އެހީތަކާއި އެއްބާރުލުން ތަފާތުކުރުމެއް ނެތި ދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
އަންހެން އެތުލީޓުން އިތުރު ކާމިޔާބީ ހޯދަމުން އަންނަ ކަމަށާއި ޓީޓީ އާއި ބެޑްމިންޓަނާއި ބާސްކެޓްބޯޅަ އަދި ފުޓްބޯޅަ އަށް ބެލިޔަސް އަންހެން ކުޅުންތެރިން އިތުރު ކުރިއެރުން ހޯދަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން ޖިންސު ތަފާތުކުރުމެއް ނެތި ހުރިހާ ކުޅުންތެރިންނާއި އެތުލީޓުންނަށް އެހީވެދޭން ތައްޔާރަށް އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރަން މެޑަލް ހޯދި ސާއިދު (ވ) އަށް މޫސާ ވަސީމް މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައީސް ވިދާޅުވި ކާމިޔާބީ ހޯދުމަށް ބޮޑު އާބާދީއެއް އޮންނަ ތަނަކަށް އަދި ބޮޑު ގައުމަކަށް ވާކަށް ނުޖެހޭ ކަމަށާއި ރާއްޖޭން އަންނަނީ އެކަން ސާބިތުކޮށްދެމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކާމިޔާބީ ހޯދުމަށް ބޭނުންވަނީ ޕްލޭނަކާއި ރަނގަޅު ވަސީލަތްތައް ކަމަށާއި ރާއްޖޭގައި އެފަދަ ބައެއް ވަސީލަތްތައް ނެތް ނަމަވެސް އެކަންކަން ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެތުލީޓުން ގާތު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ކުޅުންތެރިންގެ އާއިލާ އާއި އެސޯސިއޭޝަންތަކާއި ސްޕޯޓްސް މިނިސްޓްރީން ކުރާ މަސައްކަތް ވެސް ބަލައިގަނެ އެ ފަރާތްތަކަށް ތަރުހީބު ދެއްވައިފަ އެވެ. އެއާ އެކު ދެއްވީ ކުރިއަށް އޮތް މުބާރާތަށް މިއަށް ވުރެ ރަނގަޅު ކާމިޔާބީ ހޯދަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.
ފަސް މެޑެއްޔާ އެކު ރާއްޖެ އަށް ކާމިޔާބު ގޭމްސް އެއް!
ސާއިދުގެ ބޮޑު އުފަލަކީ ގައުމަށް ކާމިޔާބީ ހޯދައިދެވުން
ސާއިދަށް 200 މީޓަރު ދުވުމުން ލޯ މެޑަލް
ބިލިއަން މީހުންގެ ތެރޭ ހުރި އެންމެ ބާރު ދުވުންތެރިޔާ!
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް
ސައުތު އޭޝިއަން ގޭމްސް ސެޕްޓެމްބަރަށް ފަސްކޮށްފި
އޭޝިއަން ގޭމްސް އަށް ހަތަރު ދުވުންތެރިން
ސައުތު އޭޝިއަން ގޭމްސް ތާރީހަށް ބާއްވާނަން: ނޭޕާލް
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި